ޝީޝާ ކެފޭއެއްގައި ދުންބޯވެފައި. މެޑިކަލް އެސޯސިއޭޝަނުން ވަނީ ދުންފަތް ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައި. -- ފޮޓޯ | މިހާރު
02 އޮކްޓޯބަރ 2025 - 10:43
ރާއްޖޭގައި ގިނަ ބަޔަކު ދެވި ހިފާފައިވާ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެއީ ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ ގައުމެއްގެ ތަސައްވުރު ކުރިއެރުވުމަށް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށް ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ދުންފަތް ކޮންޓްރޯލްކުރަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅަން އެ އެސޯސިއޭޝަނަށް ފެންނަ ލަފާ ވެސް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި؛
- މިހާރު އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށް، އެކަށީގެންވާ މިންވަރަށް ތަންފީޒު ކުރާނެ މުވައްޒަފުން އައްޔަންކުރުން
- އާއްމުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތައް ވަރުގަދަކުރުން
- ދުންފަތުގެ އެކި ފްލޭވާތައް މަނާކުރުން
- ރާއްޖެއިން ޝީޝާ އެއްކޮށް މަނާކުރުން
- ދުންފަތުގެ އިސްތިއުމާލު ނުކުރާ ކެއުމުގެ މާހައުލެއް ގާއިމްކޮށް، ސިއްހަތަށް ފައިދާހުރި އަދި އާއިލާއާ ރައްޓެހި ތަންތަނުގެ ގޮތުގައި ޕްރޮމޯޓްކުރުން
އެކަންކަމުގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް އާ ފިޔަވަޅުތަކެއް ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަންކަމުގެ ތެރޭގައި؛
- އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދީ، ފަސޭހައިން ނަގައިގަނެވޭ ގޮތަށް "ޓްރެފިކް ލައިޓް" ސްޓައިލްގެ ނިއުޓްރިޝަނަލް ލޭބަލްތައް ތައާރަފު ކުރުން
- ހަކުރު އެކުލެވޭ ބުއިންތަކާއި ޕާމް ތެލާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ ނުރައްކާތެރި ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން. އަދި ދަނޑުވެރިކަމާއި މޭވާ، ތަރުކާރީ އަދި އެހެނިހެން ސިއްހަތަށް ފައިދާހުރި ކާނާ ވިއްކުމުގައި ފިސްކަލް ލުއިތަކެއް ދިނުން
- ދުފުމުގައި ބޭނުންކުރާ ބާވަތްތަކުގައި އަނގައިގެ ކެންސަރުގެ ނުރައްކާ ދައްކުވައިދޭ ގްރެފިކް އިންޒާރު ދިނުން ލާޒިމު ކުރުން
- މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމާއި ރިހެބިލިޓޭޓްކުރުމާއި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން
"އަދި އެވިޑެންސް ބޭސްޑް، ކޮސްޓް އިފެކްޓިވް އިންޓަވެންޝަންތައް ދަމަހައްޓައި ތަންފީޒުކުރުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލަން. މިގޮތަށް އަމަލުކުރުމުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ބުރަ ކުޑަކޮށް، ދުޅަހެޔޮ، އުފެއްދުންތެރި އަދި ފާގަތި ގައުމަކަށް ހެދުމަށް މަގުފަހިވެގެންދާނެ،" މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ވެ އެވެ.
އެ އެސޯސިއޭޝަނުން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތައް ވިއްކާ އުމުރު މަތިކުރުމާއި އެކަމުން ދުރުވުމަށް ސިޒޭޝަން ކްލިނިކްގެ ހިދުމަތް ފުޅާކުރުން އަދި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މަނާކުރުމުގެ ފިޔަވަޅުތަކަށް ވެސް މަރުހަބާ ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކކކކ
04 October 2025
އަނެއްކާ އަނެއްކަންތައް. މެޑިކަލް އެސޯސިއޭޝަނުން ތިން އިރު ކައްކާފަ ރައްޔިތުންނަށް ކާންދޭންވީނުން، އިތުރު އެެއްޗެއް ކެއުން މަނާކޮށްފަ.
ތިނޯސް
03 October 2025
އާން މިނޫނީ ޤައުމެއް ނެތޭ ދުނިޔެ މައްޗަކު. މިއަށްވުރެ ދީންވެރި ބައެއްވެސް ނެތް. ޑްރަގުގަ އަތްވެސް ލަނީކީ ނޫން. ސީދާ ޕޮލިޓީޝަނުން އަޑީގަ ތިބެގެން ހުރިހާ އެއްޗެއް ވިއްކާ ނަގަނީ. ސިގިރޭޓުވެސް ދުންފަތްވެސް އެއީ އެމީހެއްގެ އަމިއްލަ ކަމެއް. ކޮންމެހެން މާ ސޯލިހު ބަޔަކަށް ވާން ނުޖެހޭ މަނާ ކުރާކަށް.
މަގުމަތިން
02 October 2025
ދެހަފުތާ ކުރިން މަގުމަތިން ދެރައްޓެހިން ބައްދަލުވެ ދެއްކި ވާހަކައެއް. ހާލު އަހާފައި އެދިނީ ސިގަރޭޓެއް. ސިގަރޭޓް ދިނުމުން މިހާރު ބުއިން ހުއްޓާލައިފި ކަމަށް އަދި މީހަކު ދިނަސް މިހާރު ބޯ ހިތްނުވާ ކަމަށް ބުނި. ކީއްވެތޯ ހުއްޓާލީ ރައްޓެހި މީހާ އެހި. ބުނީ އަގުބޮޑުވީމާ ގަނެގެން ބޮވޭވަރު ނުވެގެން ހުއްޓާލީ ކަމަށް. ހުއްޓާލި ދުވަސްކޮޅު ވަރަށް އުނދަގޫވި ކަމަށް. މިވާހަކަ އަޑު އަހާފައި ހިތަށް އެރީ އަދިވެސް އަގުބޮޑު ކޮށްލީމާ ކޮންމެވެސް ބަޔަކު ހުއްޓާލާނެ ކަމަށް.
ގުޑުގުޑާ އެޑިކްޓް
02 October 2025
މަންމަ ގެ ގުޑުގުޑާ ވެސް މަނާ ވާނެ ދޯ އެހެންމަ
މަހާރާ
02 October 2025
ކެއުންވެސް މަނާކުރަންވީންނު؟
އަލީ1
02 October 2025
ތިޔައުޅެނީ އަދިވެސް މައްސަލައިގެ ރޫޓުކޯސް ދެނެގަނެ ހައްލުހޯދާކަށްނޫން، ބޭކާރު މަނާކުރުންތައް ބާއްވަބަލަ. އާސަންދައިން ނާއި ސިފައިންނާ ފުލުހުން އަދި މަޖުލިސްހިމެނޭގޮތަށް އަންލިމިޓެޑް ބޭސްފަރުވާ ލިމިޓްކޮއްބަލަ، މީހުންނަށް ސިއްހަތަކީ ކިހާމުހިއްމު އެއްޗެއްކަމެއް ދުވަހަކުވެސް ނޭންގޭނެ މިހެން މިކަންއޮއްވައެއް، ފާޑުފާޑުގެ ގޮތްނޭންގޭ ކާބޯތަކެތި އިންޕޯރޓް ކުރުންހުއްޓުވާދީ
ހޮޓްކިންގ
02 October 2025
ފާޅުގަ ވޭޕްބޯއިރުވެސް އަޅާވެސް ނުލާ.
ރުންޗީ
02 October 2025
އުންދަގޫ ވަންޏާ އެތަންތަނަށް ނުގޮސް ގޭގަ އޮވެބަލަ މަޑުން!
އަބްދުﷲ
02 October 2025
ޓެކްސް އިތުރު ކުރުމަކުން ހަކުރުގެ ބުއިންތައް އެބުއިން މަދެއް ނުކުރާނެ. ރަނގަޅު ގޮތަކީ ހޭލުންތެރި ކުރުވުން. ސީޝާ އާއި ސިގިރެޓް އެބަޖެހޭ މަނާކުރަން.
ހަކުރޭ
02 October 2025
ހަކުރަށް ދޭ ސަބްސިޑީ ވަގުތުން ކަނޑާލަންޖެހޭ.