ހަކުރު ބައްޔަށް ސްކްރީން ކުރަން މީގެ ހިންގި ޕްރޮގްރާމުގައި ބަޔަކު ޓެސްޓްކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ނޮވެމްބަރ 2024 - 12:46
މިދިޔަ ފަސް އަހަރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާ ގުޅޭ ބަލިތަކަށް ކަން ތަފާސްހިސާބުން ދައްކައިފި އެވެ.
އާސަންދަ ކުންފުނިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ފަސް އަހަރު އެ ކުންފުނިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ލޭ މައްޗަށް ދިއުމާއި ޓައިޕް 2 ހަކުރު ބައްޔަށް ފަރުވާ ކުރާށެވެ.
ލޭ މައްޗަށް ދިއުމުގެ މައްސަލަތަކަށް 2019 ވަނަ އަހަރު 39.8 މިލިއަން ރުފިޔާ އާސަންދައިން ހޭދަކުރި އެވެ. އަދި 2020 ވަނަ އަހަރު ހަމަ އެ ބައްޔަށް ކުރި ހޭދަ 78.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
ހަކުރު ބައްޔަށް 2021 ވަނަ އަހަރު 101 މިލިއަން ރުފިޔާ، ޖެހިގެން އައި 2022 ވަނަ އަހަރު 152.9 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 164.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އޭގެ އިތުރުން ކޮލެސްޓްރޯލް މަތިވުމާއި ކިޑްނީ ބަލި އަދި އާއްމު ރޯގާއަކީ އާސަންދައިން 2019-2023 އަށް އެންމެ ގިނައިން ހޭދަކުރި ކަންކަމެވެ.
ފަސް އަހަރުގެ ތެރޭގައި؛
- ހަކުރު ބައްޔަށް 517 މިލިއަން ރުފިޔާ
- ލޭ މައްޗަށް ދިއުމުގެ މައްސަލަތަކަށް 449 މިލިއަން ރުފިޔާ
- ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ މައްސަލަތަކަށް 177 މިލިއަން ރުފިޔާ
- ކިޑްނީ ބައްޔަށް 116 މިލިއަން ރުފިޔާ
- އާއްމު ރޯގާއަށް 113 މިލިއަން ރުފިޔާ
އާސަންދައިން ބުނީ ބަލިތަކަށް ފަރުވާ ކުރަން ފަސް އަހަރުގެ ތެރޭގައި 7.8 ބިލިއަން ރުފިޔާ އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ފާމަސީތަކަށް 4.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސްް
12 November 2024
ގަނަތެޅުމުގައި އުމުރު ދުވަސް ހޭދަކުރަންޏާ ތިހުރިހާ އެއްޗެއްވެސް މައްޗަށްދާނެ.
ބަކުރުބޭ
12 November 2024
ބަލިވީމަ ބައްޔަށް ބޭސްކުރަންވެސް ޖެހޭނެ. ހޭދަ ބޮޑީޢެއްނޫން. ވައްކަންކުރާތީ އަދަދު ބޮޑުވަނީ. އެސްޓީއޯއިން ނޫނީ އެހެން ފިހާރައަކުން ނަގާބޭސްވެސް އުކާލަން ޖެހުނަސް ހިލޭދިނަސް އެއެއްޗެއް ބަލައިގަންނަ ނިޒާމެއް ނޯވޭ. އެއް ޑޮކްޓަރަށް ދައްކާފަ އަނެއް ޑޮކްޓަރަށް ދައްކާފަ ދޭ ބޭސް ތަފާތުވީމާ ކުރިންނެގި ބޭސްތައް ޖެހެނީ އުކާލަން. މިހާ އިސްތާފު ބޮޑު ބައެއްމީ. ބިލް ހަދަނީ 100 ގުނަ ބޮޑުކޮށް. ދެން ތިކިޔާ އަދަދުވެސް ވާނީ ބޮޑެއްނު. "ގުޅިގެން ވައްކަން" މީ ޝިޢާރު
ސސރސ
11 November 2024
ދިވެހިން ހާދަ ހަކުރެއްއަޅާލައޭ.. 2 - 3 - 4 ސަމްސާ ހަކުރު ސައިތައްޓަކަށް އަދި ކޮފީ އަށް.. ނުވިތާކަށް ދުފާއިރު ހަކުރުޕެކެޓެއްވެސް ކާލާ..
ހަކުރޭ
11 November 2024
އަދިވެސް ހަކުރަށް ސަބްސިޑީ ދޭތަ؟
ޑަރޯގާ
11 November 2024
ހަކުރުން ދޭ ސަބުސިޑީ ކަނޑާލާފަ ޓެކުސް ނަގާބަލަ. ކކކލ ކަހަލަ ބުއިންތަކަށް އަޅާފަ ހުންނަ ހަކުރުގެ މިންވަރަށް ބަލާފަ ޓެކުހެއް ނަގާބަލަ، ރާއްޖޭގަ އެއްކޮށް ފުޅިޔަށް އަޅާ ބަންދުކުރިޔެއް ކަމަކު.
މަނމަގެ ރިޓަޔާޑަޑް މެއިޑް
11 November 2024
ރަނގަޅު ކާނާ ގަނެ ހޯދާ ތައްޔާރު ކުރުމަކީ ފައިސާ ނޫނީ ވަގުތުގެ ދަތިކަން ދިމާވެފައިވާ ގިނަ މީހުންނަށް ދަތިކަމެއް. ޢާސަނދައިން ބޭހަށް ކުރާ ހަރަދު މިކަން ރަނގަލުކުރުމުން ލުއިވާނެކަމަށް ދެކެން
ބްރީޒް
11 November 2024
ޓައިޕް1 ގިނައީ ކުޑަކުދިންގެ..އެކުދިންނަށް ސަރުކާރުން އިންސިއުލިން ޕަމްޕް ފޯރުކޮށްދޭނަމަ ހަކަުރު ކޮންޓްރޯލްކުރަން ފަސޭހަވެ އިންސިއުލިންގެ ހަރަދުވެސް ކުޑަވާނެ..
ކޮރަލް
11 November 2024
ހަކުރު އެތެރެ ކުރުން މަނާ ކޮށް ބަލާށެވެ. ފައިދާ އެއް ނެތް ގެއްލުން ހުރި އެއްޗެކެވެ.
ސިއްތި
11 November 2024
ހައްލަކީ ހަކުރު އެތެރެކުރުން މަނާކުރުން.
މިސްރާބު
11 November 2024
ހަގީގަތުގައި މީގައި ރައްޔިތުންގެ މައްސަލަވެސް ވަރަށް ބޮޑ. އެންމެ ގިނަ ހޭދަކޮށްފައިވާ 4 ކަމަކީވެސް ގިނަފަހަރު ދިރިއުޅުން ބައްޓަންކުރާ ގޮތުން ދިމާވާ މައްސަލަތައް. ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތް ނުކުރުމުގެ ނަތީޖާ މި ފެންނަނީ