10 ސެޕްޓެމްބަރ 2025 - 18:06
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
މިއީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އެހެން ގިނަ ބާވަތްތަކެއް ދާއިމީކޮށް އެސްޓީއޯ އިން އެތެރެކޮށް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ކުންފުނިން އަސާސީ ބޭނުންތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ރައީސް މުއިއްޒު މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު މިއަދު ނިންމާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް ރައީސް އަދި ހާމައެއް ނުކުރައްވަ އެވެ.
އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީގެ މައިގަނޑު ބާވަތްތައް އެތެރެކޮށް ވިއްކަން މި ނިންމީ، ބާޒާރުގައި ހާއްސަކޮށް މޭވާގެ ބައެއް ބާވަތްތަކުގެ އަގުތައް އެތައް ގުނައަކުން މަތިވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު، މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ދީ
11 September 2025
އަދި ޔޯގަޓާއި ކުޑަކުދިންގެ ކިރު ވެސް އެސްޓީއޯ އިން ގެނެސް ދިނުން އެދެން.
ޢިއްމާލު
11 September 2025
މެވާ ތަރުކާރީ އަގު ހެޔޮކުރަން ޑޮލަރުގެ އަގު ތިރި ނުކުރެވި ކޮންމެ ކަމަކަށް ސަރުކާރުން ވަންނަން ހަދައިގެން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ނުގެންދެވިގެން މިއުޅެނީ !
މިމީހާ
11 September 2025
ކައުންސިލްތަކުގެ ވިޔަފާރި ހުއްޓުވާފަ، ސަރުކާރުން އެންމެ އާދާއިގެ ވިޔަފާރިތަކަށް ވަންނަނީ.
ހ. ހުސައިން
11 September 2025
އާންމު ހިއްސާދާރުންގެ ބަހެއްނެތި، ސަރުކާރުން ބޭނުންހާ ކަމެއް އެސްޓީއޯ ލައްވަ ކުރުވުމަކީ ވަރަށްބޮޑު ގޯހެއް. ސަރުކާރުން އެފަދަގޮތަކަށް އަމަލުކުރެވޭނީ ސަރުކާރުން އެ ކުންފުންޏެއްގެ 100 އިންސައްތަ ހިއްސާ އޮންނަ ނަމަ. އެހެންނޫނީ އާންމު ހިއްސާދާރުންގެ ހައްގު ގެއްލޭނެ ކަމަށް ދެކެން. ކަމާބެހޭ އިދާރާތަކުން މިކަމާ ވިސްނަވާ މިނިވަންކަމާއެކު ޒިންމާ އަދާކުރުމަށް ގޮވާލަން.
ދޮހޮއްތުބެ
11 September 2025
ރައްޔިތުންނައް ކަމެއް ކޮއްދޭން ކޮން ބޯޑެއް ކިޔާކައް
ބާސިތްް
11 September 2025
އެމްޑީޕީ ޕްރޮޕެގެންޑާމިއީ. އެމީހުން ކޮންޓްރޯލް ކުރާ ވިޔަފާރިތަކުން އެމީހުންދަނީ ތަކެތީގެ އަގު ބޮޑުވަމުން.
ހ. ހުސައިން
11 September 2025
ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަބަލަ ކޮއިފުޅާ
ބީތާ 1
11 September 2025
އެމްޑީޕީ ކައިގެން ތިބި މީހުން މޭވާ އެތެރެކުރަނީ.
އަންސާމްް
11 September 2025
ވިޔަފާރަވެރިން ރައްޔިތުންނަށް ހިތުހުރިހާ ގޮތެއް ހަދަމުން ދިޔައީ. އެހެންވީމާ އެސްޓީއޯއިން މިކަން ކުރުން ބަރާބަރު.،
އަފްރާސިޔާބު
11 September 2025
އެސްޓީއޯއިން ރިހާކުރުވެސް ނުކެއްކިގެން އުޅޭއިރު ކޮންކަމެއް ކުރެވޭނީ.
ބަލާށޭ
11 September 2025
ރާއްޖޭގެ ކާނާގެ ބާވަތް ތަކުގެ ޔަގީންކަން ހޯދުމަށް ޓަކައި ދަނޑުވެރިކަން ކުރަން ރާއްޖެތެރޭ މީހުންނަށް ސަރުކާރުން ވާ ބަރޯސާ ދޫކޮށްލަންވީއޭ އެމެން ދަނޑަށް ދާނީ މެންދުރު 2 ޖަހާއިރު ދެން 3 ޖަހާއިރު ގެއަށް އަންނާނީ އެކަން ކުރަނީ ބަންގާޅުންނޭ ބަންގާޅުންގެ މައިންޑްގައި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން ތަރައްގީ ކުރުމުގެ ވިސްނުމެއް ނުހުންނާނެއޭ ހަދަން ޖެހޭ ގޮތަކީ ރަސްމާލޭން ވިއްކަންވީ ދަނޑުވެރިކަން ކުރުމަށް ކޮންމެ ހެކްޓަރެއްގެ ބިން 10 މިލިއަން ޑޮލަަށް
ހުސަ
11 September 2025
ވެރިކަމަށް ރައްޔިތުން މީހުން ހޮވަނީ ރައްޔިތުންނަށް ރަގަނޅު ގޮތް ހޯދުމަށް! ޢާންމު ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ! މުދާ އެތެރެކުރާ ވިޔަފާރިވެރިން ބުނަނީ ޑޮލަރު ނުލިބޭތީއޭ ބޮޑު އަގުގައި ގަންނާތީއޭ! މިކަން ޙައްލުކުރަން ބެންކުން ޓީޓީ އެބަހަދާދޭ ބެންކް ރޭޓުން! އެކަމަކު އަދިވެސް އާފަލެއް 9ރ އަށް! ބެންކުން އެސްޓޯއޯއަށް ޑޮލަރު ދީގެން މާރަގަނޅުވާނެ އާންމު މުދާ އެތެރެކުރިއްޔާ! އޭރުން މުދާ އަގުހެޔޮވާނެ! ވިޔަފާރިވެރިން ހަތަރުގުނަ ބޮޑުކުރަނީ!
މިދިލި
11 September 2025
ދައުލަތުން ދެންކުރަންޖެހޭ ކަމަކީ ރާއްޖޭއާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ފުލައިޓް ތަކުގެ ޓިކެޓްތަށް ހެޔޮއަގުގައި ލިބޭނޭ ގޮތެކެވެ. އެގޮތުން ސުކޫލުތަށް ބަންދުވެ ޗުއްޓީގައި އެކިކަންކޮޅުތަކަށް ދަތުރު ކުރާ ޓިކެޓްތަކުގެ އަގު ކޮންޓުރޯލް ކުރުމެވެ. އެގޮތުން މިހާރު މިދުވަސް ވަރުގައި ލިބޭއަގަށް ހަމައެދުވަސްތަކުގައި ވެސް ލިބޭނެ ގޮތެކެވެ. 250 ޑޮލަރަށް ލިބޭ ޓިކެޓް 450ޑޮލަރ ބަދަލުވާން ޖެހޭ ސަބަބެތްނެތެވެ. ޓިކެޓްފިޔަފައި އެހެން އެއްޗެއް އަގުބޮޑު ވޭތޯއެވެ.
ގޮނުއަނގަ
11 September 2025
ޥެފައި ހުރިގޮތަށް ބަލާއިރު ދެންވާނެ ގޮތަކީ އެސްޓީއޯއިން ، ގަނޑުކޮށް ތިޔަތަކެތި ނަގާނީ ބަންގާޅީ ވިޔަފާރި ވެރިންނެރެގެން ދިވެހިން. ކުރު މުއްދަތެއްގައި ތަކެތި ހުސްވެދާނެ ކުއްލިޔަކަށް ބާޒާރުން ތަކެތި މަދުވެ 12 ރުފިޔާޢަށްހުރި ތަކެތި 24 އަށް އަރައިގެން ހިނގާދާނެ. ކަންކަން މަތީ އާއި ބާޒާރު މަތީ ތަޅުން މަތިން ތިޔަތަކެތި ގަންނަން ލިބެން ހުންނާނީ. މިމީހުމްގެ ޙަރަކާތްތައް ބަލާނެ ފުލުހަކު ނުހުންނާނެ. އަދި ބެލިޔަސް މިމީހުން ރިޝްވަތު ދީގެން ފުލުހުން ހައްލާނެ