އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވަނީ: ދިވެހި ވިޔަފާރިތަކަށް އުރީދޫން ވަނީ ގޫގުލް ވޯކްޕްލޭސް ތައާރަފް ކޮށްފައި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
16 އޮކްޓޯބަރ 2025 - 14:20
އުރީދޫ މޯލްޑިވްސްއިން ގޫގްލް ވޯކްޕްލޭސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
އެ ޕާޓްނާޝިޕް އިއުލާނުކުރަން އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ގޫގުލް ވޯކްޕްލޭސް ޕްލެޓްފޯމަކީ ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބި އަދި ވިޔަފާރިތައް ޑިޖިޓަލީ ބާރުވެރިވެ، ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެ ޕާޓްނާޝިޕާއެކު ވިޔަފާރިތަކަށް ބޭނުންވާނެ ގިނަ ޓޫލްތަކެއް ހެޔޮއަގުގައި ލިބޭނެ ކަމަށާއި އެއީ ގިނަ ވަސީލަތްތަކެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހަމާދީ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ތަފާތު އެކި ޑިޖިޓަލް ވަސީލަތްތައް ދިވެހިންނަށް ފޯރުކޮށްދީ، ދިވެހި ވިޔަފާރިތައް ކުރިއެރުމުގައި ބައިވެރިއަކަށް ވުމަށް ކަމަށެވެ. އަދި އެފަދަ ޕްލެޓްފޯމެއް ރާއްޖޭގެ މާކެޓަށް ގެނެސްދެވުމަކީ ރާއްޖެއަށް އަނެއްކާވެސް ލިބޭ ޑިޖިޓަލް ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
ގޫގުލް ވޯކްސްޕޭސް އަކީ ވިޔަފާރިތަކަށް ހާއްސަ ކަސްޓަމް އީމެއިލް އެޑްރެހާއި އިތުރު ސްޓޯރޭޖާއި ގިނަ ބިޒްނަސް ޓޫލްތައް ހިމެނޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމާއެކު އުރީދޫން ތައާރަފްކުރި ޕާޓްނާޝިޕްގެ ދަށުން ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ސަބްސްކްރިޕްޝަން ލިބޭނެ އެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމްކޮށް، ވަކި ޕެކޭޖެއްގެ ދަށުން ހެޔޮއަގުގައި ވިޔަފާރިތަކަށް ބޭނުންވާ ޓޫލްތައް ލިބޭނެ އެވެ. އަދި އުރީދޫ މެދުވެރިކޮށް ގޫގުލް ވޯކްޕްލޭސް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޓެކްނިކަލް ސަޕޯޓް އުރީދޫން ފޯރުކޮށް ދޭނެ އެވެ.
އުރީދޫން ދަނީ އެފަދަ އެކި ޕްލެޓްފޯމުތައް ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފް ކުރަމުންނެވެ. އެގޮތުން އުރީދޫން މައިކްރޮސޮފްޓް ވޯކްޕްލޭސް ސޮލިއުޝަން ވެސް ވިޔަފާރިތަކަށް ވަނީ ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
16 October 2025
ވަރކްޕްލޭސް އެއްނޫން ކޮޔާ. ވަރކްސްޕޭސް. ކޮންމެވެސް ވަރަކަށް ބަލާލަން ޖެހޭނެހެން ހީވަނީ ސުރުޚީއެއް އަޅާއިރު.
މުރީދު
16 October 2025
ދިރާގަށް ވުރެން މާ ފަހުން އުރީދޫގެ ޚިދުމަތް ރާއްޖޭގަ ފެށީ އެކަމު މިހާރު ދިރާގަށް ވުރެން ކުރީގަ އުޅެނީ އުރީދޫ އޭ ބުންނަސް ދޮގަކަށް ނުވާނެ. އުރީދޫ އިން މިހާރު ސެލިއުލަރ ޚިދުމަތް ވެސް ލިބޭ. ދިރާގު އިން ސެލިއުލަރ ޚިދުމަތް ދޭން ފަށާނެ ދުވަހެއް ވެސް އަދި ނޭނގޭ. ކަސްޓަމަރުން ހޯދަން އަގު ބޮޑު އިނާމް ލިބޭ ގުރު ނެގުމާއި ރަން ރޭސް އެކަނި ދިރާގަށް ބޭއްވެނީ.
ދިޔާނާ އަފީފު
17 October 2025
އުރީދޫގެ ޕްރޮޑަކްޓްސް އަބަދުވެސް ދިރާގަށް ވުރެ ރަނގަޅު. އެކަމަކު ބުނަން އުރީދޫގެ ކަސްޓަމަރ ކެއަރ އެއީ މުޅި ރާއްޖެއިންވެސް އެންމެ ފީކަޅާތަން. މޮޅު ނަންތައް ކިޔާ މީހުން ލައިގެންވެސް އުޅެއުޅެ އުރީދޫއަށް ރަނގަޅު ނުކުރެވުނު ކަމެއް އެއީ.
އަޅި އަލީ
16 October 2025
ފޮނި ކަނޑަނީ! އަދިވެސް ގޫގަލްގައި ރާއްޖެ ނީދޭ! އގޫގަލް ގެ ޔޫޓިއުބު އެޕްތަށް ޑައުން ލޯޑް ކުރެވެން ނުހުރޭ! ކީއްކުރާ ބައެއް!