ޕީއެންއެފް ޖަލްސާގައި ކުރީގެ ރައީސް ޔާމީނާއި ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
18 އޮކްޓޯބަރ 2025 - 23:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޕީއެންއެފުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން ވެސް އެ ދުވަހު އޮންނާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އޭރުން ފެށިގެން އެ ޕާޓީގެ މަގާމުތަކުގައި ތިއްބެވީ އެ މަގާމުތަކަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ.
އެ ޕާޓީގެ އިއުލާނުގައިވާ ގޮތުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބުރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރެޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. އެ ޕާޓީގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.
ޕީއެންއެފް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމް އާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީއެންސީ އެކުވެގެން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ. ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީއަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަމަރޭ
20 October 2025
ރ.ޔާމީނު ކަހަލަ ވެރިނަ ނެތީމަ ގައުމަށް މި ޖެހެނީ ހާދަ ގަދަ ވައިރޯޅި ރޯޅިއޭ
ޢަލީ ކުރުސީ
19 October 2025
ތިޔަ ސިޓިންގެރޫމް ޖަލްސާގައި ތިބީ ހަމަ ކިރިޔާ ކެބިނެޓެއް ހަމަވާހާ މީސްކޮޅެއްނު. މީހަކަށް މަޤާމެއް ދީފަ ނިންމާލާ! އެކަމަކު ޔާމީނަށް ރައީސްކަން ދޭތި، އަމިއްލައަށް ރައީސް ޔާމީނު ކިޔާލަ ކިޔާލާ އެހުންނަވަނީ!
ޑައިޖިން
19 October 2025
ރައީސްކަން ނުލިބިގެން ލޭގެ ޕްރެޝަރު ދަށްނުވެގެން އުޅޭ ބޭފުޅާއަށް އަވަހަށް ދެއްވާ! ނަމަވެސް ނައިބް ރައީސްކަން ދޭންވާނީ ޖަމީލަށް! ޕާޕާ އަށް ޑިފެންސް އެންޑް އެކްސްޕްލޯސިވްސް، ޙުސެއިން ވަހީދަށް ކޮމިޝަނަރ އެޓް ލާޖް، މަލީހަށް ކަލިނަރީ އެންޑް ކޮސްމެޓިކްސް ޑިޕާޓްމެންޓް!
ހަސީީނާާ
19 October 2025
ތިއީ ދެން ހޮވާ ނިމިފައި އޮތް އެއްޗެއްނު. އާއިލާ ކުދިންނާއި ގޭދޮށު ކުދިންކޮޅާއި އެއްވެލާފައި އިއުލާނުކޮށްލީމާ ނިމުނީނު.
ދާރު
19 October 2025
ރައީސް ޔާމީންގެ އާ ޒަޢާމަތެއް ދެކިލަން ހިތް އެދޭ
ރުބެލް
19 October 2025
މަށަށް މިހާރު ވެސް ފެނޭ!!!!!!!
ބަޑިތަކުރު
19 October 2025
ދެބަފައިންނާއި މެޑަމްއަށް ކުރިމަތިލެވޭ އެއްވެސް މަގާމަކަށް އެހެން މީހަކު ކުރިމަތި ނުލާނެހެން ހީވަނީ.
2323
19 October 2025
ތީ އަނެއްކަވެސް ރައީސްޔާމީނަށް ހީފުޅުވަނީކަންނޭގެ ހުކުމެއް އަންނަނިއްޔޭ. އެހެން ހީފުޅުވަންޏާ ރިޔާސީ ޓކެޓް އަރުވާނެ. އެއީ އެ ޕާޓީގެ ފަލްސަފާއެއް. ކުރިންވެސް އެރުުވި. ރައީސް ޔާމީން މިހާރު އެ ދައްކަވަނީ ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް. އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ ރައީސްކަމުގަ ހުންނެވި އިރު ތިގޮތަށް ވާހަކަފުޅާއި އަމަލުފުޅުތައް ނުބެހެއްޓީ. އެހެންނަމަ އަދިވެސް ވެރިކަމުގައި ހުންނެވީހީ މަނިކުފާނު. މަނިކުފާނުގެ މަސައްކަތް މިއަދުވެސް ބަލައިގަންނަން.
ޑެބީ
19 October 2025
ވަހީދު ކިހިނެއްވާނެ؟ ވަހީދު ތިކަހަލަ ބޮޑެތި މަގާމުތައް ނިކަން ބޭނުންވާނެ.
ސަސި
19 October 2025
ވަހީދު ހުރީ ސަރުކާރު ފަޅީގަ، އެއީ މިހާރު އެޑްވައިޒަރެއް
މުބީނު
20 October 2025
މަތީގައި-ވާ ސަސި އަށް! ސަސި ގަމާރު ކަމުން މީހަކު ޖޯކެއް ބުންޏަސް ނޭންގޭ ދޯ؟!
ސަސި
18 October 2025
ދެން ރައީސް އަކީ ޔާމީނު، ނައިބުންނަކީ ޖަމީލާއި މަލީހު، އެޑްވައިޒަކީ ހުސެން ވަޙިދު، ޕާޕާ. ވޯޓު ނުލިޔަސް ރަގަޅުވާނެ