އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާ މަރުކަޒެއް: އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ --- ފޮޓޯ/މިހާރު
19 އޮކްޓޯބަރ 2025 - 12:29
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވަން އަންނަ އަހަރު ބާއްވާ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ރޭ ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަޅުގަނޑުމެން މިއަށް ވެސް [ކައުންސިލް އިންތިހާބަށް] މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ ކަމަށެވެ.
މިފަހަރުގެ އިންތިހާބުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށް، އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަފާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ތުހުމަތުކުރި އެވެ.
އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ހިނގާނީ ފިޒިކަލްކޮށް ކަމަށެވެ.
"އިންތިހާބުތައް މި ބާއްވާ ދުވަހު ހިނގާ އެއްވެސް ކަމަކީ އަޅުގަނޑުމެން އެއަށް މިލިމީޓަރެއް ވަރު ވެސް ބަދަލު ނުގެނެސް، ހަމަ އެގޮތަށް [ކުރިއެކޭ އެއްގޮތަށް] ކުރިއަށް ގެންދާނެ އިންތިހާބެކޭ،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ އިންތިޒާމުތަކަކީ ދިވެހިންނާއި އެހެން ގައުމުތަކުން ވެސް ބަލައިގަންނަ އަދި އިތުބާރުކުރާ އިންތިޒާމުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހާ ޖައްރާފާ
20 October 2025
ތިޔަ ލާރި "ކޮޅު" އައްޑޫގަ މިހާރު ދިރިއުޅޭ ވިއްސަކަށް ހާސް މީސްކޮޅަށް ބަހާލިޔަސް ބޮލަކަށް ހަތަރު ހާހުން ޖެހޭނެ. ވޯޓުލެވޭ މީހުންގެ އަދަދުން ބަހާލާނަމަ އަދި މިޔަށްވުރެ މާ ގިނައިން ލިބޭނެ. 80 މިލިއަން "ވަރު" ހަމަ އޯކޭ؟
އަފްރާސިޔާބު
19 October 2025
މި ވޯޓުގެ ބޭނުމަކީ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ހިތަދުއަށް އެކިއެކި ބޭނުންތަކަށް ދާންޖެހޭތީ ރައްޔިތުންނަށްވާ އުނދަގޫ ޙައްލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނަގާ ވޯޓެއްކަމުގައި ސަރުކާރުން ބުނެއެވެ. ދެން އުފެދޭ ސުއާލަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްނުލިބި، ޓެސްޓްތައް ނުހެދި، މާލެއަށް ބަރޯސާވާންޖެހޭތީ މާލޭގެ ސިޓީކައުންސިލު އުވާލާން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭބާ. މާލެއިން ބޭސް ނުލިބިގެން އިންޑިޔާއަށް ފޮނުވަންޖެހޭތީ ވޯޓުނަނަގަނީތޯ
އައްބަ
20 October 2025
ބޭބެ ޚަބަރު ކިޔާފައި ކޮމެންޓުކުރަން އާދަކުރޭ
ހޮޓްކިންގ
19 October 2025
އާދޭސްކޮށްފަ ބުނަން ތި ޚަރަދު ނުކޮށް ކޮންމެ ރަށަކަށް ކަތީބަކު ލައިގެން މިރާއްޖެ ހިންގައިދީ.
ބޮޑުވަރު
19 October 2025
ކިހާވަރެއް މިތަނުން އަމިއްލަ ޖީބަށް ވަންނާނީ؟؟
ބޭކާރުހަރަދު
19 October 2025
ސާބަހޭ. ބިލިޔަނެއް ނޫން ކަން ޔަގީންތަ؟
މަހާރަދުން
19 October 2025
ތިވާރު މާ މަދު...ކޮންމެ ރަށަކަށް ބިލިޔެނެއް ޖަހާލީމަ ޖޭބަށް އެޅޭނީ ގިނައިން...ދިވެހިްނަށް ހަލާކު ހުރި!!
އޮނަރަބްލް އަފީފު ދީދީ
19 October 2025
އެތައްސަތޭކަ ކައުންސިލްގެ ބަދަލުގައި 3 ރީޖަންގެ މައްޗަށް އިދާރީ ޤާނޫނީ ދާއިރާތަށް ކަޑައެޅުމާއިއެކު މިހާރު މަޖިލިސް އެކުލެވިގެންވާ ގޮތަށްވެސް ބަދަލުގެނެސް މަޖިލިސް މެންބަރުންގެ އަދަދު އިތުރުނުވާނެގޮތަށް މިބަދަލާއިއެކު "މަޖިލީހުގައި ތިއްބަވާނީ ކޮންމެރީޖަނެއްގެ ރަށްވެހިންގެތެރެއިން އިންތިޙާބުކުރާ" 30 މެންބަރުންގެމައްޗަށް އެކުލެވޭގޮތަށް ޖުމްލަ 90 މެންބަރުން ކަމަށްވެސް ޤާނޫނުއަސާސީގައި ކަޑައަޅާ ނިންމަންވާނެ. މިއީ ޙަޤީގަތުގައި މިކަން އޮންނަންޖެހޭ ގޮތް.
އޮނަރަބްލް އަފީފު ދީދީ
19 October 2025
އިދާރީ ދާއިރާތަކަށާއި، މަޖިލިސް އެކުލެވިގެންވާގޮތަށް މަތީގަައިދެންނެވި ބަދަލު ގެނެސްފިނަމަ މަޖިލީހަށާއި ކައުންސިލްތަކުގެ މޭޔަރުންނަށާއި، އަތޮޅު އަދި ރަށު ކައުންސިލަރުންނަށް ކުރާ ޙަރަދުގެ %80 ސަލާމަތްކުރެވޭނެ. އަދި 3 ރީޖަންގެމައްޗަށް ދާއިރާތައް ވަކިކޮށްލާ ވޯޓްފޮށި ބަހައްޓާނީ ހަމައެކަނި އިންތިޙާބީ ދާއިރާތަކުގައިކަމަށް ކަޑައަޅާ، ރާއްޖެއިން ބޭރާއި، ދެކުނު ނުވަތަ އުތުރުގެ ފޮށިތައް ކ.މާލޭގައި ބެހެއްޓުން ހުއްޓާލީމާ %80 ޙަރަދު ކުޑަކުރެވިގެން ދާނެ.
އައްލޮ
19 October 2025
90 މާ ގިނަ މި ރާއްޖެއަށް.
ރާއްޖެ
19 October 2025
ވޯޓް ލާން ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތް.
އޮނަރަބްލް އަފީފު ދީދީ
19 October 2025
ތިން ރީޖަންގެމައްޗަށް ރާއްޖެހިންގާގޮތަށް މިދެންނެވި ބަދަލުގެނައުމުން އިންތިޙާބީ ވޯޓްފޮށިތައް ބަހައްޓާނީ ހަމައެކަނި އިންތިޙާބީ ދާއިރާތަކުގައި. މިބަދަލާއިއެކު އުތުރު ނުވަތަ ދެކުނު ރީޖަންގެ އިންތިޙާބީ ފޮށި ކ.މާލޭގައި ބެހެއްޓުންވެސް ނިމުމަކަށް އައިސް ދައުލަތުން އިންތިޙާބުތަކަށް ކުރާ ޙަރަދު %60 ކުޑަ ކުރެވޭނެ. އަދި މަޖިލިސް މެންބަރުންނަށާއި، މޭޔަރުން، އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންގެ މައްޗަށް ބިލިޔަނުން ކުރާ ޙަރަދުގެ %80 ސަލާމަތްވާނެ.
އިންތިހާބީ ރައްޔިތުމީހާ
19 October 2025
ރާއްޖޭގެ އިންތިހާބުތައް ޚަރަދު ކުޑަކުރަން ކުރެވިދާނެ އެއް ކަމެއް ބުނަންތަ؟ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓުން ހުއްޓާލަންވީ. އެހެން ގައުމުތަކުގެ އިންތިހާބުގައި ވޯޓުފޮއްޓެއް ނުބަހައްޓާ މި ރާއްޖެ އަކު. މިތާވެސް މަދެއް ނޫން އެހެން ގައުމުތަކުގެ މީހުން އުޅޭލެ.
ޓާޚޫ
19 October 2025
މަޖިލީހުގަ އުޅޭ މެންބަރު ޤާނޫނު ހަދާފައި އޮތީ އެނާގެ ގައުމުން ބޭރުގަ އުޅޭ އާއިލާ އަށް ވޯޓު ލެވޭނެހެން