އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒް: ރާއްޖޭގައި ބޭނުންކުރާ ހުރިހާ މޮބައިލް ނަމްބަރަކަށް ޕޭޕަލްގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/އުރީދޫ
19 އޮކްޓޯބަރ 2025 - 18:23
ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް، ޕޭޕަލްގެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
ޕޭޕަލް ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ނިންމައި، އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން މިހާރު ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ ޕޭޕަލްގެ ހިދުމަތަކީ އެމްފައިސާ ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ހިދުމަތެއް ކަމަށެވެ. އަދި އެމްފައިސާއަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ވޮލެޓަކަށް ވާތީ، ކޮންމެ ސާވިސް ޕްރޮވައިޑަރެއްގެ ނަމްބަރެއް ގެންގުޅުނު ނަމަވެސް އެމްފައިސާ ވޮލެޓެއް ހެދުމަށްފަހު ޕޭޕަލްގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރަން އުރީދޫން ނިންމިއިރު، އެކަމަށްޓަކައި ނަގަންޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ބުދަ ދުވަހު ވަނީ އުރީދޫއަށް ދީފަ އެވެ.
އުރީދޫން ބުނީ އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ދޭން ފެށުމާ އެކު، ޕޭޕަލްގެ ހިދުމަތް ގަބޫލުކުރާ ދުނިޔޭގެ އެތައް ފަރާތްތަކަކާއެކު، ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ ކަމަށެވެ. އަދި އޭރުން އުރީދޫގެ އެމްފައިސާ އެކައުންޓްތައް މެދުވެރިކޮށް ޕޭޕަލް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްސަދު
21 October 2025
ޕޭޕޭލް އިން މިހާރުވެސް ޕޭމަންޓްސް ހެދެޔޭ. ސުވާލަކީ ޕޭޕަލް އިންކަމިން ނުވަތަ ފައިސާ ރާއްޖެއިން ނެގޭނެތޯ. އެކަން ނުވަންޏާ ބޭކާރެންނު.
ހަސަން ދީ
20 October 2025
ފުރަތަމަ އެފްފައިސާ އެޕްއަޅައި ރެޖިސްޓަރ ކުރާނީ. ދެން އެއެޕްގައި އިންނަ ޕޭޕަލް ވޮލެޓަށް ޑޮަލަރުން ފައިސާ އަޅާނީ. ދެން އެޑޮލަރުން ޕޭމެންޓް ހެދޭނެ. އަދި ވިއްކާ އެއްޗިއްސަށް ޑޮލަރުން ފައިސާ ލިބޭނެ. އެކަމަކު ތަކެތި ގަންނަންޏާ ޑޮލަރު ހޯދައިގެން ޑޮލަރު ވޮލެޓަށް އަޅަންޖެހޭނީ. ޑޮލަރުނެތި ދިވެހި ފައިސާއަކުން އެއްޗިއްސެއް ނުގަނެވޭނެ. މިހެން ހެން ހީވަނީ ވާނީ.
ޕޭޕާލް
21 October 2025
ޕޭޕާލްއަށް ޑޮލަރުން ލިބޭ ފައިސާއިންވެސް ވިޔަފާރިކޮށް ޚިދުމަތަށް ފައިސާ ދެއްކޭނެ. އަދި މިހާރު ހަމަޖެހިފައި އިންނަގޮތަށް ބައެއް ބޭންކުތަކުގެ ދިވެހިރުފިޔާ އެކައުންޓާ ގުޅިފައިވާ ޑެބިޓްކާޑު އަދި ކްރެޑިޓްކާޑު މެދުވެރިކޮށްވެސް ވިޔަފާރި ކުރެވޭނެ. ކޮންމެހެން ބޭނުންނަމަ ޑޮލަރު އަޅައިގެންވެސް ހަމަ ވިޔަފާރި ކުރަންވީ. މީގެ އިތުރުންވެސް ޕޭޕާލްގެ އިތުރު ބައެއް ޚިދުމަތްތައްވެސް ރާއްޖެއަށް ލިބިގެން ދާނެ.
ނު ވާނެ
20 October 2025
ހައު ޑެސްޕަރޭޓް އާރ ޔޫ ގައިސް ޓު ޕްރޮމޯޓް އެމް-ފައިސާ؟ މަށަށް އެނގޭ %10 މީހުންވެސް ނުކުރޭ އެމް-ފައިސާގެ ބޭނުމެއް...! ކުރިން އަހަރެމެންނަށް ޕޭޕަލްއިން ވިޔަފާރި ކުރެވޭ. މީގެ 4-3 މަހެއްހާ ދުވަސްކުރިން ޕޭޕަލްއާ ތިޔަ ކުންފުންޏާ ހެދި ޑީލަކުން ރާއްޖޭގެ ހުރިހާ ގޭޓްވޭތަކެއް ބްލޮކްކޮށް ޕޭމަންޓް ހެދޭގޮތް ހުއްޓުވާފަ ތިޔެއް ތި ގެންނަން އުޅެނީ އެމް-ފައިސާ ޕްރޮމޯޓުކުރަން. އެޕަލް-ޕޭ ގޮތަށް ވަކި އެކައުންޓަކަށް ފައިސާ ނާޅާ ސީދާ ކާޑުން ނުދެއްކެންޏާ ބޭނުމެއް ނެތް.
ވައްޓަލަ
20 October 2025
މިކަމަކީ ޖަމަލު ފޮޑިއަކަށް ވާނީ. ބަލަންތިބޭ. ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ފައިދާއެއް ލިބޭގޮތަށް އަޑު ފެތުރޭނީ ވަރަށް ބޮޑުކޮށް. ކަންވެ ނިމޭއިރު މިކަމުން ބަޔަކަށްވާނެ އިތުރު ފައިދާއެއްނެތް. ހަމަ ޖަމަލު ފޮޑި. ވަރަށް އަޑުބާރު ވަހެއް ނުހުންނާނެ. ވައްސަލާމް
ޕޭޕާލް
21 October 2025
ވަކި ކާޑު ތަކަކަށް ވަކި ލިމިޓެއް ހެދުމާ ވަކި މާޗެންޓު ތަކަކަށް ނޫނީ ފައިސާ ނުދެއްކޭގޮތް ހެދުމާ ވަކި މާޗެންޓު ތަކަކަށް ފައިސާ ދެއްކުމުން "ސަރޗާޖު" ގެ ގޮތުގައި އިތުރަށް ފައިސާ ނެގުމަކީ އެ ބޭންކަކުން އަމިއްލައަށް ނިންމާފައިވާ ނިންމުމެއް. އެއީ ޕޭޕާލުން ނިންމި ނިންމުމެއް ނޫން. މިކަން އޮޅިގެން އުޅޭ އެކަކުވެސް ނެތް. މިކަމުން ތިޔަބޭފުޅާއަށްވެސް އަދި ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ވާނީ ފައިދާ. އިންޝާﷲ މިކަން ވަރަށް އަވަހަށް ފުރިހަމަވާނެ.
ވާނެ ވާނެ
22 October 2025
ނުވާނެ ނަމުގަ ކޮމެންޓު ކޮށްފަ މިއޮތީ ދރގ ނޫނީ ބއމއލ ކުއްޖަކާ ހާދަ ވައްތަރޭ. ހެ ހެ ހޭ
ކައުންސެލަރު....
20 October 2025
މިކަން އެނގޭ ކުއްޖަކު ކިޔާދީބަލަ. އެބުނާހެން ސަރުކާރުން އިޢުލާނުކުރީ މިކަން ކުރަން. މިކަން މިވަނީކިހިނެއް؟؟
ސާލިމް ރަސްމާ
20 October 2025
މިފަދަ ޒަމާނެއްގައި ނިޔާޒު މެން މި ކިޔާ އެއްޗެއް ނޭންގުނު. ނެތްތަ ރަނގަޅަށް ކިޔާ ދޭނެ މީހެއް… އަހަންނަށް ވިސްނުނީ ޕޭޕަލް އައިމަ އަހަރެންގޮސް ހަމަ ޕޭޕަލް ބޭނުން ކޮންލާނީއޭ. ޕޭޕަލް ގެންނަންޔާ ކީއްކުރާ އެމްފައިސާ އެއް. ޕޭޕަލް އަކީ ބޮޑު ވޮލެޓެއް. ސޯއެހެން ވީމަ މަވީ އެމްފައިސާ އެކައުންްޓް ހަދައިފަ ޕޭޕަލްއަށް އެޑް ކުރަންތަ. އެހެންވިއްޔާ އެމްފައިސާ އެއީ ޑޮލަރުތަ ރުފިޔާތަ.
ދޮންދީޑީ
20 October 2025
ސީދާ ޕޭޕަލް ރާއްޖެއަށް ނުގެނެވިގެން ލިގަލީވެސް އެތައް ގޮންޖެހުންތަކެއް ދިމާވެގެން ދޯ ތިންވަނަ ފަރާތެއްގެ މެދުވެރިވުމާއެކު މިކަމެއް މިފެށީ. އުރީދޫ ފިންޓެކަކީ މާކުރިންވެސް ޕޭޕަލްގެ ޕާޓަނަރެއް. އެހެންވެ އެހާ ފަސާހައިން މިކަން ކާމިޔާބުވީ. މީގަވާގޮތަކީ އެމްފައިސާ ތްރޫކޮށް ޕޭޕަލް މުޢާމަލާތުކުރާނީ. ޕޭޕަލުން ސީދާ ތިބޭފުޅާގެ އެކައުންޓަށް ޖަމާ ނުކުރާނެ. ޕޭޕަލުން އެމީހުންގެ ޕާޓްނަރުން ކަމަށްވާ އުރީދޫފިންޓެކް މެދުވެރިކޮށް މުއާމަލާތްކުރާނީ.
ޢަލިހުއްތު
20 October 2025
ޕޭޕަލްގެ ނަހަމަ ބޭނުންހިފާ ރާއްޖޭން ބަެރު ފަރާތްތަވެސް ސަކޭމްތަކުގައި ޖައްސަން. ޅިބޭ ފުރުސަތެއް ހުޅުވެނީ. ޢެކަމުގެ ސަބަބުން ރަނގަޅަށް ކުރާ މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ
raajje
20 October 2025
ޢަލިހުއްތު: ބީއެމްއެލްގެ އެކައުންޓުތަކުން ޖަހާސަކަރާތް ޕޭޕަލްމެދުވެރިކޮށް ނުޖެހޭނެ، ކިރިޔާ ސަސްޕީސިއަސް ކަމެއްހިނގިޔަސް ޕޭޕަލްއެކައުންޓު އޮޓަމެޓިކުން ވަގުތުން ފުރީޒްވާނެ، އެޔަށްފަހު ޕޭޕަލްއެޖެންޓުން މެނުއަލީ ހުރިހާކަމެއް ވެރިފައިކުރުމަށްފަހުނޫނީ ޕޭޕަލްއެކައުންޓުގަހުރި ފައިސާ ގުޑުވާވެސްނުލެވޭނެ، މިސަބަބާހުރެ އޮންލައިން މަނީމޭކިން ވެބުސައިޓުތަކުންވެސް މިހާރު ޕޭޕަލް އެކުސެޕުޓުވެސްނުކުރާނެ، އަޅުގަނޑުމިހާރުވެސް ޕޭޕަލްބޭނުންކުރަން "މެލޭޝިޔާރަޖިސްޓަރޑް"
މހއމ
20 October 2025
raajje: ނެކުސްޓު ޖޯކް ޕުލީޒް!
ބަހުސް
20 October 2025
ކުއްޖެކޭ، މިކަންކަން ޝަރަހަކޮށްދީބަލަ! ޕޭޕަލް ގެންނަން އިޢުލާނުކުރީ ސަރުކާރުން! އެކަމަކު އެ ގެނައީ ބޭރުގެ މޭޖަރ ޙިއްސާ އޮންނަ ޓެލެކޮމް ކޮމްޕެނީއަކުން! ބިންހިއްކުމާއި ޖިމްހެދުމަށް އިންވެސްޓްކުރަނީ އެމްސީއެލް! "ދިވެހިންގެ" ބެންކްގެ ލިކުއިޑިޓީގެ 90 ޕަސެންޓް ބޮންޑްގަތުމަށް! ޕެންޝަން ފަންޑުގެ 2.5 ބިލިއަން ސަރކިޔުލޭޝަން އަށް ނެރެނީ! "ފައިސާ ޗާޕެއްނުކުރޭ". އެޗްޓީސީގެ ކުރީގެ ވެރިޔާ ނުއަގުގައި ބިންތައްބަހާލީ! ގޭސް މެނޭޖަރު ނުލިބޭ ސްޓޮކްއަކަށް އެތައް ހާސް ޑޮލަރު ދީފި! ފެނަކައިގެ އިސްތިއުފާދިން މެނޭޖަރު އެތަށް މިލިއަންގެ ދަރަނި ނަގުދުފައިސާއިން ދައްކައިފި!...
ޕޭޕަރީ
19 October 2025
ޕޭޕަލްގެ މާނަވެސް އޮޅިއްޖެ. ޕޭޕަލް އަކީ އެއް އީމެއިލް އިން އަނެއް އީމެއިލް ފޮނުވާ އެއްޗެއް. އެމް.ފައިސާ އަށް ޕޭޕަލް ވިތްޑްރޯ ކުރުމަކީ އަދިއެހެން ކަމެއް. ބޮޑު ސުވާލަކީ ޕޭޕަލްއަށް ފަންޑް ޓޮޕްއަޕް ކުރެވޭނެތޯ ؟ ޕޭޕަލް އަށް ޓޮޕްއަޕް ނުކުރެވެންޏޭ ތީގެ މާބޮޑު ބޭނުމެއް ނެތް.
ވައްޓަލަ
20 October 2025
ވަރަށް ބޮޑު ތެދެއް
ޕޭޕާލް
21 October 2025
ފަންޑުވެސް ޓޮޕްއަޕް ކުރެވޭނެ. ވިތުޑުރޯ ކުރަން ބޭނުންކުރާނީ އެމްފައިސާ.
،ހޯޔީ
19 October 2025
ބޮޑު ސުވާލަކީ ޑޮލަރު ޖަމާވޭތޯ... ނޫނީ ލިބޭ ޑޮލަރު ކޮޅު ބޭންކްރޭޓުގައި ރުފިޔާއަށް ބަދަލުވެގެން ވޮލެޓަށް ޖަމާވަނީތޯ
ޕޭޕާލް
20 October 2025
ޑޮލަރުން އަންނަ ފައިސާ ލިބޭނީ ސީދާ ޑޮލަރުން. ސާފުވެއްޖެ؟
ވައްޓަލަ
20 October 2025
ޑޮލަރު އެޅީމާ، ލިބޭނީ ރުފިޔާ...އޯކޭ ދޯ؟
ޕޭޕާލް
21 October 2025
ދިވެހިރާއްޖޭގެ ޕޭޕާލް އެކައުންޓުތަކަށް ފައިސާ ލިބޭނީ ޑޮލަރުން. އެފައިސާ ނަގަންޏާ އަތަށް ލިބޭނީވެސް ޑޮލަރުން. އެހެން ފަރާތަކަށް ފޮނުވިޔަސް ދާނީވެސް ޑޮލަރުން. މީ މިހާ ސާފު ސީދާ ސާދާކޮށް އޮތް ކަމެއް.
ސަފަރުދޮންކަތްދަ
19 October 2025
ވަރަށް ބޮޑު ސުވާލެއް އެބައޮތް. ޕޭޕޭލް މެދުވެރިކޮށް ވޮލެޓަށް ފައިސާއެޅޭނީ ޑޮލަރުންތަ؟ ރުފިޔާއިންތަ؟ ރުޕީއިންތަ؟ ނޫނީ އެހެންބާވަތެއްގެ ލާރިއަކުންތަ؟
ޕޭޕާލް
20 October 2025
ޑޮލަރުން އަޅާ ލާރި ޑޮލަރުން. އޯކޭ ދޯ!
ކައްޒާބު
20 October 2025
ރާއްޖޭގަ ތިބެގެން ކުރެވޭ ކަމެއްވީމަ ވޮލެޓަށް ޖަމާވާނީ ރިހާކުރު. ޑޮލަރެއް ކީއްކުރަން ރުފިޔާއެއްވެސް ނޫން.. ވަރަށް ވެދުނުް..