ޣައްޒާގައި މަރުވި އިޒްރޭލު އަސީރުންގެ ހަށިތައް ހޯދަން ކޮންނައިރު ހަމާސްގެ މެންބަރަކު ހަތިޔާރާ އެކު: ހަމާސް އިން ބުނީ އިޒްރޭލުން އެހީވާ ގޭންގަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
22 އޮކްޓޯބަރ 2025 - 05:48
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ އެހީއާ އެކު ހަރަކާތްތެރިވާ ގޭންގު ލީޑަރެއް ކަމަށްވާ ޔާސިރު އަބޫ ޝަބާބުގެ ޕޮޕިއުލާ ފޯސަސް އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް ހަމާސް އިން މިއަދު ބުނެފި އެވެ.
ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އަންގާރަ ދުވަހުގެ ފަތިހު ހަމާސްގެ ރާޟިޔާ ސެކިއުރިޓީ ފޯސް އިން އަބޫ ޝަބާބްގެ ގޭންގާ ދެކޮޅަށް ޣައްޒާގެ ދެކުނުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ހަމާސް އިން ހައްޔަރުކުރަން ބޭނުންވެގެން ހޯދަމުން ގެންދާ އަބޫ ޝަބާބްގެ ގޭންގުން އެތައް ބަޔަކު މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކަމަށާއި އަސްކަރީ ސާމާނުގެ އިތުރުން އެ މީހުންގެ ޖަރީމާތަކުގައި ބޭނުންކުރާ އެކި އާލާތްތައް ވެސް އަތުލައިގެންފައިވާ ކަމަށް ހަމާސް އިން ބުންޏެވެ.
މިއީ ޣައްދާރުންނަށް އިންޒާރެއްގެ ގޮތުން އަދި އެތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުން ގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
އިޒްރޭލުން ހަތިޔާރާއި އެކި އެހީތައް ދީގެން ހިންގާ އެ ގޭންގުގެ މީހުންނާއި ހަމާސްއާ ދެމެދު ޝުޖައިއާ ނެއިބަހުޑްގައި މިދިޔަ ހަފްތާގައި ވެސް ވަރުގަދަ ކުރިމަތިލުމެއް ހިނގި އެވެ. ހަމާސް އިން ބުނާ ގޮތުގައި އަބޫ ޝަބާބްގެ ގޭންގުން އިޒްރޭލާ ގުޅިގެން މަސައްކަތްކުރެ އެވެ. އަދި ޣައްޒާގައި އާންމުންގެ މުދާ ލޫޓުވުމުގައި ވެސް އެންމެ އިސްކޮށް އުޅެނީ އަބޫ ޝަބާބްގެ މީހުން ކަމަށް ދަނީ ބުނަމުންނެވެ.
އަބޫ ޝަބާބްގެ ޕޮޕިއުލާ ފޯސަސް އެންމެ ފުރަތަމަ އުޅުނީ ޣައްޒާގެ ދެކުނުގެ ރަފަހް ގަވަރުނަރޭޓުގަ އެވެ. އެތަނުގައި އާންމުންނަށް ބަހާ އެހީގެ ސާމާނު ލޫޓުވީ މި މީހުން ކަމަށް އެތައް ބަޔަކު ބުނެ އެވެ. މިދިޔަ ޖުލައި މަހު އަބޫ ޝަބާބް ބުނެފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ބޭނުން ގޮތަކަށް އުޅުމަށް އޭނާގެ ގޭންގަށް ފުރުސަތު ލިބެ އެވެ.
މިދިޔަ ޖޫން މަހު އިޒްރޭލުން ވެސް ވަނީ ޣައްޒާގައި އުޅޭ ހަތިޔާރު އެޅި ގޭންގުތަކަށް އެހީވާ ކަމަށް އަމިއްލައަށް ވެސް އިއުތިރާފް ވެފަ އެވެ. އެކަމަކު ސީދާ އަބޫ ޝަބާބްގެ ނަމެއް ނުބުނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހު އިޒްރޭލާއި ހަމާސްއިން ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ އެކު ހަމާސް އިން އަންނަނީ ޣައްޒާގެ ކޮންޓްރޯލް އަލުން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި އެ ޖަމާއަތުން ވަނީ އިޒްރޭލަށް އެހީވާ ކަމަށް ބެލެވޭ އަށް މީހަކު އާންމުންގެ ކުރިމަތީ ބަޑިޖަހާ މަރާ މަންޒަރު ހަމާސްގެ ޓީވީ ޗެނަލުން ވެސް ދައްކައިފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަމުންދަނީ ހަމާސްގެ ހަތިޔާރު ބެހެއްޓުމުން ނޫނީ ޣައްޒާގެ ހަނގުރާމަ ނުނިމޭނެ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ނާސިރު
22 October 2025
ނުވާނެ ތިކަމެއް! 1970 ކުރީކޮޅު ސީރިޔާ އިންވެސް ހަމަލާ ދިނީމަ ގޯލަން އުސްބިންތައް އިޒްރެއިލް ވެރިވެގަތީ! މިހާރު ހުޅަނގު އައްސޭރިވެސް ޣައްޒާ ވެސް އެމީހުން ވެރިވެގަންނަނި! ސާޅަނގަަ ހިފައިގެން ފުއްޕަނީ ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ މީހުންނާ އަދިކޮޅައް! މޮޔަވީތަ! ބަލި ގަބޫލު ކޮއްފަ ހިޖުރަ ކޮއްބަލަ! ކިހާބަޔަކު އެމަރުވަނީ ނުފޯރާ ފޮތިން ފޫގެޅީމަ! ހިޖުރަ ކުރުމަކީ ކޮބައިކަން އަޑުއަހަމުތަ! ތާރީހުވެސް ނުކިޔަމު ދޮގެއް؟ ސިޔަރަތު އަޑުއަހަމުތަ؟
އަނދިރީ ބާސިރު
22 October 2025
ހެެހެހެހެ. މިހާރު މުޅި ދުނިޔެ އިސްރާއީލާ އެ ދެކޮޅުވީ. އެމެރިކާ އެކަނި ކަމަށްވެސް ބުނެވިދާނެ މިހާރު އޮތީ. ސާޅަނގަ ހިފައިގެން ނިކުތުމުގެ ނަތީޖާ އެއީ. ކުރިންވެސް ހަނގުރާމަ ކުރޭ. މީހުންވެސް މަރާ. މިފަހަރު ސާޅަނގަ ހިފައިގެން ނިކުތީމަ ނިކުން މީހުން ގޯސް ތިވީ. ތިބުނާ ނިއުކުލިޔަ ހިފައިގެން ނިކުމެ އެތައް އަހަރަކު ބަންދު ކޮށްގެން އުޅުނު ބަޔަކު ދެއަހަރު ވިއިރު ނައްތައި ނުލެވުނީ ކީއްވެބާ؟ އިސްރާއީލު މީ އެމެރިކާއަށްވެސް ހުރި ލަދެއް
މަންޠިޤް
22 October 2025
ތިބޭފުޅާ ބުރަ މަސައްކަތުން އާރާސްތު ކުރި ގެއަށް، ބަޔަކު ވަދެގެނެ ގެއިން ދާށޭ ބުނީމަ ހަމަ ދާނަންތަ؟ ކާކު ތާރީޚު ކިޔާށޭތަ ތިކިޔަނީ؟ ޔަހޫދީންނަކީ، ކޮންބައެއްކަން ނޭނގޭނަމަ، އަދި ހަތިޔާރު ގިނަވީތީ، އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ބިރުގަންނަނަމަ، އަމިއްލައަށް ތާރީޚު ކިޔާލާ!