ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ހައުންސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބާއި ޗައިނާ ސަފީރު ކޮން ޝިއަންވާ ސޮއިކުރައްވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
23 އޮކްޓޯބަރ 2025 - 17:53
ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.
އެ އެލްއޯއީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ހައުންސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބާއި ޗައިނާ ސަފީރު ކޮން ޝިއަންވާ ސޮއިކުރައްވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ކުރިން ބުނެފަ އެވެ.
އެ މަސައްކަތުގެ ފީޒިބިލިޓީ ހެދުމަށް ޓަކައި މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާއާ އެކު އެލްއޯއީއެއްްގައި ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބޫ
24 October 2025
އަދި ފެންނަނީ ހުސްވާހަކަ މަންޒަރެއް ފެނޭތޯ އިންތިޒާރު ކޮށްގެން މިތިބީ
ގޮނުއަނގަ
24 October 2025
ކިރިންހެދި އެމް އޯޔޫ ތަކަށް ވާހެންނނުވިއްޔާ ރަނގަޅުތާ
ބިލް
24 October 2025
ހަރުދަނާ ސިސާސަތެއް ނެތް ސަރުކާރެއް މިނޫނީއްޔަކާ އަޅުގަނޑު ނުދެކެން.
އަސްލު ފެންނަންވީ ހެޑްލައިން ...
24 October 2025
ގުޅިފަޅު އަދި ތިލަފުށި އަދި ގިރާވަރުގެ ވާހަކަތަށް. 2028 ޔަގީން.
ޓޯކް
24 October 2025
ތިން ހަތަރު މަހުން އަބަދު ސޮއެ ކުރަންޖެހޭ އެއްބަސްވުމެއްތަ ތީ؟
ކަޑައޭ
24 October 2025
ގުޅީފަޅު މަގުތައް ބަދަން ހަމަ ތިހެން ސޮއެކުރި ޗައިނާ މީހަކު ލައްވާ ދުވަސްގަނޑެއް ކުރިން. ކުރިޔަށް ކެނޑި؟
އައްލޯ
24 October 2025
ސާބަހޭ އިނގޭ. ކޮންމެ އަހަރަކު މަގުތައްވެސް އެބަ ހަދާލައޭ އެއިރެއްގަ އޮތް ސަރުކާރަކުން. އެންމެ ފަހުން އަމީނީމަގު ހެދީ 1 ބިލިއަންއަށް, ނިމުން އިރު މަގުގެ މެދުތެރޭން ދިޔާވެފަ ތާރުގަނޑު. އަސްލު ރާއްޖެ ހޫނުކަމުންވެސް ނެތް ކަމެއް ވާކަށް. މަގުތައް ހަމަ ހެދީ ހަލާކުވީ.
ގުއިއްޒު
23 October 2025
މާތްކަލާކޯ. ދެން ތިވާހަކަ ނުދައްކާ. ތިޔަ ސުރުޚީ މިހާރު 40 ފަހަރު ލިޔެފި.
ފިސް
23 October 2025
މިހާރު ތިސޮއިކުރަނެެނީ ތިންވަނަ އެމްއޯއޫ ގައި އަދި ކިތަށް ފަހަރު ސޮއިކުރާނެތަ.
ކުމާރުބ3
23 October 2025
ހަހާ, ލޯކަލް އިންތހާބުދޯ, ކޮބާ ތިނަދޫ އަށް ހެދި ބޮޑު ދޮގު, ހެދިހާ ތިރީޑީ ފޮޓޯސް. ސަޅި