ޕީއެންއެފްގެ އޮފީހުން ބޭރުގައި ބޭއްވި "ވޭކްއަޕް" ޖަލްސާގައި ކުރީގެ ރައީސް ޔާމީން އާ އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
23 އޮކްޓޯބަރ 2025 - 22:58
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަޝިޕްގެ 20 މަގާމަކަށް 50 ބޭފުޅުން ކުރިމަތިލެއްވި އިރު އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވައި، އެ މަގާމު އެ މަނިކުފާނަށް ދޫކޮށްލައިފި އެވެ.
ޕީއެންއެފުން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގަ އެވެ.
އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ ހަވީރު 6:00 އަށް ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލެއްވި އެވެ.
"މިހާ ގިނަ ބޭފުޅުން ކުރިމަތިލެއްވުމުން ހާމަވަނީ ޕާޓީއާ މެދު އޮތް ޝައުގުވެރިކަން އަދި ޕާޓީއާ މެދު ކުރާ އުންމީދު،" މަލީހް ވިދާޅުވި އެވެ.
ޕީއެންއެފް އަކީ ކުރީގެ ރައީސް ޔާމީނު އިސްވެ ހުންނަވައި، އުފެއްދި ޕީޕީއެމާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީ އެކުވެގެން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީ އަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަހީދު
28 October 2025
އެހެންމީހަކަށް ނުކެރޭނެ ކުރިމަތިލާކަށް
މުލޭ
25 October 2025
ރާއްޖޭގެ ސިޔާސީ ޙަގީގަތަކީ ފެން އޮތްތާކަށް މަސް ދުވުން. މިވެރިކަން ވެއްޓި ޔާމީނަށް ބާރެއް ލިބޭ ދުވަހަކުން ޔާމީން މިޕާޓީއަށް އަންނާނެ ނުވަތަ މިޕާޓީ މީހުން ޔާމީން ޕާޓީއަށް ދާނެ.
ކޮސް
24 October 2025
ޕީ.އެން.ސީގައި އެތިބަ އެންމެން މުއިއްޒު ދޫކޮށްލާފަ ރައީސް ޔާމީން ފައިބުޑަށް ވެއްޓޭކަށް ގިނަ ދުވަހެއްނެޔް. މީގާ ކޮޅުކެހި ލިބޭނީ މުއިއްޒުގެ ކެބިނެޓާއި މަޖިލީހުގައި ތިބި އެޕާޓީގެ ބޮޓުންނަށް.
ބައެއް
24 October 2025
ގޮތްދޫނު ކުރާ ފޮނި މީހުންނާއި ހަސަދަލާ މީހުން ފަހަތުން ނުދާނެ އެއްވެސް ބައެއް
ތަމެންދޯ
24 October 2025
ރައީސް ޔާމީން ވެރިކަމުގައި ހުރި ނަމަ ހުޅުލެ ވެސް އޮންނާނީ 10 ގުނަ ބޮޑު ކޮށް އަދި ހުޅުލޭގައި ކޮމާރޝަލް ބިލްޑިންގްސް ހުރެ އެތަނުގައި ރިސޯރޓް ތަކުގެ މާލެ އޮފީސް ވެސް ހުންނާނީ ހެދިފައޭ ކޮންމެ ރިސޯރޓަކުން މާލޭގެ އަމިއްލަ މީސްމީހުންގެ ތަންތަން ކުއްޔަށް ހިފައިގެން ތިބޭ އިރު ޓޫރިޒަމް މިނިސްޓްރީ އަށް މިތަން ނުފެނެއޭ މުއިއްޒު ވެރިކަމަށް 3 އަހަރުވާއިރު ހުޅުލެ ބޭރު ކަނޑު ތޮށިގަނޑު ނުލެވުނޭ ޓާރމިނަލަށް އެއަރލައިންސް ތައް ބަދަލު ނުކުރެވުނޭ ލަދު ކޮބާތޭ ތަމެންދޯ
އަފްރާސިޔާބު
24 October 2025
ޔާމީނުގެ ވެރިކަމުގައި ޅިޔަނަށާއި އަދީބަށާއި ބ.ރަށު މައިކަށާއި ތުޅާދޫ ދާއިރާގެ އެމްޕީއަށާއި މާލެވިލިގިލި ދާއިރާގެ މިހައްމަދަށާއި އޭދަފުށީ ދާއިރާގެ ސަލީމަށާއި މިހެންކިޔާނެ ކަމެއްމެތް ވިޔަފާރި ފަށަން ރައްޔިތުންގެ ފައިސާއާއި ބިންބަހާލި މީހެއްގެ ކައިރިއަށް ތި އެންމެން ދުވާނެ. ބުނާނީވެސް ހިތްހަމަޖެހިގެނެއްނޫނޭ މުއިއްޒުއާ އެއްކޮޅަށް ވޯޓުދިނީ އެހެންގޮތެއްނެތިގެންނޭ.
ސިންގާސަނާ
24 October 2025
ޔާމީނު ވެރިކަމުގަ ހުރިއިރާ މިހާރުގެ ހާލަތާ ވެސް ތަފާތު އޭރު މިހާ ބޮޑު ދަރަންޏެއް ނެތް. ޔާމީނު ވެސް ތަންތަންހެދީ އޭނަ އަމިއްލާރިޔަލުން ނޫން ލޯނު ނަގައިގެން. މިހާރު އެބައޮތް 120 ބިލިއަން ދަރަނި. އަދި ބިންތައް އަސްލު ބަހާލީ އެމްޑީޕީ ވެރިކަމުގަ އެޔޮތީ ފެންނަން. އަދި ބޮޑު ވައްކަމުގަ ވެސް ބައިވެރިވީ ވެސް އެމްޑީޕީ ބޮޑުން އެހެންވެ އަދީބު ވެރިކަން ނިމުން 3 ދުވަހައްވީމަ ސިންގަޕޫރައް ފޮނުވާލީ.
ކިނާނު
24 October 2025
ތިކަން އެއްމެންނަށްވެސް އެނގޭ މާކުރިން، ރަނގަޅުތާ ދެން ޕާޓީ ރައީސުކަން ލިބުނަސް ރައީސު މިނަން އެބަކިޔާލެވޭތާ، ދެންވެސް ބަސްއަހާގެން ބޮޑާނަހާކާ އުޅެވިއްޖެއްޔާ ކިތައްމެހާ ވެސް ރަނގަޅު
ބަކުރުބ
24 October 2025
ދެން ތިބީ ބިރުން ލާން ވެސް މަވެސް ބޭނުން
މިހެން ކިޔަމާ
24 October 2025
ޔާމިނު ޕާޓީގެ ރައީސްކަމަށް ޔާމިނު ހޮވިއްޖެ
އައްލާ ބެއްޔާ
24 October 2025
ގަދަ! ކަލޯވަރުގެ ވެރިކަން ކުރި ގަދަ ވެރި އެއް އަދި ނުދެކެން
ވައޮލިންސް
24 October 2025
ރާއްޖޭގެ ރައީސް ކަމަށް އެންމެ ބޮޑަށް މިހާރު ބޭނުންވަނީ ރައީސް ޔާމީން ފަދަ ދުރުވިސްނޭ އަދި ވަރުގަަދަ ތަރައްގީ ގައުމަށް ގެނެވޭނެ ފަަދަ ލީޑަރެކޭ އެންމެ 3 އަަހަރު ދުވަހުން ރައީސް ޔާމީން އެޅި ބްރިޖަށް ވުރެން ކުޑަ ބްރިޖެއް އެމްޑީޕީގެ ވެރިކަމުން ފެށިގެން 10 އަހަރުވެގެންދާއިރު ވެސް ނޭޅުނޭ ރައީސް ޔާމީން މިގައުމަށް ބޭނުންވެއޭ ވީ އޯލް ނޯ އިޓް ވީ ވިލް ބީ ދެއަރ ނޯ އައި ޑޯން ކެއަރ އެބައުޓް އަދަރސް ނޯ އައި ޑޯން ކެއަރ އެބައުޓް އަދަރސް ވައޮލިންސް ޕްލޭއިންގް..
މިޔަރެން
24 October 2025
މިހާރަކު ޔާމީނައް ވެސް ކަމެއް ނުމުރެވޭނެ އޭރު ބޮޑު ދަރަންޏެއް ނެތް ގޭން ލާރި ހިފައިގެން އައިސިއްޔާ ކުރެވިދާނެ
މިނިސްކާ
24 October 2025
ޕާޓީގެ 20 މަގާމަށް މީހުން ހޮވަން އަނެއްކާ ޕާޓީގައި 20 މީހުން އެބަތިބިބާ