ފިލްމީ ތަރި އައްޒައަށް އަނިޔާވެފައި ހުރި މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
25 އޮކްޓޯބަރ 2025 - 23:56
ދިވެހި ޑްރާމާ ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިންގައި އުޅެނިކޮށް ފިލްމީ ތަރި މަރިޔަމް އައްޒަ ބިންމައްޗަށް ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެ އެވެ.
"ހުވާ"ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ މިރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި ބުނީ އައްޒައަށް އަނިޔާވީ ޑްރާމާގެ މަންޒަރެއް މިއަދު ނަގަމުން ދަނިކޮށް ހިނގި އިންސިޑެންޓެއްގައި ކަމަށެވެ. އެ މަންޒަރު ނަގަން އަހުމަދު އީސާ (އާނަންދު) އައްޒަ ކޮށްޕާލި ގަޑީގައި އޭނާ ވެއްޓި، އަނގަމަތި ފަޅައިގެން ދިޔައީ ކަމަށް ނަހުލާ ބުންޏެވެ.
"އެ މަންޒަރުގައި އާނަންދު އައްޒަ ހޫރުވާލި ގަޑީގައި އޭނާ އަނގަވަތަށް ވެއްޓިފައި، އަނގަމަތި ފަޅައިގެން ދިޔައީ،" ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ އައްޒައަށް ފަރުވާދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އައްޒަގެ ތުންފަތް ފަޅައިގެން ގޮސް، ދެ ދަތަކަށް ވެސް އަނިޔާވެފައިވާ ކަމަށް ނަހުލާ ބުންޏެވެ.
އައްޒައަށް އަނިޔާވެފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް "ހުވާ"ގެ ފޭސްބުކް ޕޭޖުގައި މިރޭ ވަނީ އާންމުކޮށްފަ އެވެ. އައްޒަގެ އަނގައިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔައިރު އޭނާއަށް ރޮވިފައި ހުރި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ބޮޑު ތަރުހީބެއް ލިބުނު "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިން، ވަރަށް ބޮޑު ބްރޭކަކަށް ފަހު ފެށީ މި މަހު ކުރީކޮޅެވެ.
ބައިސްކޯފުން ގެނެސްދޭ އެ ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ނަހުލާ ޓިކްޓޮކް ލައިވްގައި ބުނީ އޭނާގެ ހަތަރު ފިލްމެއް ކުރިއަށް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން ދެން އެންމެ އަވަހަށް ގެނެސްދޭ ފިލްމު "ގިސް"އަށް ކާސްޓުން ހޯދަން ފަށާފައިވާ ކަމަށާއި އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަހުލާ އެންމެފަހުން ގެނެސްދިން އާއިލީ ޑްރާމާ ފިލްމު "ސޮރީ"އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެ ފިލްމުގެ ލީޑް ތަރިއަކީ ވެސް އައްޒަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްތިހާރު
27 October 2025
އަނގަމަތި ފެޅުނިއްޔޭ ކިޔައިގެން ފިލްމު އިސްތިހާރުކުރަން ކުޅޭ ޑުރާމާއަކާ ބޮޑަށް ވައްތަރީ
ޑެބީ
26 October 2025
ބްރޭކިންގ ނިއުސްއެއްނޫންތަމީ؟
ހަމޫ
26 October 2025
ދައުވާކުރަންފެނޭ.
އޮލިންޕަސް
26 October 2025
އާނަންދު ކިހިނެއް ތިޔަ ފިލްމު ކުޅެނީ، އާނަންދު އެކީގަ ދެން އެއްވެސްކުއްޖަކު ފިލްމު ނުކުޅޭތި. އާނަންދު އަށް ފިލްމުކުޅެން ނޭގޭ. މަނިކުމެންކާރިން ކުލާސްނަގަން އާނަންދުދޭބަލަ.
ކިނާރީ
26 October 2025
އަގަޔާ ދަތް ބިއްދައިލައިގެން ވެސް ޖެހޭނެ ޑްރާމާ ކުޅެން . ހަގީގަތަށް ތިމާގެ އަތްފައި ބިއްދަލަ ހަދާތަ؟ ކޮއްފަލައިގެން ފުންމާލައިގެން . ކީއްކުރަން ކުރާ ކަމެއް ފިލްމު ކުޅުމަކީ . ތިޖަހަސަކަރާތަކުން އެދިޔައީ ތުންފަތް ފަޅައިގެން . އަމިއްލަ ނަފްސަށް އަނިޔާ ވެރި ވުން އެއީ މަޖަލެއްތަ . ބަދަލު ދެވޭ ވަރު ކަމެއް . ތަ . ؟
ނަހީ
26 October 2025
ކީއްވެ އާނަންދު އައްޒަ ކޮއްޕާލި؟ ޑްރާމާގެ ސްކްރިޕްޓްގަ އިންކަމަކައް ވާތީތަ؟ ނޫނި ހަމަނުޖެހުމެއް ހިނގީތަ؟ އެނީވޭސް އައްޒައަށް އަވަސް ސިފާއަކައް އެެދެން. އައްޒަ އަކީ ވަރައް ހިތްވަރުގަދަ ކަނބަލެއް. ދިވެހިރާއްގޭގެ އެންމެ ޒަމާނީ ސެލެބްރެޓީންގެ ތެރޭން ގިނަމީހުންގެ އައިޑޮލް އަކައް ވާން އެންމެ ކަމުދާނީ ވެސް އައްޒަ
ޢީސަ
26 October 2025
ޢަދިވެސް ކަލޭމެން ފިލްމުކުޅެނީ 70 ގަ ކުޅުނުހެންދޯ
ހަމްދާ
26 October 2025
އަޅެ ދެން ކިހިނެއް ހަދާނީ
ހުވާތަ
26 October 2025
ކަމެއްކުރިޔަސް ޖިސްމަށް އަނިޔާވާވަރަށް ކިރާކަށްނުވާނެ.
ތަފާތުވާނެ
26 October 2025
މީއައްޒަތަ ނޫނީ އޭއައި އެޑިޓެއްތޯ؟؟ ޑުރާމާ ސްޓަންޓް އަކަށްވެސްވުންގާތް ބަލާމީހުންގިނަވާނެ ވަރަށްތަފާތުވާނެ އަބަދުވެސް ބަލާބަލާވެސްތަފާތެއްނެތް ނަހުލާގެ ތަފާތަކީ ނިމޭއިރު ދަރިންތައް ޔޫއްޕެބޮލަަށްޖެހުން ކޮންމެ ފިލްމެއްވިޔަސް އަވަސްސިފާއެއް.