އައްޑޫ ހިތަދޫ އާއި ހުޅުދޫ އަދި މީދޫ ބްރިޖް ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކުރަނީ.-- ފޮޓޯ: ހައުންސިން މިނިސްޓްރީ
26 އޮކްޓޯބަރ 2025 - 18:54
އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ 1.02 މިލިއަން ޑޮލަރަށް މިއަދު ހަވާލުކޮށްފި އެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު އެވެ.
އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.
މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ ޕްރޮޖެކްޓުގެ ތެރެއިން ޓީވައި ލިން އިންޓަނޭޝަލް އިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަ ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކޮށްދޭނެ ކަމަށެވެ.
އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް މި ސަރުކާރުން ތައްޔާރު ވެފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ 2018 ގައި ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑުއަށް ވަޑައިގެން އެ ތަނުގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރިއިރު ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއުގެ ސާވޭގެ މަސައްކަތެއް މިދިޔަ ފެބަރުއަރީ 19 ގައި މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ ވެސް ހަވާލުކުރި އެވެ.
މިސްރުގެ އެ ކުންފުންޏާ ހަވާލުކުރީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
27 October 2025
ފުރަތަމަ ފީސިބިލިޓީ ހަދަން ހަވާލު ކުރީ މިސްރުގެ ބަޔަކާ. އޭރު އަޑު އިވުނީ އެމީހުން ކަމަށް ބްރިޖް އަޅަނީ. އެކަމާ އުފަވި. ސަބަބަކީ މަޝްހޫރު ޕިރަމިޑްތަށް ބިނާކުރީވެސް މިސްރު މީހުން ކަމަށް ވާތީ. މިހާރު އަނެއްކާ ހަމަ އެމަސައްކަތް މިހަވާލު މިކުރީ ޗައިނާ ބަޔަކާ. ޗައިނާ މީހުން މިކަން ކުރާނެ. މީދޫ އާ ހުޅުދޫ މީހުން އައްޑޫ ސިޓީ އިން ވަކިވީ ވެސް ހިތަދޫ އާ ދުރުގަ އޮންނަން ބޭނުންވާތީ. ވީމަ ލަފާކުރެވެނީ "ރައްޔިތުން އެދޭތީ" މި ޕްރޮޖެކްޓް ކެންސަލް ކުރާނެ ކަމަށް!
ޗަރުކޭސް
27 October 2025
މީ ކޮން ޗަރުކޭހެއް! ކޮންބަޔަކު މޮޔަ ހައްދަން؟ ކުރިން މިސްރު މީހުން ކުރި ސާރވޭ ކޮން ވަލަކަށް ވަދެ ގެއެްލުނީ! މީ ހުސް ޖައްސާ ފޭކް. އެކަކު ވެސް މި ޗަރުކެހުގަ ނުޖެހޭތި! އިންތިހަބެއް ބޯމަތި ވަނީ ބާ!
ސާދަ
27 October 2025
ޤައުމުގެ ޙާލަތަށް ބަލައި ތިކަން އަހަރުތަކެއް ފަހުން ކުރަން މަޑުކޮށްލާ!
ސިކުނޑި
27 October 2025
މީދޫއަކީ ހިތަދޫއާއި ގުޅާލަންޖެހޭ ވަރުގެ އިގްތިސާދީ ހަބެއްނޫން! ތިޔަ ބްރިޖެއް އަޅާނަމޭ އެކިޔަނީ އައްޑޫ މީހުން ގުނބޯ ހައްދަން! އެކްސިޑެންޓާއި ބޭކާރު ޕެޓްރޯލް އެންދުން ފިޔަވައި އިތުރު ކަމެއް ނުވާނެ ޚުދު ސަރުކާރަށްސް އިނގޭ! ދިވެހީންގެ ޓެކްސް ފައިސާއިން މިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ކޮށްގެންނުވާނެ! ކަންކަން ކުރަންޖެހޭނީ ބޭނުމެއް އޮވެގެން!
ބުރޭނީ
27 October 2025
ނުން ބުރިޖް އެޅިއްޖިއްޔާ މީދޫ އާ ހުޅުދޫ ގެ ވިޔަފާރި ރަގަޅުވާނެ! ވިޔާފާރި ކުރަންދާ މީހުން ގިނަވާނެ! ވ ގިނަ ކުރިއެރުން ލިބޭނެ
ޑޮކްޓާރ. ބަނާނާ
27 October 2025
މި ކޮންސަލްޓެންސީ އަކުން އަރައި ނުގަނެވުނެއް ނޫންތޯ؟ ދެން އެސްޖޭ ނޫނީ ސިފްކޯ ފަދަ ކުންފުނި އަކަށް މިކަން ހަވާލުކުރަންފެނޭ..
ލަންޓަން
27 October 2025
އަބަދު އެއްބަޔަކާ ހަވާލުކުރާނެ ކަމެއްނެތް، ދެންފަހަރަކު ހަވާލުކުރަން ފެންނަނީ ރަޝިޔާ ކުންފުންޏަކާ.
ރަންނަ
27 October 2025
އިންތިހާބު ކައިރިވެއްޖެ. އައްޑޫ ގަމާރުންނަށް ހުފެންދައްކާ މޫސުން. މޮޅުކަމަކީ ގަބޫލު ކުރާނެއޭ
ސުފްޔާން
27 October 2025
އައްޑޫ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް އޮތީ.. އައްޑޫ ރައްޔިތުން ތިބީ މިސަރުކާރާއެއްކޮށް ގަދަކޮށް
އަސްލަމް ވަހީދު
27 October 2025
މިދިޔަ އެއްވެސް ވެރިކަމެއްގައި މިކަން ކޮށްފައި ނުވޭ. މިބުނީ އައްޑޫއަށް މިހާ ތަރައްގީ ގެންނަން މަސައްކަތް ކޮށްފައި ނުވޭ. އަދި ކިރިޔާ ސީދާ ސީދާ ކޮށް އައްޑޫ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ސަރުކާރަކުން މިކުރަނީ.
އައިޒަމް ހަލީމް
27 October 2025
ހަމަ ގައިމުވެސް މިސަރުކާރުން މިކަން ހަގީގަތަކަށް ހަދަން ނުހަނު މަސައްކަތް އެބަކުރޭ. މިއީ އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ކަމެއް.