ރައީސް މުއިއްޒ
27 އޮކްޓޯބަރ 2025 - 19:37
އެއްފަހަރާ ގިނަ ރަށްރަށުގައި މަސައްކަތް ކުރެވޭ ފެންވަރަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ގާބިލްކަން އިތުރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ޅ. އަތޮޅާއި ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިންނަވަރު ރައްޔިތުންނާ އެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ނޮވެމްވަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އާރުޑީސީގެ ގާބިލްކަން ހުރީ ވަރަށް ދަށްކޮށް ކަަމަށާއި އެކަމަކު އެ ތަނުގެ މަސައްކަތުގެ ސާމާނުގެ ފްލީޓް އިތުރު ކުރަން ފަށާފައިވާ ކަމަށެވެ.
އެ ގޮތުން އެއްފަހަރާ ވަރަށް ގިނަ ރަށްރަށުގައި މަސައްކަތް ކުރެވޭ ފެންވަރަށް އެންމެ ޒަމާނީ އާލާތްތައް ރާއްޖެ އިން ބޭރުން ގެންނަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތާރު އަޅާ މެޝިންތަކާއި ދެން މިހެން ހުރިހާ އެއްޗެއް [އެބަ ގެންނަން،]" ވަރަށް ބޮޑު ފްލީޓެއް އެބަ ހަމަކޮށްދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ސާމާނުތައް ރާއްޖެ ގެނެސް، ގިނަ ވެގެން ދެ މަސް ތެރޭގައި އާރުޑީސީގެ "ކެޕޭސިޓީ ރަނގަޅުވާނެ" ކަމަށެވެ.
"މިހާރު އޯޑަރު ދެވިފައި އެ ވަނީ. އެހެންވީމާ އެ ތަކެތި ގެނެވިގެން ދިޔައީމާ މިހެން ހުރި ގިނަ ރަށްތަކުގެ ތާރު އެޅުމާއި ދެން ހުރި މަސައްކަތްތައް ހަލުވި ވާނެ އެތައް ގުނައަކުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ހިންނަވަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތަަކަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އާރުޑީސީ އަށް އިތުރު ސާމާނު ގެނައުމުން ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
28 October 2025
ފްލީޓް ބޮޑުކުރާށޭ ކިޔާފައި ވޯޓަށް އަނެއްކާވެސް ދެހާހެއްހާ ވަޒީފާދީ ، ކަމެއްނުކުރުވުނަސް އޯކޭވާނެ
އެމްޑ
28 October 2025
އިންތިހާބެއްގެ ވަސްދުވާތަ
އެމްސް
28 October 2025
މާލޭ ސިޓީ ކައުންސިލުގަވެސް ގިނައީ ބޭރުމީހުނެވެ! ދިވެހިވިޔަފާރިވެރިޔާވެސް އެކަމުގެ ތެރެއަކު ނޫޅެއެވެ!
ހޭނެތޭ
28 October 2025
2013 ގައި ފުލީޓަށް އިތުރުވި ދިހަހާސްކޮތަޅު ސިމެތީގެ މައްސަލައިގަ ދައުވާކުރުމަށް އޭސީސީން އެދިފަވޭ، މިފަހަރު ކިތަންހާސް ފުލީޓަށް އިތުރުވާނެބާ ؟؟؟؟؟
ނަޓަކުރު
28 October 2025
ޔާމީނި ދައުރުގަ ވެސް ތިޔަ ޑީސީ އަކަށް މާލޭގެ އިންޑަސްޓްރިއަލް ޒޯން ފުރޭހާ ވެހިކަލާއި މެޝިނަރީ ހޯދި. އޭގެ ތެރެއިން އެތައް އެއްޗެއް އެކަށީގެންވާ ބޭނުމެއް ނުކުރެވި ރާއްޖޭގެ އެތަން މިތާހުރެ އެހެރަ ދަބަރަށް ވަނީ. މިތަކެއްޗަށް ވެސް ވާނީ ހަމަ އެހެން. މެނޭޖު ނުކުރެވޭ ވަރަށް ތަކެތި ހޯދުމަކީ އިސްރާފެއް. އެކަމަކު ކޮންމެ އިސްރާފަކުން ވެސް ފައިދާވާ ބަޔަކު ވެސް އުޅޭނެ.
އަރީމް
27 October 2025
އަދި ރަނގަޅެއްނޫން..ފުރަތަމަ އާރޑީސީ ކަސްޓަމަރުންނަށް މަރްހަބާ ކިޔަން 70މުވައްޒަފުން ނަގާ..އެވެސް ޕާޓީއޮފީސްތެރެއިން މީހުން ނަގާނީ..
ބޮއި ހަލާކު
28 October 2025
ހިންނަވަރުގައި ރޑީސީ މީހުން މަގުހެދުން ނޫން ހުރިހާ ކަމެއް ކުރޭ ސްކޫލުގެ ވޯކްވޭ ހެދުން، ޖިމްހެދުން، ދަނޑު ހެދުން
ރާއްޖެތެރޭ ބުރާންތި
27 October 2025
އަހަރެމެން ކަހަލަ 5 ކުޅަނދު މަދު ބުރާންތިންނަށް ހީވެފައި އޮންނަނީ ބަނދަރު ހެދޭނީ އެމް.ޓީ.ސީ އަދި ހިވީލޯޑަށް އެކަނި ކަމަށް އެހެން ނަމަވެސް، މިހާރަކަށް އައިސް އަމިއްލަ ކުންފުނި ތަކުން އެމީހުނެގެ ފުލީޓަށް ހެވީ ވެހިކަލް އިތުރު ކޮށްގެން ބަދަރުވެސް މަގުވެސް އަދި އިމާރާތް ވެސް އެބަ ކުރޭ، އެހެންވީމަ އާރުޑީސީގަ ތިބި ގާބިލް މުވައްޒަފުންނަށް ބޭނުންވާ ވެހިކަލް ހޯދަ ދިނީމައި ނުވާނެ އެެއްކަމެއްވެސް ނޯންނާނެ ކަމަށް މިދެކެނީ، ހެޔޮބަދަލެއް ކަމަށް ދެކެން.
ބުޅި ބޯ
28 October 2025
އާރު.ޑީސީ އަށް ހިންނަވަރުގައި ނުނިމި ހުރި ހައުސިންޔުނިޓްތައް ޙަވާލުކޮސް ހަދަންފަށަން ފެނޭ
ނުވިސްނާ
28 October 2025
ނޫން އެއާރޕޯޓު އޮތޯރިޓީން މިޒާތު ހުރިހާ ކަމެއް ކުރެވޭނެ، ބޭކާރު ބައެއް އެމްޓީސީސީ އަކީ. ނޫނީ ދެން އެމްޓީސީސީ އައް ހަވާލް ކުރަން ވީ އެއާރޕޯޓުތައް ހިންގުން.
ޗާންސެލަރު
27 October 2025
އޭގެ އިތުރުން އިލެކްޝަނަށް ވަޒީފާކޮޅެއް ބަހާލަންވެސް އެބަޖެހޭ.
އުދުހޭ
27 October 2025
ތިޔައީ ފްލީޓުގެ ބޮޑުބައި
އަމީނީމަގު
27 October 2025
އަމީނީމަގު 5 އަހަރުން ނުނިންމުނު އާރުޑީސީއަށް ބަދަލުތަކެއް ގެންނަށް ޖެހޭކަމަށް ހުދު އަމީނީމަގުވެސް ގަބޫލް ކުރަމެވެ. 5 ފަރަށް ތިޖޫރިގެއްލި އިކުޕްމަންޓު ގަންނާނެ ގޮތެއް ނެތި ކުންފުނި ބަނގުރޫވާން ދޫކޮށްލައިގެނ
ޒައިކް23
28 October 2025
ކަލޯ ހަމަހޭގަ ތިޔަ ހުރީ؟ އަމީނީ މަގު އާރުޑީސީން ނިންމީ 14 މަހުން.. އެވެސް މުޅިން އާ ނަރުދަމާ ނިޒާމަކާއި ކަރަންޓު ކޭބަލް ނެޓު ވޯލާއި ޑީވޯޓަރ އަދި ސްޓޯމް ވޯޓަރ ނިޒާމެއް ބިމު އަޑީގައި ޤާއިމް ކުރުމާއެކު… ބިމު އަޑީގަ ކުރި މަސައްކަތް މާ ބުރަވެފަ ގިނަ ވާނެ.. ތާރު އޮއްސާފަ ފެތުރުން އެއީ މާ އުދަގޫކަމެއް ނޫން ރަނގަޅު މެޝިނެއް ހުރެއްޖެއްޔާ. އެކަމު މީގަ ތާރު ކަންކަން ގެންގުޅުނު މެޝިނު މައްސަލަ ޖެހި ބައެއް ސަރަހަށްދުން ތާރު ހަލާކުވުން އެއީ އަދި އެހެންކަމެއް..
ހިރިގާ އިބްރޭ
27 October 2025
މީ ގައުމު ކުރިއަރުވާ ތަރަށްގީކުރުމަށް މިހާރުގެ ސަރުކާރުން އެޅި ފުރިހަމަ ފިޔަވަޅެއް ކަމަށް ދެކެން، އެއީ މިހާރު މިއޮތީ ގައުމުގެ އިގްތިސާދީ ހާލަތު އިނދަޖައްސާފަ ވަނިކޮން ކޮޅަށް ނަގަންޖެހިފަ، ޕްރޮޖެކްޓުތަށް އެހެންމީހުނަށް ބޮޑުއަގުގަ ދީގެން ހިންގުމަށްވުރެ ސަރުކާރުގެ ކެޕޭސިޓީ މަތިކޮށް ސަރުކާރުން ކުރީމަ މަސައްކަތުގެ ކޮލިޓީ ރަގަޅުވެ މަސައްކަތް އަވަސްވާނެ ކަމަށް ބެލެވޭ، ރޯޑު ކޯޕަރޭޝަން އަކީ ޤާބިލް ކުންފުންޏެއްގެ ގޮތުގައި ފެނުމަކީ އުފާވާ ކަމެއް.
މުރުޝިދު
28 October 2025
ވެރިމީހާ ކިޔާ ލަވަ މިހާރު ތިޔާ ކުޑާކޮށް ތަފާތުވާން ފަށައިފި، މިހާރު ލަވައިގައި މަސައްކަތުގެ މެއިން ރޯލް ކުޅެނީ އަމިއްލަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރާ ބަޔަކަށްކަން ނޭގެ ގެން ސަރުކާރު ކުންފުނިތައްވާނީ، އޭރުން ދެން މަސައްކަތް ލިބޭނީ ކޮން ބަޔަކަށްކަން ވަރަށް ސާފުކޮށް ފެންނާނެތާ،