ރައީސް މުއިއްޒު މިއަދު ނައިފަރަށް ވަޑައިގެން އުމުރުން ދުވަސްވީ މީހަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރ 2025 - 23:09
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ކަމަށާއި ރާއްޖޭގައި ސިއްހީ އެންމެ މަތީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅާއި ކ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑެތި ހަރަދުތައް ކޮށްގެންނާއި އާސަންދައިން ރާއްޖޭން ބޭރަށް ގޮސް ސިއްހީ ފަރުވާ ހޯދަން ޖެހޭ ޖެހުން އަންނަ އަހަރު ކުޑަކޮށް، ރާއްޖޭގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ.
އެހެންވެ، އަންނަ އަހަރުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ސިއްހަތު ސަލާމަތުން ހުރުމުން އެ ލިބޭ ކުރިއެރުން ލިބިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުދާނުގެ ސިޔާސަތަކީ ސިއްހީ ދާއިރާ އަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ. ބަލި ޖެހުނަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އަދި ބަލިތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ހިދުމަތްތައް ގާއިމް ކުރަން ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން އެކުއެކީގައި ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މިހާރު ވެސް އެކަމަށް އިސްކަންދީގެން ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން ރައްކާތެރި ރަނގަޅު ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އިންވެސްޓްމެންޓެެކެވެ. އެއީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެންމެ ބޮޑަށް ބަލި ޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެކަމުން ރައްޔިތުން ދުރުކުރަން ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅާފައިވާ ކަމަށެވެ. އެގޮތުން ޖެނަރޭޝަން ބޭން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލަތްތަކުގެ އަގު ބޮޑުކުރީ އެކަމުން ރައްޔިތުން ދުރުކޮށް، ސިއްހަތު ރަނގަޅު މުޖުތަމައުއެއް ބިނާކުރަން ކަމަށެވެ. ރައީސް ވިދާޅުވީ އިސްކަން ދޭންވީ އަމިއްލައަށް ވެސް ސިނގިރޭޓް ބުއިމާ ދުރަށް ދިޔުމަށް ކަމަށެވެ.
ރައީސް މިރޭ ނައިފަރުގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވަގަށް ސިނގިރޭޓް އެތެރެކުރުމާއި އޭގެ ވިޔަފާރިއަށް ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން މިކަމުން ދުރުވާން. އޭރަށް އަޅުގަނޑުމެންގެ މުޖުތަމައު ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައުއަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާއަށް ފަހު ދެން ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސިކުނޑިތަކެއް ތަރައްގީ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިހައިރު މުހައްމަދު
28 October 2025
މިހެން ވާންޖެހޭނެ. މީގެ ސަބަބުން މާލެ ނައިސް ރަށުން ކަންކަން ނިންމާލެވޭނެ
އެކޮއި
28 October 2025
އަހަރެން ނުދެކެން މިހާ ސަޅިބއިސަ ކަނޑާ އެއްކަމެއްވެސް ނުވާ ރައީސެއް. ރައްޔިތުން ރުޅިއެރުވުންނޫންކަމެއް ނުކުރޭ. ޕޯޑިއަމްތަކުގައި ދައްކާވާހައިގެ ފޮނިކަން ހަކުރަށްވުރެ މަތީގައި ހުންނަނީ. އެކަމަކު 2 އަހަރުވެގެންމިދަނީ ކޮށްދެވުނު އެއްކަމެއްވެސްނެތް. ކަރަންޓުބިލާއި ފެންބިލުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. މާލޭ ސަރަޙައްދުގައި 60ހާސް ފުލެޓްއަޅަނީވެސް ނިދީގައި ހުވަފެނުން. ހުވަފެންބަލަން ތިބެންވީ ގޮނޑުދޮށުގައި މޫނުގައި ފަންރިޔަލެއް އަޅައިގެން
ސަރުކާނު
29 October 2025
އިރާދަކުރެއްވިއްޔާ ތި ކުރާ މަލ\ަމ\ާތް ރައްދުވާނެ ތިފަރާތައް ރައްދުވާނެ
ރާވެރިބެ
28 October 2025
މިހާރުވެސް ސިއްހީ ދާއިރާ ޚިދުމަތްހުރީ އަތްނުފޯރާ ހިސާބު މަތީގަ. އާސަންދައެއް ނުލިބޭކަމުގެ ޝަކުވާ އެހާ ބޮޑު. ބޭރުގެ ބައެއް ބޮޑެތި ހޮސްޕިޓާތަކަށް އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދައްކާތީ ޚިދުމަތް ދިނުން މެދު ކަޑާލައިފި ވާހަކަ ވެސް ބަލިމީހުން އެބަ ބުނޭ. ހަމަ އެގޮތަށް ރާއްޖޭގެ ބޭސް އެތެރެ ކުރާ ފަރާތްތަކާ އަމިއްލަ ހޮސޕިޓާތަކަށް އާސަންދައިން ލިބެންޖެހޭ ފައިސާ ނުލިބެގެން އެމީހުންގެ ހާލުވެސް އެހާ ދެރެވަރު. މިކަންކަން ރަގަޅުވެއްޖިއްޔާ ރަގަޅު. ވާނެބާ؟
ޑރ ވާންޗޯ
28 October 2025
ސިއްހީދާއިރާގެ މަތީހިދުމަތް ދޭނީ އައިޖީއެމްއެޗްގެ ހުރިހާ ޑޮކްޓަރުން ކޮންމެދުވަހަކު ދެއިރު އަމިއްލަ ކްލިނިކްތަކުގަ ތިއްބަވައިގެންތޯ؟.
މަންސާ
28 October 2025
މިހާރު ގެދޮރުވެރިކަމުގެ ސިލްސިލާ ނިމުނީތޯ، މިދިޔަ ދެ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޯހިޔާވަހިކަމަށް، އިސްކަންދެއްވިވަރުން ވެރިަކަމަށް އައިއިރު ކޮންކްރީޓް މަސައްކަތް ނިމިފަހުރި ފްލެޓްތަކަށްވެސް މީހުން ނުވެއްދިގެން މިއުޅެނީ، އިތުރަށް ބިންގާ އެޅުނު މަސައްކަތް ފެއްޓުނު މަޝްރޫއެއްނެތް، ކުރިއަށް އޮތް 2 އަހަރުން ސިއްހީ ދާއިރާވެސް އަތްނުފޯރާ ފަށަށް ތަރައްގީވެ ދެން އެހެން ކޮންމެވެސް ކަމަކަށް އިސްކަންދޭން ޖެހިފަ އޮންނާނީ،
ތަރައްގީގެ ބާނީ
28 October 2025
"ރައީސް ޑރ. މުހައްމަދު މުއިއްޒު، އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން މަސައްކަތް ކުރައްވަނީ ގައުމު ބިނާ ކުރުމުގެ ބޮޑެތި މަސައްކަތްތަކުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ.ދިއްދޫގައި ބޭއްވި ޖަލްސާގައި ރޭ ވިދާޅުވެއްޖެއެވެ" އަޅުގަނޑު ދެކޭ ތަރައްގީގެ ބާނީ ރައީސް ޔާމިން މިހެން ވިދާޅުވުމަކީ މި ސަރުކާރުން ކުރާ ކަންތައްތައް ހަގީގަތަކަށް ވެއްޖެ ކަމުގެ ފުރިހަމަ ނިޝާނެކެވެ. ޝުކުރިއްޔާ ރައީސް ޑރ މުއިއްޒު ތި ކުރައްވާ މަސައްކަތްޕުޅަށް. ތައުރީފު ހައްގު
ހައްސާން
28 October 2025
މައްސަލަތައް ދަނީ ހައްލުވަމުން އެންމެ މުހިއްމު ކަމަކީ ސިނގިރޭޓައި ވޭޕް ހުއްޓުވުން އެއީ މިރާއްޖޭގައި ޖެހޭ އެންމެ ބޮޑެތި ބަލިތައް ޖެހޭ މައިގަނޑު ސަބަބު
ހައްލާމު
28 October 2025
މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅާލާއިރު 600 އެއްހާ މީހުން ކިއުގައި ތިބޭ ނަމަބެސް މިއަދު ގުޅާލި އިރު ކިއުގައި ތިބީ 130 މީހުން އަދި އެޕޮއިންމަންޓު ލިބޭ 3 ދުވަހުން މީގެ ކުރިން 3 މަސް ވާއިރުވެސް ނުލިބޭ، ހެޔޮ ބަދަލު އަންނީ ފެންނަމުން
މިވަރުން އެނގޭނެ
28 October 2025
މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ސިއްހީ ދާއިރާއަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާކަން އެނގޭ، މިކަން ކަމަށް ޖޯކު ޖަހާ މީހުން އުޅޭނެ، އެއީ ކުރިއެރުމެއް، މިގައުމު މިހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރު ތަކުން، މިހާރުގެ ސަރުކާރުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތަކަށް ގައުމުގައި ތިބެގެން ކުރެވޭނެ ގޮތަކަށް ބައްޓަންކުރަން، މީ ގައުމަށް ލިބޭނެ ކުރިއެރުމަކީ. ބަ
ކޮންސަލްޓެންޓް
28 October 2025
ރައީސް މައުމޫނުގެ ވެރިކަން ނިމުނު ފަހުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ސިޔާސަތު ގެންގުޅުނީ ޕީޕީއެމްގެ ބިނާކުރަނިވި ފިކުރުން، ޕީޕީއެމްގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފުޑާފައި އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަކު، މިހާރު އަނެއްކާ މިޖެހެނީ ޕީއެންސީ އަށް ހެލްތު ދާއިރާ ކޮޅަށް ޖަހައި ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރު ތަކަކުގެ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ތަރައްޤީކުރަން. މިކަން ކުރާނެ