ކުރީގެ ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ.
27 އޮކްޓޯބަރ 2025 - 23:48
މުއައްސަސާތަކަށް ކަންކަން ނުކުރެވޭ ވާހަކަ އެ މަނިކުފާނު ވިދާޅުވަނީ ވެރިކަން ބޭނުންފުޅު ވެގެން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި އެކަމަކު އެއްވެސް މީހަކު ވެރިކަން ބޭނުންވުމަކީ އޭގެ ޒާތުގައި އައިބު އަދި ކޮރުކަމެއް ވެސް ނޫން ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ހއ. ދިއްދޫގައި ބޭއްވި އެ އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ، މުއައްސަސާތައް ކަންކަމަށް ޒިންމާ ނުވާ ނަމަ ނުވަތަ ހިދުމަތް ނުދޭ ނަމަ އަދި ވައުދުތައް ނުފުއްދާ ނަމަ އެ ވާހަކަތައް ދައްކަވަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަން އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ.
އެކަމަކު، އެ ވާހަކަތައް އެ މަނިކުފާނު ދައްކަވަނީ ވެރިކަން ބޭނުންފުޅުވެގެން ކަމަށް ބައެއް މީހުންގެ ހިތަށް އަރާފާނެ ކަމަށާއި ނަމަވެސް ވެރިކަން ބޭނުން ނުވާ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ގައުމަށް ކަމެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ބަޔަކަށް ވެރިކަން ކުރެވިދާނެ ކަމަށެވެ.
"އެއިރަށް ދެއްތޯ ކަންކަން މި ބުނާ ގޮތަށް ރަނގަޅު ކުރެވޭނީ. ކޮންމެ މީހެއްގެ ފަލްސަފާއެއް އޮންނާނެ، ކޮންމެ މީހެއްގެ ވިސްނުމެއް އޮންނާނެ. ކޮންމެ މީހަކު ރައްޔިތުންނަށް ވިއްކާ އެއްޗެހިތަކެއް އޮންނާނެ. އެހެންވީމާ ވެރިކަން މީހަކު ބޭނުންވުމަކީ އޭގެ ޒާތުގައި އައިބު ކަމެއް ނޫން، ކޮރު ކަމެއް ނޫން އަދި ނާތަހުޒީބު ކަމެއް ވެސް ނޫން އެއީ،" ޔާމީން ވިދާޅުވި އެވެ.
"އެއީ ދެއްތޯ ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތަކީ. އެއްވެސް މީހަކު ނޫޅޭ ލިއްލާހިއަށްޓަކައި. ހަމަ ކޮންމެ މީހަކު ވެސް އުޅެނީ ކޮންމެވެސް ކަމެއް ބޭނުންވެގެން."
ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އުންމީދު ކުރައްވަނީ އަމިއްލަފުޅު މުހުތާދުތަކެއް ފުއްދަން ނުވަތަ މާލީ މަންފާއެއް ނުވަތަ ދިރިއުޅުއްވާނެ ގެކޮޅެއް ނެތިގެން ކަމަށް ވާ ނަމަ ރައްޔިތުންނަށް ސުވާލު ކުރެވޭނެ ކަމަށެވެ.
"މިއިން އެއްވެސް ކަހަލަ ކަމެއް އަޅުގަނޑެއް ބޭނުމެއް ނުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރަން. އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގައި ފަސްޖެހިފައި މި ހުރި ހުރިހާ ކަންތައްތަކެއް ނަގައި ކޮޅަށް ޖަހަން."
ޔާމީން ވިދާޅުވީ ފޮތްތަކުގައި ހުންނަ ހިސާބުތައް އަދި ރައްޔިތުންގެ ޖީބުގެ ފުންމިނާއި ތިޔާގިކަން ދޮގެއް ނުހަދާނެ ކަމަށެވެ. އެ އަށް ބާރު ދެއްވަމުން ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަން ނުވަތަ 2013 އިން 2018 އަކީ ރައްޔިތުން ތިޔާގި ފަސް އަހަރެވެ.
އެ މުއްދަތުގައި ރާއްޖޭގެ ތަރައްގީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ޖަމާއަތްތކުން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ޑޮކިއުމަންޓް ކުރެވިފައިވާ ކަންކަން. އެހެން ނަމަވެސް އެއާ ހިލާފަށް އަޅުގަނޑުމެންނަށް ފަހުން ފެނިގެން މިދަނީ ހަމަ ވަރަށް ސޮރީ ސްޓޭޓް އޮފް އެފެއާޒް. ރައްޔިތުން ހަމަ ވަރަށް ލަދުގަންނަންޖެހޭ،" ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައްޔާ
30 October 2025
ވެރިކަންބޭނުންވަނީ ވައްކަންކުރަންކަން އެންމެނަށްވެސް އެނގޭ
ޢަސްލު......
28 October 2025
މާބޮޑުއެއްޗެއް ބޭނުންފުޅެއް ނުވާނެ ފުރަތަމަ ފަސްއަހަރު ދައުރުގަ 15 ބުރީގެ ގެއެއް، އެތަށް މިލިއަން ރުފިޔާ، އަތުގައި އެއްޗެއް ނެތިގެން ފުރިހަމަ މުސާރަ ނަންގަވަން ފެއްޓެވީ ދައުރު ދެބައިވިފަހުން.........
ޢަލީ ކުރުސީ
28 October 2025
ނެންގެވީ މުސާރައިގެ އެއްބައި، އެކަމަކު ހަދާލާފަހުރި ބޮޑު ބިޔަ ގަނޑުވަރު ދެކިބަލަ! ރިސޯޓު ހަދަން ވިއްކާލި ކޮންމެ ރަށަކުން ޖެހޭ މަނިކުފާނު އަތުން އެއްމިލިޔަން ޑޮލަރު މާރުކުރަން! އަދި މިހާ ޤާބިލު ރައީސަކަށް ނޭނގޭ ކައިރީގައި ހުުރި ނައިބްރައީސް ބިލިޔަނުން ފައިސާއަށް ޚިޔާނާތްތެރިވާއިރު ވެސް! ވެރިކަން ހޯދަން ޤާސިމް ކައިރީ އާދޭސްކުރަންވެސް ފޮނުވީ ބޭބޭފުޅު! އެކަމަކު އެންމެފަހުން ގެންގޮސް ބޭއްވީ ޖަލުގައި!
އަންދަލޫސިޔާ
28 October 2025
އެމްއެމްޕީއާރުސީ އިން ދައުލަތަށް ލިބެންވާ 1.6 ބިލިޔަން ރުފިޔާ ކޮބާތޯ؟
ރާވެރިބެ
28 October 2025
ރައީސް ޔާމީން އަކީ އަޅުގަޑު ވަރަށް އިހްތިރާމްކުރާ ބޭފުޅެއް. އެކަމަކު ވާހަކަފުޅު ދައްކަވާއިރު ބައެއް ފަހަރު ބޭނުން ކުރައްވާ ބައެއް ބަސްތަށް އެހާ ހިތްގައިމެއް ނޫން. މިސާލަކަށް ވެރިކަން ބޭނުންވުމަކީ "ކޮރު" ކަމެއް ނޫންކަމަށް އެވިދާޅުވި ބަސް ރާވެރިބެއަށް ގޯސް. ސަބަބަކީ ކޮރުކަމަކީ ވެސް "ހުތުރު" ކަމަކަށް ނުވާތީ. އެއީ ނުކުޅެދިންތެރި ކަމެއް ވިޔަސް އެޔަކީ މަލާމާތް ރައްދުވާން ޖެހޭ ނުވަތަ ހުތުރު ކަމަކަށް ނުވާތީ. ނުބައިމާނައެއްގަ ވިދާޅުނުވާނެ ހެން ހީވަނީ!
ހަސަންރަހާ
28 October 2025
މީނަގެ އެއްބަފާ ބޭބެ މައުމޫނު ރޯދަމަހެއްގެ 27 ވިލޭރޭ މާފުށިން މާލެއަށް ޝަރީއަތަށް 3 ފަހަރު ގެނައި ކަމަށް ރަށުތެރޭ މީހުން ކިޔާ އުޅޭ!
ރަހާހަސަން
28 October 2025
ގާނޫނު ހިނގަން ޖެހޭނެ އެއްބަފާ ނޫން އެއްބަނޑު އެއްބަފާ މީހާގެ މައްޗަށްވެސް.
ދޮންހުސޭނު
28 October 2025
80 ގެ ފަހުކޮޅު ރެލީ ބައިސްކަލެއްގައި އުޅުނު މީހަކު މިހާބޮޑު ފައިސާ ވެރިއަކަށް ވީ ކޮންތާކު ކޮން ވިޔަފާރިއެއްކޮށްގެންހޭ! މީނާގެ ވެރިކަމުގަ އުސް އަލި ތަކުގެ ތެރޭ އެންމެ ފާހަގަ ކޮށްލެވެނީ ދެކަމެއް. ބުރިޖު ފެންނނަ ގޮތައް ހެންވޭރުގަ ހަދާފަ ހުރި އުސް އިމާރާތަކާ، މާފަންނުގަ ދަރުމަވަންތަ ހޮސްޕިޓަލު ފެންނަ ގޮތައް އަޅާފައި ހުރި އުސް އިމާރާތަކާ މި ދެ އިމާރާތެވެ.
ތެދު ޤަބޫލުކުރާ މީހާ
28 October 2025
ކަމެއް ކުރެވި އެކަމަކު ބޮޑާކަމުން ވެރިކަމުގަ ނުހުރެވުނު މީހެއް. ފޮނިމީހެއް. އެހެން މީހުންނަށް ހަޖޫޖަހައި އެއްޗެހި ކިޔަން މިވަރެއްނެތް މީހެއް. އަމިއްލަ ބޭބޭފުޅު ޖަލުގޮޅީގަ 7 މަސްދުވަހު ބަހައްޓަން ކެރުނުމީހެއް.
ނުރަބޯ
28 October 2025
ބޭބޭފުޅު ޖަލުގައި ބަހައްޓަން ޖެހުނީ ބަޣާވާތް ކުރީމާ ކަން ނޭނގުނީތީ ޙައިރާން ވެއްޖެ.
މާލަސްވެސް ވެއްޖެ ...
28 October 2025
ރައީސް ޔާމީން ނިކުމެ ރާއްޖެ ހަމަމަގަށް އަޅުވަން ވެއްޖެ.
އަފުން
28 October 2025
އަމިއްލަ އެދުމެއް ނެތް އަމިއްލަ އެކައުންޓްގައި 100 މިލިޔަން ރުފިޔާ ހުރި، ފައިސާ ލިބުނުގޮތް ވިދާޅުވެދެއްވާ. ކޮންބަޔަކު ދިން ފައިސާއެއްތޯ އެއީ.
ޢެޑްމުންޑޯ
28 October 2025
ކަލޯ ނޫސްތަކާއި މީޑިޔާގެ ވަސީލަތްތަށް ބަލާނަމަ އެގޭނެ ފައިސާ ލިބުނު ގޮތް ، ޔާމީން ވަނީ ވިދާޅުވެ ދެއްވާފައި އެއީ "ހަދިޔާ" އެހެންހޮތަކަށް ބުނާނަމަ "ރިޝްވަތު"