ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް-- ފޮޓޯ: މިނިސްޓްރީ
28 އޮކްޓޯބަރ 2025 - 14:44
ސިޓީސް މިނިސްޓްރީން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކަށަވަރު ކުރުމަށާއި ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ހާއްސަ މޮނިޓަރިން ކޮމިޓީތަކެއް އެކުލަވައިލަން ނިންމައިފި އެވެ.
ސިޓީސް މިނިސްޓަރު އާދާމް ޝަރީފް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޮމިޓީތައް އެކުވަލަވައިލުމުގެ ބޭނުމަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގުުމުގައި ސިވިލް ސޮސައިޓީތަކާއި އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ހިމެނުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޖުތަމައުތަކުގައި މިހެން ކުރެވޭ މަސައްކަތްތަކުގައި ވަަރަށް މުހިއްމު ކަމެއް، އަދި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ސިވިލް ސޮސައިޓީ ޕާޓިސިޕޭޝަން ނުވަތަ އިސްރަށްވެހިންގެ ހިއްސާ މި ކަންކަމުގައި އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "ރަށު ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ" ގެ ނަމުގައި އެ ކޮމިޓީތައް އެކުލަވައިލަން އުސޫލެއް ހަދައި، ކައުންސިލްތަކަށް އެ އުސޫލު މިހާރު ވަނީ ފޮނުވައިފަ އެވެ. އެ އުސޫލުގެ ދަށުން އެކުލަވާލާ ކޮމިޓީގެ ދައުރަކަށް ވާނީ ސިޓީސް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާވާފައިވާ ގޮތަށް ކަމާއި އެކަން ކުރިއަށްދާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އެނގޭކަން ކަށަވަރު ކުރުމެވެ.
"މިސާލަކަށް މިހާރު މިދަނީ ކައުންސިލް އިދާރާތަކެއް އަޅަމުން. އަދި ކުރިއަށް އޮތް ތާނުގައި އިތުރު މި ކަހަލަ މަސައްކަތްތަކެއް ކުރާނެ. އަދި. ކުޑަކުދިންގެ ޕާކްތަކެއް ވެސް ހަަމަ ހެދުމުގެ މަސައްކަތްތަކެއް ހަމަ ކުރިއަށް ދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
- ރަށު ކައުންސިލުން އައްޔަންކުރާ މެންބަރެއް.
- ޑަބްލިއުޑީސީ އިން އައްޔަންކުރާ މެންބަރެއް.
- ކައުންސިލްގެ ސިވިލް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެންބަރެެއް.
- އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ކްލާބް ޖަމިއްޔާތަކުން ނަގާ މެންބަރެއް.
- އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ހިންގާ ޕްރޮޖެކްޓްގައި ކުރާ މަސައްކަތް އެނގޭ [ކޮންސްޓްރަކްޝަން ދާއިރާގެ] މެންބަރެއް.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓްގައި ކުރާ މަސައްކަތުގެ ދާއިރާގެ މެންބަރަކު ކޮމިޓީގައި ހިމަނަނީ މަސައްކަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށެވެ.
"މިސާލަކަށް ޓައިލްސް ބޭނުންކުރަނީ ރަނގަޅު ކޮލިޓީގެ ޓައިލްސްތޯ. އެކަށީގެންވާ ވަަރަށް ދަގަނޑު ބޭނުންކުރޭތޯ، ބޭނުންކުރަނީ ރަނގަޅު ސައިޒްގެ ދަގަނޑުތޯ، މިހެން ހުރި ކަންކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ހުރެއްޖެއްޔާ އެ ބޭފުޅަކު ވެސް އެ ކޮމިޓީގައި ހިމެނޭނެވެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީތަކަށް ފާހަގަވާ މައްސަލަަތައް ކައުންސިލްތަކަށާއި މިނިސްޓްރީއަށް ވެސް ހުށަހަޅާނެ އެވެ.
ސިޓީސް މިނިސްޓްރީން ވަނީ 55 ކައުންސިލެއް އިމާރާތްކުރުމުގެ މަސައްކަތް އާރްސީސީއާ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ހުރިހާ ރަށެއްގައި މިހާރު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންއަހުމަދުބެ
29 October 2025
ތިޔަ މަޝްވަރާތަކެއް ނުނިމޭނެ ޚިޔާލު ތަފާތުވާ ވަރުން. އެންމެ ފަހުން، ކޮންނަންޖެހޭ ވަޅު ވެ ނިމޭނީ އަމިއްލަޔަށް ފެން އުފެދި އޭގެން މަސްބޭނޭ އެއްޗަކަށް.
ގުދުގުދާބެއްޔާ
29 October 2025
ކޮންމެ ރަށެއްގަ އެޓޯލްސް އެޑްމިނިސްޓްރޭސަން ހަދަންވީނުދެން!
މފއއ
29 October 2025
ރައްޔިތުން ހޮވާފާތިބި އެކިނަންނަމުގެ މީހުންތައް ހަބޭހަށް ތިއްބާ، އެމީހުންނާ ނުބައްސައި އިންތިޚާބު ކައިރި ވެފާ އޮއްވާ ވަކިބަޔަކު ނަަންނަން ކިޔާފާ ނަގަނީ ދައުލަތުގެ ފައިސާ ޕާޓީ ކުދިންނަށް ބަހައި ވޯޓުފޮށްޓަށް އަމާޒު ކޮށްގެން ކަމަށް ބެލެވޭ
ޢަލީ ބަލީ
29 October 2025
ތީ ވަރަށް ރަގަޅު ކަމެއްކަމަށް ފެނޭ ރަށުގަ ހިގާ މަސްރޫޢުތައް ރައްޔިތުންނަށް ގާތުން ބެލެން ޖެހޭނެ އަޅުގަޑުމެން ރަށުގަ ރައީސް ޔާމީން ވަނީ ފެންހޮޅި އަޅާ ނިންމަވާފަ 2 ޕްލާންޓާ ތާގީތަކާ އަދި ބޮޑު އިމާރާތަކާ ގޭގެ އަށް މީޓަރު ލާ ނިމިފަ އެކަމަކު ރަށުކައުންސިލުން ވަނީ އެތަނާ ހަވާލު ވާން ދެކޮޅު ހަދާފަ އެހެން ކުލައެއްގެ ކައުންސިލެއް އެމަސްރޫޢު ހިގި އިރުވެސް ހަމަ އެކުލައި ކައުންސިލެއް އޮތް ކީއްވެ ނުބެލީ އެތައްއަރަކަށް ރައްޔިތުންނަށް ހިދުމަތް ނުދީ ހިފެހެއްޓި
ދަގަތްފާނު
29 October 2025
މީނާގެ ފިކުރު އެހަރީ މައުމޫނު ޒަމާނަށްވުރެވެސް ތަންކޮޅެއް ދުރު ހިސާބެއްގަ. ހީވަނީ ބޮޑަށް 1970 ނޫނީ 1975 އެހިސާބުގަހެން. މިވަރުމީހަކާ ރާއްޖޭގެ އަތޮޅުތަކު ކަންކަން ހަވާލުކޮށްގެން އެތިބެނީ.
މުޑަހަންޖާ
29 October 2025
ކ.މާލޭގަ މާސިންގާ ތަންތަން ހަދާއިރު އެރަށު ރައްޔިތުންގެ ކޮމެޓީއެއް އޮވޭތަ މަސައްކަތް ރަގަޅުތޯ ބަލަން. ޖަހާ ޓައިލްސްގަނޑު ރަނގަޅުތޯ ބަލަނީ އެރަތެރޭން ކޮމެޓީ ހަދައިގެންތަ. މިކަހަލަ ނަސްލީ ތަފާތުކުރުން ހުއްޓެނީ ކޮންދުވަހަކުތަ.
އޮނަރަބްލް އަފީފު ދީދީ
28 October 2025
ޕީއެންސީ ޕާލަމެންޓަރީ ޤްރޫޕް ލީޑަރ ގެ ވާހަކަތަކަށް ބަލާނުލާ މާލޭމީހުންގެ ވޯޓަށް އުއްމީދުކޮށްގެން ޑރ މުއިއްޒުގެ ސަރުކާރުން މިމައްސަލަ އަޅާނުލާ ދޫކޮށްލިކަމަށް ވިޔަސް މިކަމަކީ ރާއްޖޭގެ ދުސްތޫރީޙަޔާތުގައި ސީދާ ދައުލަތުގެފަރާތުން އިސްވެހިންގާފައިވާ އެންމެބޮޑު ތަފާތުކުރުމުގެ އަމަލު. އަދި މިއީ "21 ވަނަ ޤަރުނުގައި މަލްޓިޕާޓީ ޑިމޮކްރަޓިކް ނިޒާމް އޮތް އެއްވެސް ދައުލަތަކުން ނުހިންގާފަދަ ރޭސިސްޓް ސިޔާސަތެއްގެ ތެރެއިން" ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާ އެއް.
އިރޭ 33
28 October 2025
ކޮންމެ ސަރުކާރު ޕްރޮކެކްޓެއްގައި ތަފްޞީލް ޕްލޭނެއް ނޯވޭތަ. އެ ޕްރޮޖެކްޓެއްގައި ސުޕަރވައިޒަރެއްވެސް ހުންނަން ޖެހޭނެ. އެހެންނޫނީ ޕަރޮޖެކްޓަކަށް ނުކިޔާނެ. ހާދަ ހަމަ ނުޖެހޭ ވާހަކައެކޭ މިނިސްޓަރު މި ދައްކަނީ
އައްލާ ބެއްޔާ
28 October 2025
ޓެކްނިކަލް މީހުން ޑިޒައިންކޮށް އިމާރާތް ކުރަހާ ކުންފުންޏަކާ އަޅަން ހަވާލު ކުރަނީ އެމަސައްކަތް ކުރުވާ މިނިސްޓްރީއަކުން. މަސައްކަތް ނިންމާފަ ހަވާލު ކުރީމަ އެއްބަސްވި ފެންވަރަށް އެ މަސައްކަތް ކުރިތޯ ބަލަންޖެހޭނީ އެކަމުގެ ފަންނީ މީހުންްލައްވާ މަސައްކަތް ހަވާލުކުރިފަރާތުން. ރަށުގެ ތިބޭ އަންހެނުންގެ ކޮމެޓީ މެމްބަރުންނާއި ދަނޑުވެރިންނާއި މަސްވެރިން އެކަން ބަލާނީ ކިހިނެތް. މި މީހުން ޓެކްސީ ޑްރައިވަރަކާ ފްލައިޓް ދުއްްވަން ވެސް ހަވާލު ކޮށްފާނެ.
ޢަރުތަ
28 October 2025
"މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ބަލަން 'ރަށު ކޮމިޓީ' ތަކެއް އެކުލަވާލަނީ" އަދި ތިއެކުލަވާލާ ކޮމެޓީތައް ހަރަކާތްތެރިވަނީ ދެންނެވިފައިވާ ގޮތަށްތޯ މޮނިޓަރކޮށް ބަލާނެ 30 މީހުންގެ ކޮމެޓީއެއްވެސް އެކުލަވާލަން ފެނޭ، އަދި ކައުންސިލް އިންތިޚާބުގެ ކުރިން ކޮންމެހެންވެސް ތިކަން ކުރަންވާނެ، އޭރުން ތިހޯދަން އުޅޭ ނަތީޖާ ފެންނާނީ، މިކަހަލަ ކަންކަމާ ހުރެ ދިވެއްސަކަށް ވީތީވެ އަހުރެން ފަޚުރުވެރި މިވަނީ ފަޅައިގެން ދާވަރަށް، މީވާ ނޫނޭ ބުއްދިވެރި ބައެއް.