މީހަކު ސިނގިރޭޓާއި ވޭޕެއް ހިފަހައްޓައިގެން. ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފައި.
28 އޮކްޓޯބަރ 2025 - 10:26
ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން، 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެކުވެނި ޓްރެކްގައި ބާއްވާ ދުވުން ފަށާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ ދުވުން ނިންމާލަން ހަމަޖައްސާފައިވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ.
އޮފިޝަލް ވިދާޅުވީ ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އޭގެ ގަވައިދު ވަރަށް އަވަހަށް ގެޒެޓުކުރާނެ އެވެ. އެހެންވެ، ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ކަސްޓަމްސް އިން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ރާއްޖެއަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.
އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށްމ ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެނަމަ ސިއްހަތަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާޥަތެއް ބޭނުންކުރާކަމަށް، 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
އެ ނުބައި އާދަ ދެމިގެން ދިއުމަކީ އާއްމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް އިން 2022 ވަނަ އަހަރު އާއްމުކުރި ނަމްބަރުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތާ ގުޅުން ހުރި ގައިންގަޔަށް ނާރާ ބައްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެކެކެކެކެކެކެކެކެ
28 October 2025
އެކަނި ދުވެލާ! ވަރަށް ސަލާމް! ކެކެކެކެކެކެ
ކަތްދައްތަ
28 October 2025
ތިޔަ ބޭން ހިންގޭނީ ނިޔާވެ ކައްވަޅުގައި ތިބި ޖެނަރޭޝަނުގެ މައްޗަށް. ވަގުސިހިރޭޓާއި ވަގުވޭޕެ އެތެރެކުރެވޭ ވަކިން ހެސްކިޔާފަ ސިގިރޭޓް ވިއްކޭ ބަންގާޅުން އެވިއްކަނީ އުމުރަކަށް ޖިންސަކަށް ނުބަލާ. ވާވަރުގެ ކަންކަމާ އުޅެެންވާނީ އިއްޔެ ޖަގިޔާ ވީދުނީ. ކީއަޑުން މިތިބީ ހައިރާންވެފަ. ބޮޑު ވަގު މާރުކޭޓެއް ހަދައިގެން ހިންގާ ޖަރީމާ ވިޔަފާއްޓެއް.
ޢާދަނުބެ
28 October 2025
ކީއްކުރަން ދުވާދުވުމެތްތޯ އަދިވެސް ހަމަ ބޭނުން ވަރަކަށް ވޭޕު ފުލޭވާރ އަދި ސިނގިރޭޓު ލިބޭ މަދެއްނުވޭ ލިބުންވެސް ދައްޗެއްނޫ ދެން ދުވެގެން ތި ކޮންޓިރޯލް ކުރަންޏާއި ކުރަންވީ ހެ ހެ
ފޮޗޭ
28 October 2025
ވަގަށް ސިނގިރޭޓު ވިއްކާ މަޖުލިސް މެންބަރުން ބޭން ކުރަންވީނުން ފުރަތަމަ!
މަލްށާ
28 October 2025
ކޮލެސްޓްރޯލް ބަނޑު ޕްރޮމޯޓް ކުރުމަށް ދުވުމެއް ނެތްތަ
ތުކި
28 October 2025
ސޭޓު ބުނީ ތިހެން ހެދީމަ މަގޭ ވިޔަފާރި ހަލާކުވާނީޔޯ. މަގާތަށް ގަންނަން އައިމަކާ ނުވިއްކޭނެ މީހަކު ނުހުންނާނެޔޯ
ސަނައްޓޭ
28 October 2025
ދުވެގެން ވާ ކަމެއް ވިއްޔާ އޮންނާނީ ވެފަ. ބޭކާރު ކަންކަން ކުރަން އުޅެނީ ހުސް
ސަބްލީތް
28 October 2025
ނުދެވޭނެ ތިތަނަކަށް. 4 ދުވަސް ބަންދު ވީމަ ރަށަށްދާން ޕްލޭން ހަދައިފިން.