ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ތައާރަފުކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ބީއެމްއެލް
29 އޮކްޓޯބަރ 2025 - 11:29
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިއަދު ތައާރަފުކޮށްފި އެވެ.
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އިފްތިތާހުކޮށްދެއްވީ އެ ބޭންކުން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އިން ބުނީ އެ ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެއް ކަމަށެވެ. އެއާ އެކު، ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ވެސް ކުޑަކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ވޮލެޓަކީ ދުނިޔޭގެ އެހެން ޑިޖިޓަލް ވޮލެޓްތަކާ އެއްގޮތަށް، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ ޑިޖިޓަލް ވޮލެޓާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ވަނީ ޑިޖިޓަލް ވޮލެޓް އެޕްގެ ބައެއް ފީޗާތައް ވެސް ކިޔައިދީފަ އެވެ.
އެ ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެ ވޮލެޓް މެދުވެރިކޮށް އެއްވެސް ފީއަކާނުލައި، ކޮންމެ ގައުމަކުން ވެސް ވަގުތުން ފައިސާ ލިބޭނެ އެވެ. ރާއްޖޭގެ އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމަށް އެހީތެރިވެދޭނެ އެ ވޮލެޓަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އަދި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.
ބީއެމްއެލް އިން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދަކަށް ވާތީ، އެކަން ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުން ފަށައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް އެކުލަވާލައި، މީގެ 12 މަސްދުވަސް ކުރިން އަޅުގަނޑުމެން މަސައްކަތް ފެށިން،" ޝަރީފް ވިދާޅުވި އެވެ.
Introducing Swipe, a new multicurrency digital wallet that offers seamless, instant and secure payments for Maldives and beyond! 🚀
— Bank of Maldives (@bankofmaldives) October 29, 2025
This 100% Maldivian-developed digital wallet positions the Maldives and its fintech talent on the global digital financial landscape. Swipe… pic.twitter.com/DmqQJVDdSj
އޭގެ ނަތީޖާއަކީ މިއަދު ތައާރަފުކުރި އެ ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެއާ އެކު، ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ. ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަ ވާނެ. ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
31 October 2025
ރޫޕޭ ވެސް ތައާރަފު ކުރި. އަދި ބޭނުމެއް ނުކުރެވޭ. ދިވެހިންނަށް އިންޑިއާ މީހުންނަށް ވެސް ފައިދާ ވާގޮތަށް ބޭނުމެއް ނުކުރެވޭ. މިއަދު ތައާރަފުކުރި ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް"، މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފެށާނެ ކަމަށް މި ވިދާޅުވީ. ނުނިމޭ ކަންކަން މި ތައާރަފު ކުރަނީ، ރައްޔިތުންނަށް ކަންކަން ކުރެވޭކަން ދައްކަން!
ސަރގް
30 October 2025
ޗައިނާގަ އަލީޕޭ އަދި ވީޗެޓް، ހޮންކޮންގަ އޮކްލަސް އަދި އަލީޕޭއޗކ ބޭރުން އަންނަ ހުރިޙާގެސްޓުން ޖެހޭނީ މިތަނުން އެއްޗެއް ޗޫސްކޮއް ވިޔަފާރިތަކަށް ޕޭކުރަން، ގައިމު މިކަހަލަ ކާޑެއް ތައާރަފް ކޮއްފިނަމަ ގެސްޓުންއަތުން ލިބޭޑޮލަރު މާގިނަވީސް ބޭންކުން ޑޮލަރަށް ޖެހިގެން އުޅޭކަށް ނުޖެހޭނެ
މޮޅޭ
30 October 2025
ފޮރެކްސް ޓްރޭޑިންގ އަކީ ޖުވާކުޅުމޭ ކިޔާފަ ބޭންކުން ދޫކޮށްފަ ހުރި ކާޑުތަކުން މުއާމަލާތް ނުކުރެވޭ ގޮތް ހަދާފަ ހުރީ. ބޭރުގެ އެއްވެސް ވޮަލެޓަކަށް ބޭންކުން ދޫކޮށްފަ ހުރި ކާޑަކުން ލާރި ނޭޅޭ. ދެން ތިޔަ ވޮލެޓަކާ ދޭތެރޭ އަހަރެމެން ކުރާނެ އުއްމީދެއްނެތް. މިއުޅެނީ ލާރި ނުގެނެވިގެންނެން ނޫން. ލާރި އަޅައިގެންދޯ ޓްރޭޑް ކުރެވޭނީ. ޓްރޭޑް ކުރެވުނީމަ ދޯ ލާރި ގެނެވޭނީ.
ޝިހަމް
29 October 2025
މި ހުންނަނީ 5% ގެ ލޯނު ފަށާނެ ދުވަހަކަށް ދައްކާލި ދަޅައެކަށް ނުވީއްޔާ ރަނގަޅު
ބައްޕީލެހެރީ
29 October 2025
މިދާރޭޓުން ދަންޏާ އަދި ކޭކުވެސް ފަޅާނެ. އޭތި ކާން އަންނާނީ އެހެން ދުވަހަކު އޮންނަ ހަފުލާއެއްގައި.
ހާނޖީ
29 October 2025
މިހެންދެން ކަރާ ފެޅުން ހުއްޓަންވެއްޖެހެން ހީވަނީ. މިދާކަށް ދުވަހު ތައާރަފް ކުރި އިންޑިޔާ ރުފިޔާ އެކައުންޓު. އެކަންއިންޓު އެބަހުޅުވޭ އެކަމަކަކު ދިވެހިރުފިޔާ ކޮންވާރޓެއް ނުކުރެވޭ ހަމައެކަނި ނަގުދު އިންޑިޔާ ފައިސާ ޖަމާކުރެވެނީ. އެދި އެޖަމާކޮއްފަ އެލާރި އިންޑިޔާއަށް އަކަށް ނުފޮނުވޭ. ގުޅީމަ ބުނަނީ އަދި އެކަން ހަމައެއް ނުޖެހެޔޯ. މިހާރު އަހަރުވަނީ.
މައިކާލޯ
29 October 2025
އިރުއިރުކޮޅާ ތިބެފުޅުންގެ އެފަށްމިވާގޮތެއް ހައްލުކޮށްލަދީބަލާ. އިމާޖެންސީކޮށް ފައިސާކޮޅެއް ޓްރާންފާ ކޮށްލަންބަލާއިރު އެތީ ވަރަށް ގިނަފަހަރު އޮންނަނީ ކަނޑުމަތިއަޅާފަ ކުރިއަކަށް ފަހަތައް ނެދެވޭނެ. މިހާ ހިތްއަވަސްވެ ވިއްކިމީހާ ޝައްކުގެ ނަޒަރަކުން ބަލަމުން ދާއިރުވެސް.... ހުރިހާފަހަރަކު ކާޑު ހިފައިގެންވެސް ނުއުޅެވޭނެ. ފަސްލަައްކައިގެ އަބާދީއަކަށް އެޕްން ކޭޓާ ނުކުރެވުމަކީ ދެރައެއް.
އުދުހޭ
29 October 2025
އަދި ނުނިމޭ އެއްޗެކޭ؟ ދެން ކީއްކުރަން ބޭއްވި ހަފްލާއެއް؟ އިންތިހާބަށް ކެކުރިފަޅަން؟
ސަރުކާރުފައަށް ހިނިއަރައިގެން
29 October 2025
މިހާރު މިވެސް ފިލްމީ މަންޒަރަކަށް ވެއްޖެ. ފުރަތަމަ ފަސްޓްލުކް ޓީޒާއެއް، ދެން އިސްތިހާރެއް، ޓްރެއިލާއެއް، ފިލްމް މިއަންނައަހަރު. ކަންދެއްކުންވެސް އޮވޭ. މިހާ ދެން ކަންތައް ބޮޑުނުކުރިއަސްވާނެ ދޯ. ހުރިހާކަމެއް އެއްފަހަރާނުކުރެވެނީ ކީއްވެ، ޚިދުމަށްދެވޭ ވަރުވީމާ ތައާރަފުކުރަން މަޑުނުކުރެވެނީތާ؟
ހާމިދުނާ
29 October 2025
ހާދަ އާއްމު ނަމެއް. ސްވައިޕް ޖަހާލީމާ ވަރަށް ގިނަ ވައްތަރުގެ އެޕްތައް އެބަ އާދޭ. ދިވެހިވަންތަ ކުރު ނަމެއް ކިޔާލި ނަމަ. "މާރު" ކަހަލަ. "ޖީބު" ކަހަލަ.