އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޮކްޓޯބަރ 2025 - 12:21
ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށްފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި މީހުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ޒަކާތު ހައުސްއިން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ބައެއް ފަގީރުންނަށް ސަރުކާރުން ދޭ ފްލެޓް ލިބުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ، އެކަން ޒަކާތު ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު އެ މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ނުވަތަ ޑިޕޮސިޓް ދައްކައިދޭން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެގޮތުން 14 މީހަކު ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ދައްކަން ނިންމާފައިވަނީ އެ މީހުންގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި ޒަކާތު ހައުސްއިން އެ ފައިސާ ދައްކާ ގޮތަށެވެ.
އެއަށްފަހު އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.
މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.
ސޯޝަލް ހައުސިން ފްލެޓްތަކަށް ޑައުން ޕޭމަންޓް ދައްކައިދޭން ޒަކާތު ހައުސިންއިން ނިންމިއިރު، ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ހަވާލުކުރަން ޑައުން ޕޭމަންޓް ދައްކަން ދަނީ އަންގަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރި ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދީ މިދިޔަ މަހު ވަނީ އެ ތަންތަން ހަވާލުކުރަން ފަށައިފަ އެވެ. މިހާރު އޭގެ ބައެއް ފްލެޓްތަކުގައި އާއިލާތައް ދިރިއުޅެމުން ވެސް އެބަދެ އެވެ.
ޒަކާތު ހައުސް ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އިދާރާއެއް އުފެއްދެވުމަށްފަހު އެ އިދާރާއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
01 November 2025
ޒަކާތު ފައިސާގެ ނާޖާއިޒު ފައިދާ ނަގަން ތި މަސައްކަތް ކުރަނީ......
ށައަތުދަރި
31 October 2025
ފަގީރެއްތޯ ދަރިފުޅު ވެސް… ދައްކަވާ ފައިސާ ޒަކާތުން .
ކަތްދައްތަ
30 October 2025
ފަގީރަކީ ކާކުތޯއެވެ؟ ރައީސުން ދައުލަތުގެ ވަޒީރުން މަޖިލިސް މެންބަރުން ފަނޑިޔާރުން މާފަގީރެވެ. އެމީހުން ކޮރްޝަން ހިންގައި މަގާމުގެ ނުފޫޒު ބޭނުންކުރަނީ ދެކޮޅު ނުޖެހިގެނެއް ނޫނެވެ. ވީމާ ނުފުރޭ މީހުންނަށް ތިޔަވެސް ދޭށެވެ.
އޮނަރަބްލް އަފީފު ދީދީ
30 October 2025
ދައުލަތްދަރަނިކޮށް ބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ހަދާ ސޯޝަލް ހައުސިންގް ފުލެޓް ދިނުމުގައި "ވަކިރަށެއްގެ މީހުންގެ ކަށިމައްޗަށް ޕޮއިންޓް ދީގެން" ތިޔަ ޖަރީމާ ނުހިންގާ ތިފައިސާއަށް ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، އަދި އައްޑޫގައި ތަރައްޤީކުރޭ.
އެކަލޯ
30 October 2025
ފަގީރުން ޕްލެޓްތަކުގެ ކުލި ދައްކާނީ ކިހިނެތް، ޒަކާތު ފަންޱުންތޯ؟
އޮނަރަބްލް އަފީފު ދީދީ
30 October 2025
ފީފާ ވޯލްޑްކަޕް ފުޓްބޯޅަމުބާރާތާއި ޕްރިމިއަރ ލީޤް ފައިނަލް މެޗް އަދި ޔޫރޯ ބަލާލަން ދާން ބޭނުން ވަރަށް ގިނަ ފަޤީރުން ވެސް ކ.އަތޮޅު މާލޭގައި އެބަތިބި. ކ.މާލޭގެ ވާހަކަ ބުނާން މިޖެހުނީ ޒަކާތު ފައިސާއިން (ޒަކާތު ފަންޑޭ، ބެނިފިޝަރީ އެކައުންޓޭ ކިޔަސް ފައިސާ އަކީ ޒަކާތަށް ލިބުނު ފައިސާ) ފުލެޓަށް ފައިސާދައްކާދެނީ ހަމަ އެކަނި ކ.މާލެ ސަރަޙައްދުގެ ފުލެޓްތަކަށް ކަމުގައިވާތީ. ވީމާ ފަޤީރުންނަށް މެޗްބަލަން ދެވޭނެ އިންތިޒާމް ވަޒީރު ހަމަޖައްސަވާނެކަމަށް ހީކުރަން.
މަގެއުސޫލު
30 October 2025
ސަހީމު ބޭނުން މީހަކަށް އުސޫލުން ބޭރުން ދޭންޖެހޭ ފަންޑެއް ދޯތީ، އަމިއްލަގޯތީގަ ގުރުއާން ކިލާސްހަދަންވެސް ނޭފަރު ސެއިހަކަށް މިލިއަނެއް ދީފި، ދެންޑައުން ޕޭމަންޓު 25ހާސް ނުދެއްކޭމީހުން ކިހިނެއް ތިޔަ ފުލެޓްތަކށް 9000 ރ ދައްކާނީ، ހަމަޖެހޭ އެއްކަމެއްވެސް މިސަރުކާރުން އެބަކުރޭތަ
ބުރަތޭރީ
30 October 2025
ޒަކާތު ފައިސާ ބޭނުންކުރަން ރަނގަޅު ގޮތެއްނޫން. ފްލެޓް ލިބުނު އެހެންމީހުންނަށް ވެވޭ ބޭއިންސާފެއް.
އެދުރު1
30 October 2025
ތިޔަ ކަންތައް ކުރާ ގޮތުން ފޭކް ލިޔުން ހުށައަޅައިގެން ނަމަވެސް ފަޤީރުންގެ ދަފްތަރުގައި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ .
ކީއްވެހޭ ނިވާވަމުން އެހަނދު ފިލީ
30 October 2025
އަޅުގަނޑުގެ ދަރި ފަގީރުކަމުން ފައިސާ ހޯދަން ސްމަގުލް ކުރަނިކޮށް ފަޅާއަރައިގެން ވަނީ ޖޫރިމަނާކޮށްފަ. އަޅުގަނޑުގެ ދަރީގެ ޖޫރިމަނާ ޒަކާތު ފަންޑުން ހަމަޖައްސާލަ ދެއްވިދާނެ ތޯ؟