އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ..-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އޮކްޓޯބަރ 2025 - 15:17
ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ކަންކަމަށް ދަތިވާ މީހުންނަށް އެހީ ހޯދުމުގައި ބޭނުންކުރާނެ ކާޑެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުކަމުގައި ތިބި މީހުން ތަނަވަސް ހާލަތަކަށް ގެނައުމަކީ އެ އިދާރާގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށާއި އެހެންވެ ފަގީރުންނަށް ހާއްސަކޮށް ބެނެފިޝަރީ ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކާޑު ތައާރަފު ކުރުމުން، އާސަންދައިން ކަވަރުނުކުރާ ސިއްހީ ހިދުމަތްތައް ޒަކާތު ފަންޑުން ލިބޭނެ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.
އޭގެ އިތުރުން ރޯދަ މަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް އެ ކާޑު މެދުވެރިކޮށް ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭނެ ކަމަށް ޒަކާތު ހައުސްގެ ބަޔާނުގައި ބުންޏެވެ.
މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.
ޒަކާތު ހައުސް ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އިދާރާއެއް އުފެއްދެވުމަށް ފަހު އެ އިދާރާއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވެސް ނިންމައިފަ އެވެ.
މިއަދު ޒަކާތު ހައުސްއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށް ފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި މީހުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއުޅެނީ
02 November 2025
މީވައްތަރެއްގެ ސުކޭމެއް ވަކިބަޔެއްގެ ޑައުންޕޭމަންޓު ދައްކަންޖަހާ ޗައްކަރަކާ ހާދަވައްތަރޭ
ތުއްތަބެ
01 November 2025
އަޅެ ދޭބަލަ ފަގީރުން ހޯދަން މަގުތަކަށް، އެމީހުން އަތުގަ ނޯވޭ ސްމާޓް ފޯން އިންޓަނެޓް، ތިދައްކާ ވާހަކަ އެމީހުންނަކަށް ނޭގޭ އަދި އެމީހުންނަށް މިކަން މިހެން އޮތްކަން ކިޔާލަދޭނެ މީހަކުވެސް ނުހުރޭ، އެއީ އެމީހުންގެ ފަރާތުން އެއްވެސް އެހީއެއް އެހެން މީހަކަށް ނުލިބޭތީ، ނިކަން މިކަންތަށް ބަލާ ހިންގާލަދީބަލަ. އަސްލު ތި ހައްގުވާ ފަގީރުންނަކީ އެއީ، ހަބަރުތަށް އެމީހުންނަށް ނުލިބޭ.
ނިލާމްބެ
31 October 2025
ހާދަ ފަގީރު ކުއްޖެއް ތީ
ޗ×ޒދޗޒ×ވ
30 October 2025
އިސްލާމްދީނުގެ ރުކުނެއްގެ ގޮތުގައި ޒަކާތް ލެއްވި އަރަހުށި މާތްﷲއަށް ޙަމްދާ ޝުކުރު ހުރި. ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖަކީ އިންސާނާއަށް ހާދަހާ ބޮޑު މަންފާ ލިބޭ އަޅުކަންތަކެކެވެ.
ބަރުބާދު.
30 October 2025
ސަލާމު ޖަހާ މީހުން ވެސް އެކާޑު ގެން ގުޅޭނެ އުޞޫލެއް ހަމަޖައްސަން ޖެހޭ؟ އަދި ކާޑު ނެތި ސަލާން ނުޖެހޭނެ ގޮތެއް ހަދަން ޖެހޭ
އަލިކާ ދިއްދޫ
30 October 2025
އާއްމުކޮއް ކާޑުހައްދާ ޓެގުއަޅުވަންވީ ދައުލަތް ލޫޓްވާލާ ދައްކައްޖެހޭ ޓެކުސްތަކާއި ޖޫރިމަނާ ނުދައްކާތިބި ނަމުން މުއްސަނދި އިއްޒަތްތެރި ފަގީރު ސޭޓުންނާއި މެންބަރުންނަށެވެ. ނިކަމެތި ރައްޔިތުމީހާ ފަލީހައްނުކޮއް އޭނަގެ ހައްގުމިންވަރުން އޭނަޔައްދޭށެވެ. ފުދިއިތުރުކޮއް އުފާވެރި ދިރިއުޅުމެއް އުޅޭނެކައް ކަށަވަރެވެ.