ފިނޭންސް މިނިސްޓަރު ޒަމީރު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވަނީ.---ފޮޓޯ: މަޖިލިސް
30 އޮކްޓޯބަރ 2025 - 15:20
ދަރަންޏާއި ބަޖެޓް ޑެފިސިޓަށް އަންނަ އަހަރު 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަމުން މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިން ހޯދަންޖެހޭ އަދަދު ވަރަށް ބޮޑު ކަމަށެވެ.
"އަންނަ އަހަރު އޭޕްރީލް މަހު އެކީ އެއްފަހަރާ އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރު ދައްކާ ހަލާސްކުރަންޖެހޭ ބިޔަ ޒިންމާ އަށް، މިނިސްޓަ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި ކުރިމަތިލާއިރު، އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުން،" އޭނާ ވިދާޅުވި އެވެ.
ބަޖެޓް ފައިނޭންސިންގެ ތެރޭގައި ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފޮތް.---ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރު އެ ފައިނޭންސިންގެ އަދަދު ހޯދަން ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގަ އާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ފައިނޭންސިންގެ ގޮތުގައި 14 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅަފައިވީ ނަމަވެސް، ބޭރުން ހޯދަން ކަނޑައަޅާފައިވާ އަދަދުތައް ލިބިފައެއް ނުވެ އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، އިތުރަށް ދަރަނިވެރި ނުވެ، ވިސްނުންތެރިކަމާ އެކު، ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައި ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މިއަދު ހުށަހަޅުއްވަނީ.--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ. އަދި ރިފައިނޭންސް ކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން 450 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) ހޯދާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ދަރަނި ދެއްކުމަށް 4.2 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ބޭނުންކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިކޮނޮމިސްޓު
31 October 2025
26.3 ބިލިޔަން ދިވެހި ދައުލަތުން އިތުރަށް ދަރަންޏަށް ހޯދުމަކީ މިހާރު ދުނިޔޭގެ ހާލަތު ހުރިގޮތުން މުސްތަހީލު ކަމެއް. ޙުވާ ކޮށްފަ މި ބުނަނީ ދިވެހިންނޭ އަހަރެމެންނަށް ލަންކާއަށް ވީގޮތްވާނެ! ޙޭ އަރަން އުޅޭ!
އަފްރާސިޔާބު
31 October 2025
ތިޔަ ފައިސާ ހޯދާނެ މޮޅުގޮތެއް މަބުނެފާނަން. ޓީ.ޖީ.އެސް.ޓީ %20 އަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތިގައި މިހާރު ނަގާވަރަށްވުރެ 30 ޑޮލަރު އިތުރު ކޮށް އަދި ގްރީން ޓެކްސްވެސް މިހާރު ނަގާވަރުގެ އަދަދަށް 15 ޑޮލަރު އިތުރުކޮށް ޖީ.އެސް.ޓީ%16 ބޮޑުކޮށްލަނިކޮށް އާމްދަނީ އިތުރު ވެދާނެ. މިހާރު ބޮޑު ކޮށްގެން އަންނަ އަހަރަށް ފެށޭވަރުވާނީ.
ފިނި ފަތިހު ފިނީ އެކަނިން. ދުންފިނީ ތެރޭން ދަނިކޮށް
30 October 2025
ރަނގަޅު ދެން. އާމްދަނީ އިތުރުކުރަން ކަމެއް ކުރާނަމަތާ ޖީއެސްޓީ ބޮޑުކޮށްގެންވެސް ތިޔަ ލާރި ލިބުނީހީ. ދިވެހިންވެސް ނޫޅޭ ހަރަދު ކުޑަކުރާކަށް. އައިފޯނާ، ބޮޑު ސައިކަލާ، ކޮފީއާ މޭކަޕުގަ އުޅެނީ. މަށަށް ފެންނަނީ ޖީއެސްޓީވެސް ފަނަރަ ޕަސަންޓަށް ހިއްލާލަން. އޭރަށް އިސާހިތަކު ތިޔަ ފައިނޭންސިން ހޯދަން ދުވަންނުޖެހި ރާއްޖޭގެ އެތެރެއިން ތިޔަ ކަން ހަމަޖައްސާލެވޭނެ. އާސަންދައިން ބޭސް ކުރަން ދުބާއީއަށާ ތައިލޭންޑަށް ދިޔުންވެސް މެދުކަނޑާލަންވީ.ފަޅު ގޯތިން ފީ ނަގަންވީ
އަފްރާސިޔާބު
31 October 2025
ގޯތި ފަޅަށް އޮންނަނީ ގެހަދާނެ ލާރި ނުލިބޭތީ. ރަގަޅުވާނެ ދިރިއުޅުމަށް ދީފައިވާ ގޯތީގައި ގުދަން ހަދައިގެން އުޅޭ މީހުންނާއި އިމާރާތްކޮށްފައި އެތަނުގައި ދިރިނޫޅެ ކުއްޔަށް ދީފައި ރާއްޖޭންބޭރުގައި ދިރިއުޅޭ ފަރާތްތަކުން %50 ޓެކްސް އެއްނެގުން. ހުސްކޮށް އޮންނަ ތަން ސަރުކާރުން ލޯނުދީގެން ބުރިބުރިއަށް ހެއްދުން.
އަހަންދޭ
30 October 2025
ކާކުހޭ ދެނީ ކްރެޑިޓް ރޭޓިންގ ޖަންކްގައި އޮތްތަކާކަށް ފައިނޭންސިންގ އިންސްޓިއުޓް ތަކުން ބަލާވެސް ނުލާނެ، ޔާމީން ބަޖެޓް މެނޭޖްކުރިއަށް ޕީއެންސީއަކަށް ނުވާނެ ނުވެސް އިންގޭނެ، ވ ސަލާމް
ބަޖެޓު2026
30 October 2025
ބަޖެޓުން ތަންކޮޅެއް ނައްޓާލައިގެން ވިޔަސް މާލޭގެ ޓެކްސީ ހިދުމަތް ރަގަނޅު ކުރަން އެބަޖެހޭ
ރައްޔިތު
30 October 2025
މީނުރައްކާ ކަމެއް. 9 ބިލިޔަންގެ ސުކޫކު ދައްކަން 12 ބިލިޔަން ސުކޫކު ވިއްކާފަ އަދި 8 ބިލިޔަން ލޯނު ނެގީމާ ތި ހެދެނީ ބޮޑު ގޯހެއް. ސާއިދު ކަހަލަ ކުޑަ ކުއްޖަކު ޓީ އެކައުންޓު އުސޫލުން ދައުލަތުގެ ބަޖެޓު ހެދީމާ ރައްޔިތުން ވަނީ ފަގީރު. ރުފިޔާގެ އަގު ވެއްޓިއްޖެ. ލޯނު ވަނީ ގިނަ.
ފޫހި
30 October 2025
ދެލޯފުޅާ އަދިވެސް ސިޔާސީ މަގާމާ އަދި ހުރިހާ ނޫސް ތަކައް ފައިސާދީ އެހެޔޮ މަހުޖަނުންހިންގާ މީޑިޔާކަމުގާވިޔަސް. މިގައުމުގާ އެންމެ ފަގީރުވާ ނީ މަހުޖަނުން
ރަދީފްއޮފިޝަލް / ބަޖެޓް 2026
30 October 2025
ރައްޔަތުންގެ ސައިކަލްގަނޑަށް ގޯނާކުރީމަ ތިޔާ އަދަދުގެ މިންވަރެއް ލިބިދާނެ.ލަދު ކޮބާ؟
ޒަކާތު ކާނާ
30 October 2025
މާތް ކަލާނގެޔާ ވަކީލު
ސަަސި
30 October 2025
ދެން އޭރުގަ ލިބުނު ކަމަށްބުނާ ފެހި ސިގްނަލްތަކާއި، އެކުވެރި ގައުމުތަކުގެ ހުރިހާ އެހީއެއް އެއްކޮށްލީމެ ތީގެ 3 ގުނަ ހޯދުން އެއީ ހަމަ ވަރަށް ކުޑަކަމެއް ދޯ