މ. ބޮޑުގެ ސަރަހައްދުގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުން. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
30 އޮކްޓޯބަރ 2025 - 19:54
މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް އިމާރާތްކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
'މަސްޖިދުއް ދައުވާ' ގެ ނަމުން ނަން ދިނުމަށް ހަމަޖެހިފައިވާ 1،250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ކުރާ ޒަމާނީ މިސްކިތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަހިވާ ގޮތަށް އަދި ގިނަ ވަސީލަތްތަކެއް ހިމެނޭ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުލޫއު ކުރާ ސަރަޙައްދު އަދި ފާހާނާބަރި، ދެވަނަ ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދުކުރާ ބައި، އިއުތިކާފް ސަރަހައްދު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީ ވެސް ނަމާދު ކުރެވޭ ގޮތަށް ހަދާ ތަނެކެވެ.
މ. ބޮޑުގެ ސަރަހައްދުގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުން. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މިސްކިތް ބިނާކުރާ މި ބިމަކީ ކުރީގައި ވެސް ތައުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ ތަނެއް ކަން އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފާހަގަކުރެއްވި އެވެ.
"މި މަޝްރޫއު ވެސް ކުރިއަށް ދަނީ މިގޮތުގެ މަތިން އަޅުކަމާއި ތައުލީމާއި އިޖުތިމާއީ އެކި ހަރަކާތްތައް ވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މިސްކިތުގެ މި މަޝްރޫއުއަކީ އަމިއްލަ ފަރާތްތަކަކުން ހަރަދުކުރާ މަޝްރޫއެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. މިިގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވުމުގެ އިތުރުން، ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާ
31 October 2025
ދީނަށް ވުރެ ސަގާފަތް ނޫނީ ދިވެހި ތާރީހު އިސްނުކޮށް ކުރީ ޒަމާނުގެ ގިބުލަ ދިމާނުވާ އަދި ބޮޑުތަނުން ސަފު ރޫޅޭ ގޮތަށް އަޅާފަ ހުރި މިސްކިތްތައް އުވާލާ އެތަންތާ ރަގަޅަށް މިސްކިތް އިމާރާތް ކުރަންޖެހޭ. އީދު މިސްކިތް ބިހުރޯޒު މިސްކިތް ފަދަ ތަންތަން ތަޅާލާފަ އެތާ ސަފުނުކެނޑޭ ޖަމާއަތް ހެދޭ މިސްކިތް އަޅަންޖެހޭ. ކާބަފައިންގެ އެމަސައްކަތްތައް ދާރުލް އާސާރަށް ލެވިދާނެ.
އިހްސާސް
31 October 2025
ފުށުނާރާ ކަމަށް ވަންޏާ ދީނާއި ސަގަފާތް ދެބައިވެސް އެކީގައި ނުގެންދެވެންވީ ސަބަބެއް ނުވިސްނޭ! ޢަހަރެމެންގެ ކާބަފައިން ނަމާދުކަށް އަޅުކަންކުރަން ކުރަން ބޭނުންކުރި ތަންތަން އަހަރެމެންގެ ދަރިފަސްކޮޅަށް ދައްކާލުމަށް ބެހެއްޓުމަކީވެސް ހަމަ މުހިންމުކަމެއް!
ސިއްތިމާވާ
31 October 2025
އީދު މިސްކިތާ ހުކުރުމިސްކިތް ފަދަ ތަންތަން ތަޅާލާކަށް ނުޖެހޭނެ! ކާބަފައިންގެ އަގުނުކުރެވޭވަރުގެ ބޮޑެތި މަސައްކަތް އެއީ! އެކަމަކު އެމިސްކިތްތަކަކީ ރޫޅާ ރޭވޭގޮތަށް ހުރިތަންތަން! އަލުން ރޫޅާ ގިބުލައަށް ސީދާކުރެވިދާނެ! އެކަމަކު އެއީ ކުޑަކަމެއްނޫން!
ަެފަދސފގގ
01 November 2025
ކީރިތި ޤުރުއާނުގައި ޤިބްލައާ ބެހޭގޮތުން އައިސްފައިވާ އާޔަތުގައިވަނީ މަސްޖިދުލްޙަރާމާވީ ދިމާއަށް ކުރިމަތި ލުމަށް... ރާއްޖޭގައި ހުރި އިހުގެ މިސްކިތްތަށް ހުރީ ރަނގަޅަށް. މިޒަމާނުގައި އަޅާ މިސްކިތްތައް ވެސް ފަސް ސަކޭތަ ހަސްތޭކަ އަހަރު ފަހުން ހުންނާނީ ޤިބްލަ ކަތިވެފައި، އެއީ ޖިއޮޤްރަފީގޮތުން އަންނަ ބަދަލުތަކުންވާ ކަމެއް. ނަމާދު ރަނގަޅުވާނެ ގެފުޅާވީ ދިމާލަށް އެނބުރުނީމަ. ދީނީކަންކަން ނޭނގުމަކީ ދެރަކަމެއް
raajje
31 October 2025
150 މީހުންގެޖާގަވީމާ ކޮންފަރެންސް ހޯލު މާކުޑަ، އެޓްލީސްޓް 1000 މީހުންގެ ޖާގައިގެ ކޮންފަރެންސްހޯލެއް ހިމެނީމާ މިޒަމާނަށް ޒަމާނީވާނީދޯ، 150 މީހުނަށްވުރެން ގިނައިން މިހާރު ހޮޓަލަކަށްވެސް މީހުންއެއްފަހަރާ ވަންނާނެދޯ
އ އަހްމަދު
30 October 2025
ވެންޒާ ކޮންޕެނީ މީކޮންބޭފުޅެއްގެ އަދި މިސްކިތްބިނާކުރުމުގެ ނުވަތަ މިދާއިރާގަ ކިހާތަޖުރިބާއެއްހުރި ބައެއްތޯ؟
މަ ބުނީ
31 October 2025
ވެއްޒާ ކޮމްޕެނީގެ ތަޖުރިބާއެކީ މިހާރުވެސް ފަތުއަޑުކިޔާފައި ދަޢުލަތުގެ އެތަށް ބިލިޔަން ރުފިޔާގެ ބިޔައެތަށް މަސައްކަތެއްކުރާ ކުންފުނީގެ ދަރިއެކެވެ. މީ ހިކުމަތެއްކަމަށް ހީވިއަސް ހެޔޮތާއެވެ.
އަބޫ
30 October 2025
ޕާރކިގ ނުލާދޯ , އެކަމާމެދު އިމާރާތްކުރުމުގެ ކުރިންވިސްނާކަށްނުވޭތަ. .
އާއެކޭ
31 October 2025
މިހާރު ހުރި ވަގުތީ މިސްކިތުގައި ޕާކިން އަދި ފައިވާން ބޫޓު ބަހައްޓާލަން ޖާގަހުރީމަ ހާދަހާ ފަސޭހައޭ.
ނިކުރީމާ
31 October 2025
ޕާކިން ލާނެކަމެއްނެތް! މިސްކިތަށް އަރާއިރަށް ސައިކު ޓޯކުނުކުރެވިއްޖެއްޔާ ސައުލަތް ހަނާވާނެ. ރައްޔިތުން ފެލަން އޮތް ވަސީލަތް ތަކަކީ މިސްކިތްތަކާ ހޮސްޕިޓަލުތަށް ކައިރީ ޕާކުކުރާ ވެހިކަލްތައް.
ކުރި
30 October 2025
ލޯކަލް ކައުންސިލް ބޯމަތިވެއްޖެ ކަމުގެ އިހްސާސް އެބަކުރެވޭ.
ތެދެއް ދޯ
30 October 2025
ކީއްވެތޯ އެންމެ ބައިބޯ މާލެ ސަރަހައްދުގައި ޖާގަ ކުޑަ މިސްކިތް އަޅަނީ.
މަޒާޖީ
31 October 2025
ޖުމްލަ ކިތަށް މިސްކިތްއެބަހުރިބާ؟
އިވެ
30 October 2025
ކޮންމެ ކަމަކަށް ހަފްލާއެއް ބާއްވަން ޖެހޭތަ؟
ޕނސ ން
31 October 2025
ތިއީ އަދި ކުދިކުދި ކަންކަމެއްނު. އަހަރެމެން އޮންނާނެ ވެލާނާ އާ ޓާމިނަލަށް ފެންހޮޅިއެއް ގުޅުމުގެ ރަސްމިއްޔާތެއްވެސް ބާއްވާލާފަ ފެންވަރުގައި. ދެނޯ