ޕީއެންއެފް އުފެއްދުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ކުރީގެ ރައީސް ޔާމީން ވޯޓު ލައްވަނީ.--- ފޮޓޯ: ޕީއެންއެފް
31 އޮކްޓޯބަރ 2025 - 06:29
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ދެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ރޭ ހޮވިވަޑައިގެންފި އެވެ.
އެ ތިން މަގާމަށް ވެސް އިތުރު އެއްވެސް މެމްބަރަކު ކުރިމަތިލާފައި ނުވުމުން، އެ ބޭފުޅުން އެ މަގާމުތަކަށް ހޮވިވެވަޑައިގެންފައިވާކަން، ޕީއެންއެފް އުފެއްދުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އިއުލާނުކުރި އެވެ..
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޮވިވަޑައިގެންފައިވަނީ ވެސް އިތުރު މެމްބަރަކު ކުރިމަތިނުލާތީ، އިންތިހާބަކާ ނުލަ އެވެ.
ޕީއެންއެފްގެ ޓްރެޝަރާގެ މަގާމަށް އަހުމަދު މުސްތަފާ މުހައްމަދު އަދި ރަޖިސްޓްރާއަކަށް އަލީ ޝިޔާން ނާޝިދު ރޭ ވަނީ އިންތިހާބުކޮށްފަ އެވެ.
ޕީއެންއެފް އުފެއްދުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ކުރީގެ ރައީސް ޔާމީން.---ފޮޓޯ: ޕީއެންއެފް
މީގެ އިތުރުން، ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ވެސް ރޭ ކޮންގްރެސްގައި އިންތިހާބުކުރި އެވެ. އެއީ:
1. އާދަމް އާސިފް
2. އަހުމަދު ފަޔާޒް އަލީ (ޕާޕާ)
3. އަބްދުﷲ ސަމަދު
4. ޝަރީފާ ސައީދު
5. ހަލީމަތު ޒުހައިރާ
6. އަލީ ޝާހް
7. ނާއިފް ޝައުކަތު
8. ފާތިމަތު ރަހްމާ
9. މުހައްމަދު އަބްދުއްލަތީފް
10. އަދްލީ އިސްމާއިލް
11. އަބްދުﷲ ސަހީލް ޖަލީލް
12. މުހައްމަދު މައިޒަރު އަހުމަދު ޒާހިރު
13. ޑރ. އަބްދުﷲ އިބްރާހިމް
14. އައިޝަތު ހަފީޒް
ޕީއެންއެފްގެ ސެނެޓަށް ނުވަތަ އެ ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލްގެ އިންތިހާބަށް 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ޕީއެންއެފަކީ ޔާމީނު އިސްވެ ހުންނަވައި، އުފެއްދި ޕީޕީއެމާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީ އެކުވެގެން މިދިޔަ ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީ އަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ބަލީ
31 October 2025
ޔާމީން ޕާޓީ ގެ ރައީސަކަށް ޔާމީނު ހޮވުނީމަ އަހަރަމެން ހައިރާނެއްނުވެއެވެ.
އަހުމަދު މުހައްްމަދު
31 October 2025
ޕާޓީ އަކީ ޕާޓީ ހަދާ މީހާގެ މިލްކެއް ؟ އަބަދު ވެސް ފެންނަނީ އާއިލާ މީހުންގެ ބާރު ގަދަ ނުވެގެން އުޅޭތަން ދެއް ތޯ ؟
ފާރިހަތު ޖަމީލް
31 October 2025
މިޕާޓީގެ ސެނެޓަށް ނޫރުﷲ ސަޢީދުމެންފަދަ ސްޓްރެޓެޖިކް ވިސްނުން ހުންނަ ޤާބިލު ބޭފުޅުން ކުރިމަތިލެއްވީމައި ނާއިފް ޝައުކަތުމެންކަހަލަ މީހުން ހޮވުމަކީ ޕާޓީގެ ގްރާސްރޫޓުގެ ވިސްނުން ދައްކުވައިދޭ ކަމެއް. މިކަހަލަ ކަންކަން އެމްޑީޕީއާއި ޕީއެންސީގައިވެސް ކުރިމަތިވޭ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ޖެހިޖެހިގެން 2 ދައުރު ކާމިޔާބުނުވަނީ މިފަދަ މައްސަލަތަކާހެދީ. ޤާބިލުމީހުން ކުރިމަތިލީމަ އެމީހުން ބަލައިނުގަތުމުގެ ސިފަ ދިވެހީންގެ ކިބައިގައި ވަރަށް ބޮޑު.
ޖިބްރީލް އަމީން
31 October 2025
ތީ އާއިލީ ވެރިކަމެއް އާއިލީ ޕާޓީއެއް. 2 ނައިބުން ލައިގެން ތަޅާ ފޮޅުންގަނޑު ބޮޑުވެ ޔާމީނަށް ޖެހޭނީ ޖަމީލު މަގުމަތި ކުރަން. ޖަމީލު ޔާމީނަށް ގޮވި އެއްޗިހީގެ ރަހަ ދައްކުވާނެ. ޔާމީނަކީ ބަދަލު ހިފާނެ މީހެއް. ޔާމީން އާޖު ފާޖު އެނގޭތީވެ މި ބުނަނީ ތީ ޖަމީލުގެ ނިމުމޭ...
ޢެންޑް
31 October 2025
ޖަމީލު އާއި މަލީހު ގެ ފަރާތުނަ ބޭނުންވާ 2000 ފޯމުގަ ސޮއިލިބި ޕާރޓީ އެއް ރެޖިސްޓާ ވެއްޖެ. ބޭނުން ފުދިއްޖެ.
ޖިބަރާލާ
31 October 2025
ފިތުނަ ކީއްވެ އުފައްދަނީ! ވާ އެއްޗެއް ވެދާނެ ނު
ހުމާ
31 October 2025
ހައުޑިޑް ދިސް ހެޕަން. އައި އޭމް ސަޕްރައިޒްޑް
ޓައިގަރު ޒިންދާހޭ
31 October 2025
ވަރަށް ކޮންފިޑެންސާއެކު ދޮއްތޯ؟ މުއިޒް ކޯޓްތަކަށް އިބްރާހިމް ހެދިހެން ނަހަދާނެ!
ބަޓަފުލައި
31 October 2025
އެފައިސާ މިފައިސާ ތިފައިސާ ކެންޕޭނު ފައިސާ ހެޔޮއެދޭ ފައިސާ. ފައިސާ ފައިސާ.
ކަބަޑު
31 October 2025
ކޮބާ މީނައަށް ހުކުން ނީއްވާތަ އަދިވެސް.
ކަރީމު
31 October 2025
މިރާއްޖެ މިމީހުންގެ ކިބައިން ސަލާމަތްވާން ޖެހޭ، ވަކި ތިންހަތަތު ފަސް އާއިލާޔަކަށް މުޅިގައުމު ބިނާވީމާ ގައުމުގައި އިތުރުވީ ދަރަނި ހަލާކުވީ ޒުވާންޖީލް، ކުރިއަރާ އާސްމާނުގައި ޖެހުނީ އެމީހުންގެ ގޭގެ.
މަބުނީ
31 October 2025
މިހާރު ތިންހަތަރު ފަސް އާއިލާ. މީގެ ފަނަރަވަރަކށް އަހަރު ކުރިން 1 އާއިލާ.. ދެން އަނެއްކާ ކަރީމު ހިއްޕުޅާ ވާ ބޭކަލަކަށް ދިނީމަ 6 އާއިލާ.. މިއީ ނިމުމެއް ނެތްކަމެއްތާ ދޯ؟
ޒަމީރާާ
31 October 2025
މިވެށީގެ ފަޚުރާއި ޝަރަފޭ ވިދާ ބަބުޅަނީ. ދިވެހީން އެދޭހާ ތަރައްޤީ ޔަގީން ވާން ފެށީ . އަހަރެން ފަޚުރުވެރިވަމޭ ތިޔަ ރައީސަށްޓަކާ. # ޔާމީން 2028