ހޯރަފުށީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބޫ އަށް ރޭ އަރުވަނީ.---ފޮޓޯ: އެމްޑީޕީ
31 އޮކްޓޯބަރ 2025 - 07:53
ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރޭ އަރުވައިފި އެވެ.
"ހޯރަފުށި ދުވަސް" ފާހަގަކުރަން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި "ސިރީނަވަރަންނަ އައްޑަނަ" ކުރީގެ ރައީސް އިބޫއާ ހަވާލު ކޮށްދެއްވީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
ރޭގެ ޖަލްސާގައި އިއްވި ގޮތުން ނަމަ އެއް ވެރިކަމެއްގެ ފަސް އަހަރުގެ މުއްދަތުގައި އެއް ރަށަކަށް "މިލިއަން މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތައް" ފަހިވި ހަމައެކަނި ރަށަކީ ހޯރަފުއްޓެވެ. އެ ގޮތުން އިބޫގެ ވެރިކަމުގައި އެ ރަށަށް ބިޔަ 16 މަޝްރޫއެއް ފަހިވިކަން ރޭ އިއުލާން ކުރި އެވެ.
ސިރީނަވަރަންނަ އެވޯޑަކީ "ހޯރަފުށި ދުވަސް" ޖަލްސާގެ އެންމެ ޝަރަފުވެރި އެވޯޑު ވެސް މެ އެވެ. އެ އެވޯޑް ރަމްޒު ކޮށްދެނީ ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި އިއުލާންކުރި އެވެ.
ހޯރަފުށީގެ ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި ގޮތުގައި، އެ ރަށުގެ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސް އިބޫ އެވެ. އޭނާ ވިދާޅުވީ، ހޯރަފުށީގެ "ހަގީގީ ކިންގް" އަކީ ވެސް އިބޫ ކަމަށެވެ.
"މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ، ކުރިއަރައިގެން. ވަޒީފާގެ ދޮރުކޮޅުތައް އިންތިހާ އަށް ހުޅުވެމުން. ތަރައްގީ އާއި ތަމައްދުންގައި އަޅުގަނޑުމެންގެ ރަށް ދިޔައީ ރޯޝަންވެ، އުޖާލާވަމުން،" އިބޫ އަށް ތައުރީފު އޮއްސާލައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި އެވެ.
"ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް. މަނިކުފާނުގެ ވެރިކަމުގައި އެތައް ސަތޭކަ، އެތައް މިލިއަން، ބިލިއަން ރުފިޔާގެ 16 މަޝްރޫއަށް ވުރެ ގިނަ ޕްރޮޖެކްޓް އެ ފަސް އަހަރު ދުވަހުގެ ތެރޭގައި މަނިކުފާނު މި ހޯރަފުއްޓަށް ފަހިކޮށްދެއްވިއޭ އިނގޭތޯ."
ހޯރަފުށީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބޫ އަށް އެރުވުމަށް ފަހު، ކުރީގެ މެމްބަރު ސަލީމާއި ކައުންސިލްގެ ރައީސް ވަހީދު އަދި އެހެނިހެން ކައުންސިލަރުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޑީޕީ
ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯރަފުއްޓަށް ބޮޑެތި ތަރައްގީތަކެއް ފަހިވީ، ސަރުކާރުގައި މަސައްކަތް ކުރި ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަން ފާހަގަކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތުން މި ޝަރަފު ހަައްގުވަނީ އެ ހުރިހާ ބޭފުޅުންނަށާ އެކީގައި. އަދި ހާއްސަކޮށް ހޯރަފުއްޓަށް ތަރައްގީ ގެނައުމަށްޓަކައި މި ރަށުގެ ދަރިއެއް ކަމަށްވާ، އޭރު ތިޔަބޭފުޅުން ރައްޔިތުންގެ މަޖިލިހުގައި ތަމްސީލް ކުރައްވަމުން ގެންދެވި އަހުމަދު ސަލީމް ރެއާއި ދުވާލު އެ ކުރެއްވި މަސައްކަތް އެއީ މި ދެކޭ ތަރައްގީގެ ހަމަގައިމު ވެސް އެއް ދަލީލް،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި ސަލީމް އެ ގޮތުގައި މަސައްކަތް ނުކުރެއްވި ނަމަ އެ ރަށުގެ ރައްޔިތުން ބޭނުންވާ ހަލުވި ސްޕީޑުގައި އެ ތަރައްގީ ނުގެނެވުމަކީ އެކަށީގެންވާ ކަމެކެވެ.
ރޭގެ ހަފުލާގައި ކުރީގެ ރައީސް އިބޫ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ
އިބޫ ވިދާޅުވީ، އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އޭރު އޮތީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ބުރަ މަސައްކަތް ކަމަށެވެ. ދުނިޔެ 21 ވަނަ ގަރުނުގައި އޮތް އިރު، ސާފު ބޯފެން ނުލިބޭ ރަށްރަށް ރާއްޖޭގައި ހުރި ކަމަށާއި ފެނާއި ނަރުދަމާގެ ގާއިމް ކޮށްދޭނެ ކަަމަށް އެ މަނިކުފާނުގެ ސަރުކާރުން ބުނުމުން އެ ކަމަށް ޖޯކު ޖެހި ބަޔަކު ވެސް ތިބި ކަމަށެވެ.
"އެމެރިކާގައި އެބަތިއްބޭ ގާތްގަނޑަކަށް 10 ޕަސެންޓު ވަރު މީހުން ސާފު ބޯފެން ނުލިބޭ. ކީއްކުރަންހޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ދޭންވީ؟ މިއީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ދެއްކެވުނު ވާހަކަ،" ރޭގެ ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ބޭރު ގައުމަކުން ނަމޫނާއެއް ނޫނީ މިސާލެއް ނަގާ ކަމަށް ވަންޏާ ނަގަން ޖެހޭނީ އެ ތަނެއްގައި ރަނގަޅު ކަންތައްތަކަށް ބަލާފައި. އެމެރިކާގައި ތިބި ރައްޔިތުންނަށް ސާފު ބޯފެން ނުލިބުނީމާ އޭގެ މާނައަކީ އަޅުގަނޑުމެން އެކަން ނުކޮށް ތިބެންވީކީއެއް ނޫން. އަޅުގަނޑު މަސައްކަތް ކުރީ އެ ގޮތަށް."
އިބޫ ވިދާޅުވީ، ސާފު ބޯފެނާއި ނަރުދަމާ ގާއިމް ކޮށްދިނުމުގެ މަސައްކަތްތައް ފަށައިގަނެ، މިހާރު ވަރަށް ގިނަ ރަށްރަށަށް އެ ހިދުމަތް ލިބެމުން އަންނަ ކަަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން 2023 ގައި ނުގެއްލި މި ހިސާބަށް އައި ނަމަ މުޅި ރާއްޖެ އަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހޯރަފުއްޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން މީހުންނަށް އެވޯޑު ދިނުމަށް ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯބު
01 November 2025
ހޯރަފުއްޓައް ތަރައްގީ އޮއްސާލި ސަބަބަކީ ނުފޫޒު. ކުޅުދުއްފުށި، ދިއްދޫ ފަދަ ރަށްރަށުގެ ނުކުރެވި ހުރި އެތައްކަމެއް ދޫކޮށްލައިފާ މުޅި ދައުރު ހޯރަފުއްޓައް އަމާޒު ވުމުގެ ފަގަތުގައި ތިބީ ހޯރަފުއްޓާ ގުޅުންހުރި ނުފޫޒު ގަދަ ފަރާތްތައް. ޥަރަށް ބޮޑަށް ބަޔާސްވެފަ އޮތީ. ކުރުގޮތަކަށް ބުނަނީ ނަމަ، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ދިޔައީ ކުރަމުން.
ޤާބިލި23
01 November 2025
އެއަރ ޕޯޓު ނޫނީ ވަކި އިތުރުކަމެއް ނުކުރޭ ސަރުކާރަކުން.. އެއީ ދެން ރެންޑަމްކޮށް ބައެއް ރަށްރަށުގަ ކުރާކަމެއް.. ދެން އިތުރުވެފަ ހުރީ މެންބަރާއި ކައުންސިލި ގުޅިގެން ބޭރުގެ ޤައުމުތަކަށާއި އުއްޗު ފަދަ މަހުޖަނުންނަށް ހުށަހެޅި ޕުރަޕޯސަލްތަކާ ގުޅިގެން ލިބުނު ހިލޭ އެހީއިން ކުރި ކަންކަން.. ސަރުކާރުގެ ލޯ ލާރިއެއްވެސް ނޯންނާނެ އެއަކު.. އެހެން އެމްޕީންގެ ނެތިތާ އެވަރުގެ ޤާބިލުކަމެއް..
ނޯބަލު ޕީސު
31 October 2025
މި އެވޯޑަށް ފަހު ދެން ލިބޭނީ އައިފާ އެވޯޑު
ޑރ ވާންޗޯ
31 October 2025
މިފަހަރު ކާކު ފަންކާ އަނބުރަންއޮތީ؟.
ދެންލަލަލާ
01 November 2025
މި އެޒަމާނެއް ނޫނެއްނު.. މިހާރު ކަރަންޓު ހުރެއޭ.. އޭސީކޮށްހުރީ.. ކަރަންޓު ނެތް ޒަމާނުގަ މެނުއަލްކޮށް ފަންކާ އަނބުރާ ވައިވެސް ޖައްސާފަ އޮތީ.. ކަލޯމެން ކީއްކުރާނި.. ނުހުންނާނެ ތެއކަމެއް ސިކުނޑިއަކި.. ހަމަ ތެޅިތެލި ތިބެންޖެހޭނީ.. ތެޅުނު ވަރަކަށް ހުޅުނބު ދާނީވެސް..
ސަބީލާ
31 October 2025
އިބޫގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ތިހުރިހާ މަޝްރޫއެއް ކުރިއަށް ގެންދިޔަނަމަ އޯކޭ ތި އެވޯޑު ދޭން.
ރެޑިކަލް ހޯރަފުށި
31 October 2025
މިރަށަކީ ރާއްޖޭގެ ނިސްބަތުންވެސް އެންމެ މޮޔަކަންތައް ކުރާ މޮޔަ މީހުން ގިނަ ރަށެއް
ހަސަދަވެރިންއަނދާއަޅިއަށް
01 November 2025
ތިޔަކަހަލަ މޮޔައިންނަށް ހީވާނީ ދެންތިބީ ހުސް މޮޔައިންނޭ…އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީއަށް އަށް ބަލާބަލަ.. މުޅި ރާއްޖޭގެ ލިޓްރަސީ ރޭޓު އެންމެ މަތީ ދެ ރަށުން އެއް ރަށް އެއީ.. ބޭރުގެ ޑިގްރީ ހޯލްޑަރުންވެސް ނިސްބަތުން އެންމެ ގިނަ އެއް ރަށް.. ތިޔަ ހެން މޮޅު ވާހަކަ ދައްކަން ތިއްބާ އެސޮރުމެން އެ ދަނީ އަތު ފަތު ނުޖެހި ކުރިޔަށް.. އަމަލުން ދައްކަނީ.. ބޭކާރު ވާހަކައަކަށް ޖާގައެއް ނެތްކަން
ސަރުކާނު
31 October 2025
ސަލީމްމެންގެ ކޮރަޕްޓްކަން ފެނިގެން ތި ދިޔައީ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
31 October 2025
މީހަކު ނުވަތަ ބަޔަކު ރަނގަޅަށް ކަމެއް ނުވަތަ ކަންތައްތަކެއް ކޮށްދީފައިވާނަމަ އެކަން ފާހަގަކޮށް އެކަމަށް ތައުރީފު ކުރުމަކީ އެއްވެސް ހާލެއްގަ ގޯސްކަމެއް ނޫން. ރައްޔިތުން ވެރިޔަކު ބަލައިގަތުމަކީ އެހެން މީހުންނަށް ކުރެވޭ މަލާމާތެއް ނޫން. ރައްޔިތުންނަށް ކޮށްދޭ ކަންކަން އެހެން މީހުންވެސް ކުރުމަށް މިކަހަލަ ކަންކަމުން ހިތްވަރު ލިބެންޖެހޭ.ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭތޯ އިބޫ ވަރަށް މަސައްކަތް ކުރި. މަރުހަބާ އިބޫ
ޗަޕް
31 October 2025
ހުޅުމާލޭ ގެ ބިންތައް ގާތްމީހުންނަށް ބަހާލުމަށް މަކަރުވެރި ރޭވުންތައް ރޭވި ބާނީ
ހޯރަފުށި މީހާ
31 October 2025
ހޯރަފުއްޓަށް އައީ ތަރައްޤީގެ ފޯވައްސެއް. މިމަސައްކަތުގައި އެންމެއިސްކޮށް އުޅުނީ ސައްލެއާއި، އާޒިމް އަދި އޭރުގެ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީއާއި ޕްރޮޖެކްޓްމެނޭޖަރ ޝަނޫން. މިބޭބޭ ފުޅުންގެ މިންނެތް މަސައްކަތް ހޯރަފުށިން މިހާރު އެފެންނަނީ، އެއާޕޯޓާއި، އެއާޕޯޓު ޖެޓީއާއި، މަގުތައްހެދުމާއި، ޕްރީސްކޫލް ގާއިމްކުރުމާއި، ޖުވެނަލް ޖަސްޓިން އިމާރާތް އެޅުމާއި. ބަނދަރު ހެދުމާއި، ޕިކްނިކް ތިންއައިލެންޑް ހެދުމާއި މިފަދަ އެތައްކަމެއް އޭރު އެއްފަހަރާހިންގި
ބުލް
31 October 2025
އެހެން...އެއާޕޯޓެއް އެޅި.އެވެސް ދިރުވާލީ..ފެންފައިބާ ދިމާތައް ގިނައީ.ތިޔަ އާޒިމާއި، ރަމްޒީ އުޅުނު.ނުވި އެއްކަމެއްވެސް..ރަނގަޅު ކޮއްލެވުނުބާ! ކޮބާ މަލަމަތީ ޖަހަން ހުރި ކްލެޑިން ޝީޓްތައް. އެވެސް .....އއހެރީ ފެންނަންޓިނު ގުދަނެއްހެން..އެއެން ނޫން މަސައްކަތް ޖުރަންޖެހޭނެ ގޮތަކީ..ރަނގަޅަށް ވަގުތުދީގެން ފަރުވާތެރި ކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސައްލެ ތެޅުނީ...ނުނިމިގެން.
ހިޔާލީ އަލީ
31 October 2025
މިވަރުގެ ރައީސެއް މިހާތަނަށް ދިވެހިންނަކަށް ނުލިބޭ، އައްނި ނެތް ނަމަ އަދި މާބޮޑަށް ތަފާތުވިސް، ކޮވިޑަކީ އިބޫއަށް ދިމާވި އަނެއް ބަދު ނަސީބު
ގައުމު ދަރުވާލި ރައީސް
31 October 2025
ތީ މިޤައުމު ދަރވާލި ރައީސް. ބޮޑެތި ލޯނުތަށް ތަޅާ ކޮވިޑުންވެސް ކުރީ.