ހިޔާގެ ޓަވަރުތައް: 8 ވަނަ ޓަވަރުގެ 14 ވަނަ ފްލޯ އިން ޒުވާނަކު ވެއްޓި ވަނީ މަރުވެފައި..-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ނޮވެމްބަރ 2025 - 10:24
ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގެ 14 ވަނަ ފްލޯ އިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 8:30 ހާއިރު ހިޔާގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަތިން ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެމީހާ އެތަނުން ވެއްޓު ސަބަބަކާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްކާ
02 November 2025
އުސް ޓަވަރުތައް ހެދިފަ ހުންނަންވާނީ މިބާވަތުގެ ކަންތަކަށް ރިޔާޔަތްކުރެވި ރައްކާތެރިކަމުގެ މައްޗައް. ޓަވަރުތަކުގެ މަތިން އިންސާނުންވެސް ވެއްޓެނީ ، އަދި ދިރުމެއްނުވާ ތަކެތިވެސް ވެއްޓެނީ. ރައްކާތެރިކަމާމެދު ސުވާލު އުފެދޭ މިވަރުން..
ދަދދ
02 November 2025
މާތް ރަސްކަލާނގެ މައްޔިތާނގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާފާނދޭވެ
60
02 November 2025
ވެއްޖެ
raajje
01 November 2025
ނުވެއްޓޭނެދޯ ފުންމާލާނީ ނޫނީ ކޮންމެވެސްއެހެން މީހެއްގެ ބައެއްގެ ބައިވެރިވުންއޮތްކަމެއްތީ، އެއީ މީހުންވެއްޓޭގޮތަށް ހުންނަތަންތަނެއްނޫން
ވެންގަބޯ
01 November 2025
ތަނެއް ހަދާފައި މީހުން ދިރިއުޅެން ދޭއިރު އެތަނަކީ މީހުންގެ ރައްކާތެރި ކަމަކަށް ކިހާވަރަކަށް ކަމާބެހޭ ފަރާތްތަކުން ބަލާފައިވޭތޯ އަދި މީހުންގެ އަގުބޮޑެތި މުދާތަކަކަށް ގެއްލުން ވަމުން ދާއިރު އަދި މީހުންގެ ފުރާނަ ގެއްލިގެން ދާއިރުވެސް ކަމާބެހޭ ފަރާތްތަކުން އަޅާނުލާ ހުރުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ނޫނީ ނުވާނެ ކިތައްކާރުގެ ވިންޑްސުކުރީން ގޮސްފި ކޮންމެ ޓަވަރެއްގެ ކުރިމަތި އަރާގޮތަށް ސީސީޓީވީގެ ކެމެރާހަރުކުރޭ 16 ޓަވަރުގައި
ވެންގަބޯ
02 November 2025
އޭރުން ސީސީޓީވީގެ ފުޓޭޖް ކަމެއް ދިމާވިޔަސް ބަލާލެވޭނެ މިހާރު ވެއްޓޭ ކޮންމެ މެފަހަރަކު ތިބުނަނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ މީހެއްގެ އިހުމާލުންވެސް ވެއްޓުމަކީ ވެދާނެކަމެއް ޓަވަރުގެ ބެލްކަނި ފެންނަގޮތަށް 1 ސީސީޓީވީ ހަރުކޮށް ދުވަހުން ދުވަހަށް ބަލާ މޮނިޓަރ ކުރުން ވަރަށް މުހިންމެވެ އޭރުން އަމިއްލައަށް ފުންމާލިޔަސް އަދި މީހަަކު ގަދަކަމުން ކޮއްޕާލިއަސް ފެންނަން ހުންނާނެއެވެ މީނުވަނޭ ކަމެއްނޫން 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސަރުކާރަށް
ވެންގަބޯ
02 November 2025
އޭރުން ސީސީޓީވީގެ ފުޓޭޖް ކަމެއް ދިމާވިޔަސް ބަލާލެވޭނެ މިހާރު ވެއްޓޭ ކޮންމެ މެފަހަރަކު ތިބުނަނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ މީހެއްގެ އިހުމާލުންވެސް ވެއްޓުމަކީ ވެދާނެކަމެއް ޓަވަރުގެ ބެލްކަނި ފެންނަގޮތަށް 1 ސީސީޓީވީ ހަރުކޮށް ދުވަހުން ދުވަހަށް ބަލާ މޮނިޓަރ ކުރުން ވަރަށް މުހިންމެވެ އޭރުން އަމިއްލައަށް ފުންމާލިޔަސް އަދި މީހަަކު ގަދަކަމުން ކޮއްޕާލިއަސް ފެންނަން ހުންނާނެއެވެ މީނުވަނޭ ކަމެއްނޫން 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސަރުކާރަށް
ވެންގަބޯ
01 November 2025
ތަނެއް ހަދާފައި މީހުން ދިރިއުޅެން ދޭއިރު އެތަނަކީ މީހުންގެ ރައްކާތެރި ކަމަކަށް ކިހާވަރަކަށް ކަމާބެހޭ ފަރާތްތަކުން ބަލާފައިވޭތޯ އަދި މީހުންގެ އަގުބޮޑެތި މުދާތަކަކަށް ގެއްލުން ވަމުން ދާއިރު އަދި މީހުންގެ ފުރާނަ ގެއްލިގެން ދާއިރުވެސް ކަމާބެހޭ ފަރާތްތަކުން އަޅާނުލާ ހުރުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައިނޫނީީ ނުވާނެ ކިތައްކާރުގެ ވިންޑްސުކުރީން ގޮސްފި ކޮންމެ ޓަވަރެއްގެ ކުރިމަތި އަރާގޮތަށް ސީސީޓީވީގެ ކެމެރާހަރުކުރޭ 16 ޓަވަރުގައި
މިރާއްޖެ
01 November 2025
ރާއްޖޭގެ ޢާމުއިޖްތިމާޢީ ޙާލަތު ގޯސްވެ ޢާމުންގެ އަތްމަތި ދަތިވެ ފިކުރު ބޮޑުވާ ހާލަތަށް ގޮސްފައިވާއިރު ޢާމުން އުސް ތަންތަނަށް އެރުވުން އެހާރަނގަޅެއް ނޫން.
ދެރަވަރު
01 November 2025
ނުވިތާކަށް ދޮރުތަށްވެސް މިހަދަނީ، އެންމެ ރީތިގޮތަށް އެޔަށްވުރެ މިކަހަލަ ކަމެއް ދިމާވެދާނެކަމަށް ބަލާފަ ޑިޒައިންކުރުން ކިހިނެތްތޯ؟
މިނިކާރާއްޖެ
01 November 2025
އެހެންވެގެންތޯ ދުވަހަކަށްވުރެ ދުވަހެއް ރާޢްޖޭގައި އަޅާ އިމާރާތްތައް އުސްކުރަމުން މިދަނީ
ކިހާދެރަ ކަންކަން ...
01 November 2025
ވެރިންގެ ލެވެލްއިން އަޗާތަޅާ ދުވަންފެށީމަ ނިކަމެއްޗެއްގެ ހާލެއް އުޅޭގޮތެއް ބެލުމެއް މުހިންމެއް ނޫން.
ވފދވފ
01 November 2025
5 ހާހަށް 2 ކޮޓަރި ރަނގަޅޭ
ކޮރަލް
01 November 2025
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވަނީ ނަފްސާނީ ވެފަ އެވެ. ވިސްނާ ވަރަކަށް ސިކުނޑި ވަރުބަލި ވަނީ އެވެ. ދެން އިރު އިރު ކޮޅާ ހޮޓާތަކާ ރެސްޓޯރަންޓް ތަކުން ކަނީ އެވެ. 40 އަހަރު ވީ އިރު ޑްރަގް މައްސަލަ ހައްލެއް ނުވި އެވެ. ބިދޭސީންގެ މައްސަލަ ހައްލެއް ނުވި އެވެ. ހަށިވިއްކާ ތަންތަން ބަންދެއް ނުކުރެވުނެވެ. ސިޔާސީ މީހުންގެ ގޮރަޕްޝަން ބިލިއަނުން މަތީގަ އެވެ. އެފައިސާ އެއް ނުހޯދުނެވެ.
ޑރ ވާންޗޯ
01 November 2025
މިގައުމަކީ ޚަޒާނާއެއް ކޮންމެބަޔަކުވެސް ވެރިކަމަށް އަންނަނީ ކައިގެންދިޔަ މީހުނަށްވުރެގިނައިންކާން.
ހހހދޖދޖދހދ
01 November 2025
ނަފްސާނީ ދުލަހެޔޮ ކަމުގެ ވާހަކަ އަކީ މިހާރު ދައްކަން ޖެހިފައިވާ ވަރަށް މުހިންމު ވާހަކަ އެއް. ފާއިތުވި 3-2 އަހަރު ތެރޭގައި 17-15 އަހަރުގެ ކިތައް ކުދިން ތޯ އމިއްލަ ނަފސައް ގެއްލުން ދީފައި ވަނީ. ހަގީގަތަކީ ކުދިންގެ މެންޓަލް ހެލތު އެހާ ދަށައް ދާ އިރުވެސަ މައިންބަފަިންނަކަށް ނޭންގޭ. ވަރަށް އާނމު ވިސނުމެއް އެއީ ކުޑަކުދިން ވީމަ ސްޓްރެސް އެއް ނޯންނާނެއޭ. ހަގީގަތަކީ ހަމަ ސީދާ އިދިކޮލު. ބައެއް ކުދިން އެބަ އުލެ ގެއިން ބޭރަށް އެއްވެސްވަރަކަށް ނުނިކުމެވޭ ކދނ