ރާއްޖެ ސަރަހައްދަށް ވަދެ ޑްރަގު ބަރުކޮށްގެން ދަނިކޮށް އަތުލައިގަތް ބޯޓުން ފެނުނު ބައެއް ތަކެތި.
04 ނޮވެމްބަރ 2025 - 10:43
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، 300 ކިލޯއަށް ވުރެ ގިނަ ޑްރަގު ބަރުކޮށްގެން ދިޔަ މަސް ބޯޓެއް ސްރީ ލަންކާ އިން އަތުލައިގެންފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ސީދޭވީ" ގެ ނަން ދީފައިވާ އެ ބޯޓުން މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮވެގެންނެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބޯޓުގެ މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ލަންކާ ފުލުހުން ބުނީ މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ ކަމަށެވެ. އެކަމަކު މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ.
އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ.
ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ތަކެތި އެތެރެކުރަން އުޅުނު ޑްރަގު ނެޓްވޯކުގެ ބޮޑަކީ ދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެކެވެ.
ލަންކާގައި ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގައި ފިލައިގެން އުޅޭ ލަންކާގެ ގޭންގުތަކުގެ މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެތައް ބަޔަކު މިހާރު ވެސް ހައްޔަރުކޮށް، އަނބުރާ ލަންކާއަށް ގެންގޮސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭނުން އެއްޗެއްނު އެހަދަނީ.
04 November 2025
ގައުމިއްޔިތާ މިނިވަންކަން 24 ގަޑިއިރު ނުވަނީސް އެވީ ބިލާހަކަށް ދެއްތޮ؟ ބޭނުންވީމަ އިމަށް ވަދެލާ ބޭނުންކަމެއް އެކޮށްލަނީ ކޮންމެ ބަޔަކުވެސް.
ފިނދަނަ
04 November 2025
އިއްޔެގަވެސް ވަރަށް ޗަރުކޭސް ކުޅުނު މީހުނަށް ދެއްކެންވެގެން….އެކަމު މިވަރު ކަމެއް ރާއްޖޭގެ ކަނޑުގަހިނގާއިރު ކަހާތަން ހިރުވާވެސް ނުލާ ތި ބުނާ މޮޅު ފޯސް…..
ސަލިމާ
04 November 2025
އިއްޔެ ކުޅުނު ފިލްމްގެ ދެވަނަ އެޕިސޯޑްގެ ހާޤީޤީ ވާހަކަ. ޑްރޯން 2.0
އެއްބަނޑު ތުރުކީ
04 November 2025
ޝުކުރިއްޔާ ޑްރޯންސް.
ރާއްޖެއައްވަންނަ ބޯޓުތައް
04 November 2025
ރާއްޖެއައްވަދެގެން އަތުލައިގަންނަ ބޯޓުތަކުން ބައެއްބޯޓަކީ މިފަދަ ކަމަކައް ރާއްޖެ ސަރަހައްދައް ވަންނަ ބޯޓެއްކަމައް ވުމަކީ އެކަށީގެންވާކަމެއް.