ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުން 111 މިލިއަން ހޭދަކުރާނެ -- ފޮޓޯ: މަޖިލީސް
05 ނޮވެމްބަރ 2025 - 09:30
ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން މަޖިލިހުގެ 93 މެމްބަރުންގެ މުސާރަ އާއި އިނާޔަތަށް 111 މިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅައިފި އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މިއީ މި އަހަރަށް ވުރެ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މަޖިލިހުގެ މެންބަރުންނަށް ހޭދަކުރަން މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތީ 109 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގައި މަޖިލިހުގެ ރައީސްގެ ގެކޮޅުގެ ހަރަދުތަކަށް 4.1 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެކަމަކު، އެއީ މި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އެއް މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ހުރިހާ ހަރަދެއް ހަމަޖެއްސުމަށް އަންނަ އަހަރު 225 މިލިއަން ރުފިޔާ ހޭދަކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން މަޖިލިހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ގާތްގަނޑަކަށް 50 ޕަސެންޓު ހޭދަކުރެ އެވެ.
އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ ބަޖެޓު ވަނީ މި އަހަރަށް ވުރެ 19 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. މަޖިލީހުގެ ހުރިހާ ހަރަދެއް ހަމަޖެއްސުމަށް މި އަހަރުގެ ބަޖެޓުގައި ޖަހާފައި އޮތީ 206 މިލިއަން ރުފިޔާ އެވެ.
މިދިޔަ ދެ އަހަރު ވެސް މަޖިލިހުގެ މެންބަރުންނަށް ދައުލަތުން ކުރާ ހޭދަ ވަނީ އިތުރުވެފަ އެވެ.
މަޖިލިހުގެ އިދާރީ ހިންގުމުގެ ހަރަދާއި އެގްޒެކެޓިވް ހިދުމަތްތަކަށް އަންނަ އަހަރު 61 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ މި އަހަރަށް ވުރެ 11 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަންނަ އަހަރުގެ ބަޖެޓުން ބޭރުގެ އެކި އިދާރާތަކާ އެކު، މަޖިލީހުން ކުރަން ނިންމާފައިވާ ކަންކަމާއި ދަތުރުތަކަށް 11 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ގާނޫނީ ކަންކަން ކުރުމަސް 28 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މަޖިލީހުގެ މީޑިއާގެ ކަންކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 4.6 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް 64.2 މިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް ޓަގު ބުރޯ
05 November 2025
ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އަވަށަކަށް މެމްބަރަކު މަޖިލީހުގައި ތަމްސީލްވެގެން ނޫނީ ހަމަހަމަ ކަމެއް ގާއިމެއް ނުކުރެވޭ .. ރާއްޖޭގެ ކޮންމެރަށެއްގެ ކޮންމެ އަވަށެއް ތާމްސީލްކުރާ މެމްބަރުންގެ އަދަދު 1200 އަށް ވަުރެ މަދެއްނުވާނެ .... ރައްޔިތުންގެ ބަޖެޓު އަދިވެސް ކުޑަ
ބަކުރުގެ
05 November 2025
ބަޖެޓްގެ ދެބައިކޮށް އެއްބައި މަޖްލިސް މެމްބަރުންނަށް ދޭން ފެންނަނީ...eެތެެތ
ކައްޒަދޮންތުއްތު
05 November 2025
މަޖުލިސްމެންބަރުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ތިރިކުރޭ.