ސްޓާލިންކް އިންޓަނެޓް ހިދުމަތުގައި ބޭނުންކުރާ އެންޓަނާއެއް: އިންޑިއާގައި ހިދުމަތް ފަށަން އަންނަނީ ތައްޔާރުވަމުން.
06 ނޮވެމްބަރ 2025 - 16:03
އިންޑިއާގެ މާލީ ހަބް، މަހާރަޝްތުރާ ސްޓޭޓަކީ އީލޮން މަސްކުގެ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް އެ ގައުމުގައި ދޭނެ ފުރަތަމަ ސްޓޭޓް ކަމަށް ޗީފް މިނިސްޓަރު ދޭވެންދްރަ ފަދްނަވިސް އިއުލާނުކުރައްވައިފި އެވެ.
ލޯ އޯބިޓް ސެޓެލައިޓްތައް މެދުވެރިކޮށް، އެކަހެރި ހިސާބުތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދޭ ސްޓާލިންކް ތައާރަފްކުރުމާ އެކު އިންޑިއާގައި ވަނީ ވާދަ ނުކުރެވޭ ދަށް އަގުތައް ކަނޑައެޅުމާއި ސްޕެކްޓްރަމް އެލޮކޭޝަން ފަދަ ކަންކަމާ މެދު ވަރަށް ބޮޑަށް ބަހުސް އުފެދިފަ އެވެ.
އިންޑިއާގައި ސްޓާލިންކަށް ލައިންސަސް ދިނީ މިދިޔަ ޖޫން މަހު އެވެ.
އިންޓަނެޓް ބޭނުންކުރާ 900 މިލިއަނަށް ވުރެ ގިނަ މީހުން، އަހަރު ނިމޭއިރު އިންޑިއާގައި ތިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މަސްކްގެ އެކްސް ޕްލެޓްފޯމްގައި ޗީފް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓާލިންކާ ގުޅިގެން ފަށާ މި ހިދުމަތުގެ ސަބަބުން ސެޓެލައިޓް މެދުވެރިކޮށް ހިންގާ އިންފްރާސްޓްރަކްޗާއަށް އިންޑިއާގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ޖިއޯ ޕްލެޓްފޯމްސް އާއި ވާދަވެރި ބާރްތީ އެއާޓެލް އިން މީގެ ކުރިން ވަނީ ކަސްޓަމަރުންނަށް ސްޓާލިންކް އިންޓަނެޓް ދިނުމާ ބެހޭ އެއްބަސްވުމެއް ހެދިކަން އިއުލާނުކޮށްފަ އެވެ.
މުޅި ދުނިޔެއިން ފަސް ވަނަ އަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގައި، ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މި ފަހުން ވަނީ މަޝްރޫއުތައް އިއުލާނުކޮށްފަ އެވެ.
ގޫގުލް އިން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ބިޔަ ޑޭޓާ ސެންޓަރަކާއި އެމެރިކާއިން ބޭރުގައި ހަދާ އެންމެ ބޮޑު އޭއައި ހަބް ގާއިމުކުރުން ހިމެނެ އެވެ.
އެމެރިކާގެ ކުންފުނިތަކެއް ކަމަށްވާ އެންތްރޮޕިކް އާއި އޯޕަން އޭއައި އިން ވެސް އިންޑިއާގައި އޮފީސް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، ޕާޕްލެކްސިޓީ އިން ވަނީ އިންޑިއާގެ ޓެލެކޮމް ކުންފުނި އެއާޓެލްއާ އެކު ބޮޑު ޕާޓްނަޝިޕެއް ގާއިމްކުރަން ނިންމައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
09 November 2025
ކޮންމެ މިފަދަ ޚިދްމަތަކަށް ބަލާ އިރު އާބާދީ އަކީ މުހިއްމު އެއްޗެއް ، މިކަހަލަ ކުޑަ އާބާދީ އެއްގައި ހެޔޮއަގެއްގައި ޚިދްމަތެއް ނުދެވޭނެ ،
ބޒބސބ
06 November 2025
މިކަންވެސް މީ އަތްގަދަކުރުމެއްކަމުގައި ވެދާނެ
ގަރުބަޗޯފް
06 November 2025
އިސްޓާލިންކު މައްސަލައިގާ އިންޑިޔާއަށްވުރެ ދިވެހިން އުޅެނީ ކުރީގާ. ސްޓާލިންކާއެކު ޝިއުނާ އޮތީ އިންޑިޔާއަށްވުރެ ކުރިން އެއްބަސްވުމަކަށް އައިއްސައެވެ.
އޮނަރަބްލް އަފީފު ދީދީ
06 November 2025
މިހާރުވެސް ޒާތަކަށް ރާއްޖޭގައި މި ހިދުމަތް ދޭކަމަށްވޭ. އެހެން ނަމަވެސް އިންޑިޔާ އާއި ގުޅިގެން މި ހިދުމަތް ހޯދުމުން ވަރަށް ބޮޑު ނަފާ ލިބުމުގެ ފުރުސަތު އޮންނާނެތީ އަހަރުމެން ބޭނުންވޭ އަބަދުވެސް އަހަރުމެންނަކީ އެއްބައެއްކަމަށް ބަލައިގެން (މިސާލަކަށް ފްލައިޓް ޓިކެޓް އަގު ކަޑައެޅުންފަދަ ކަންކަމުގައި ޑޮމެސްޓިކް ޑެސްޓިނޭޝަނެއްކަމަށް ރާއްޖެ ބަލަމުން އަންނަ) އިންޑިޔާއިން މިކަމުގައިވެސް އަހަރުމެން ހިމަނައިގެން ސްޓާލިންކްގެ ހިދުމަތް ކުރިއަށް ގެންދާނެކަމަށް.
އޮނަރަބްލް އަފީފު ދީދީ
06 November 2025
މިހާރުވެސް ޒާތަކަށް ރާއްޖޭގައި މި ހިދުމަތް ދޭކަމަށްވޭ. އެހެން ނަމަވެސް އިންޑިޔާ އާއި ގުޅިގެން މި ހިދުމަތް ހޯދުމުން ވަރަށް ބޮޑު ނަފާ ލިބުމުގެ ފުރުސަތު އޮންނާނެތީ އަހަރުމެން ބޭނުންވޭ އަބަދުވެސް އަހަރުމެންނަކީ އެއްބައެއްކަމަށް ބަލައިގެން (މިސާލަކަށް ފްލައިޓް ޓިކެޓް އަގު ކަޑައެޅުންފަދަ ކަންކަމުގައި ޑޮމެސްޓިކް ޑެސްޓިނޭޝަނެއްކަމަށް ރާއްޖެ ބަލަމުން އަންނަ) އިންޑިޔާއިން މިކަމުގައިވެސް އަހަރުމެން ހިމަނައިގެން ސްޓާލިންކްގެ ހިދުމަތް ކުރިއަށް ގެންދާނެކަމަށް.