ވިޔަފާރި / ދައުލަތުގެ ބަޖެޓު 2026

ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް 178 މިލިއަން، އެންމެ ބޮޑު ކުއްޔެއް އެމްބަސީތަކަށް

ފޮރިން މިނިސްޓްރީ. އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްބަސީތަކުގެ ކުއްޔަށް ބޮޑު ހޭދައެއް ކުރޭ -- ފޮޓޯ: މިހާރު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 178 މިލިއަން ރުފިޔާ ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް ހޭދަކުރަން ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ސަރުކާރުން ކުއްޔަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް އެކި ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ ހައި ކޮމިޝަންތަކުގެ ކުލި ދެއްކުމަށެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތްތަކުގެ ކުއްޔަށް 53 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ 19 އެމްބަސީއެއް ވެސް ހިމެނެ އެވެ.

ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް މިދިޔަ އަހަރު 178 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ވެސް 178.3 މިލިއަން ރުފިޔާ އޮފީސްތަކުގެ ކުއްޔަށް ބަޖެޓު ކޮށްފައި ވެ އެވެ. އެހެންވެ، ސަރުކާރުން ކުއްޔަށް ކުރާ ހޭދައިގެ ގާތްގަނޑަކަށް 30 ޕަސެންޓް ދެނީ އެމްބަސީތަކަށެވެ.

ދައުލަތުގެ 32 އިދާރާއަކަށް ބޭނުންވާ 97 އޮފީހެއް ހިންގުމަށް ބަޖެޓުން ހޭދަކުރެ އެވެ. އޭގެ ތެރެއިން 28 އިދާރާއަކަށް މާލޭ ސަރަހައްދުން އަމިއްލަ 46 ތަނެއް ވަނީ ކުއްޔަށް ނަގައިފަ އެވެ. އަދި ނުވަ އިދާރާއަކަށް އަތޮޅު ތެރޭގައި 32 ތަނެއް ކުއްޔަށް ނަގާފައިވެ އެވެ. މާލޭގައި ހިންގާ އޮފީސްތަކުގެ ކުއްޔަށް 88 މިލިއަން ރުފިޔާ ހޭދަކުރާއިރު، އެހެން ރަށްރަށުގެ އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގެ ކުއްޔަށް ފަސް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.

ކުލީގެ ހަރަދު އެންމެ ބޮޑު އިދާރާތަކުގެ ލިސްޓު:

1. އެމްބަސީތައް: 53 މިލިއަން ރުފިޔާ

2. އިމިގްރޭޝަން: 8.3 މިލިއަން ރުފިޔާ

3. އެންސްޕާ: 7.9 މިލިއަން ރުފިޔާ

4. އޮޑިޓް އޮފީސް: 7.8 މިލިއަން ރުފިޔާ

5. އެގްރިކަލްޗާ، އެނިމަލް ވެލްފެއާ މިނިސްޓްރީ: 6.6 މިލިއަން ރުފިޔާ

6. ޓެކްސް އިދާރާ މީރާ: ފަސް މިލިއަން ރުފިޔާ

7. އެންވަޔަމެންޓް މިނިސްޓްރީ: 4.9 މިލިއަން ރުފިޔާ

8. އޭސީސީ: 4.8 މިލިއަން ރުފިޔާ

9. އެޗްއާރްސީއެމް: 4.1 މިލިއަން ރުފިޔާ

10: ޓެކްސް އެޕީލް ޓްރައިބިއުނަލް: ހަތަރު މިލިއަން ރުފިޔާ

އެމްބަސީތަކުގެ އިތުރުން ކުލީގެ ހަރަދު އެންމެ ބޮޑު ކަމަށް އަންނަ އަހަރުގެ ބަޖެޓު ފޮތުން ދައްކަނީ އިމިގްރޭޝަންގެ އެވެ. އެ އިދާރާގެ އޮފީސް ކުއްޔަށް ދައުލަތުގެ ބަޖެޓުން 8.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު ކުއްޔެއް ހޭދަކުރަނީ އެންސްޕާއަށެވެ. އެއީ 7.9 މިލިއަން ރުފިޔާ އެވެ. އޮޑިޓް އޮފީސް ހިންގާ އިމާރާތުގެ ކުއްޔަށް 7.8 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އިމިގްރޭޝަނާއި އޮޑިޓް އޮފީސް ހިންގަމުން އަންނަނީ މ. ސްޓާ ކްލައުޑް ބިލްޑިންގްގަ އެވެ.

ކުލީގެ ބައެއް ހިސާބުތައް

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ އެކި އިދާރާތަކުން އަމިއްލަ މީސްމީހުންގެ އިމާރާތްތައް ކުއްޔަށް ނަގާފައި ވަނީ ކޮމާޝަލް ރޭޓުތަކުގަ އެވެ. އަދި އިމާރާތްތަކުގެ އަކަފޫޓަކަށް ޖެހޭ އަދަދުތަކުގައި ބޮޑެތި ފަރަގުތައް އެބަހުރި ކަމަށް ބުންޏެވެ.

"އޮފީސް ބޭނުމަށް ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގެ އަކަފޫޓަކަށް ޖެހޭ އެވްރެޖް އަހަރީ ކުއްޔަކީ 400 ރުފިޔާ ކަމުގައިވީ ނަމަވެސް 22 އޮފީސް އިމާރާތަކަށް އަކަފޫޓަކަށް ޖެހޭ އަހަރީ ކުލި މި އަށް ވުރެ ބޮޑެވެ،" ބަޖެޓު ފޮތުގައި ބަޔާންކޮށްފައި ވެ އެވެ.

ކުލީގެ އަގު އެންމެ ބޮޑު 22 އޮފީހުގެ ކުއްޔަށް ދައުލަތުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ހޭދަކުރާއިރު އެއީ މާލެއިން ކުއްޔަށް ނަގާފައިވާ ތަންތަނުގެ ޖުމްލަ ހަރަދުގެ 73 ޕަސެންޓު ކަމަށް ވެސް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ. ބާކީ 24 ތަނުގެ ކުއްޔަށް ހޭދަކުރަނީ 27 ޕަސެންޓެވެ.

ކުލީގެ ހަރަދުތައް ކުޑަކުރުމަށް އެޗްޑީސީ މެދުވެރިކޮށް އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއާ އެކު، ކުލީގެ ހަރަދުތައް ކުޑަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.

40 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

08 November 2025

ކުލީޢިމާރާތުގަ ހިންގާނެ ތަންތަން މަދުވެއްޖިއްޔާ ކޮންމެވެސް ނަމެއް ކިޔައިގެން މުއައްސަސާއެއް އުފައްދައިގެންވިޔަސް ކުލީތަންތަން އިތުރުކުރަންޖެހޭނެ. ބޮޑެތި ބިލްޑިންގ ސަރުކާރުން ޢިމާރާތްކުރާއިރު ކުލީބައެއް ނުހުއްޓުނު.

The name is already taken The name is available. Register?

raajje

08 November 2025

ކުލީއިިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައްހިންގުމަކީ ޒަމާނުއްސުރެ ކުރަމުންއަންން ބިޒުނަސްއެއް، ސަރުކާރުއޮފީސްތައްހިންގަން ކުއްޔަށްނަގާފައިހުރި ގިނައިމާރާތްތަކުގެ އޯނަރުންނަކީ އެކިމަގާމުތަކުގާތިބިމީހުން، އެބަސާފުވޭދޯމިޖަހާސަކަރާތް، ގިނަގައުމުތަކުގައި މާލެއަށްވުރެންހާސްބައި ތަންތަނުގެ ކުލިކުޑަވާނެ، ނަމަވެސް ތިކަންތައްތައް ހަމަޖައްސާބަޔަކު ތިޔަވަނީ މާލޭގެރޭޓަށްވުރެންވެސް ބޮޑުރޭޓެއްގަ އެންބަސީތައް ހިންގާއިމާރާތް އެޕާޓުމެންޓުތަކުގެ ކުލިހަދާފަ،

The name is already taken The name is available. Register?

މުދިންބެ ކަތީބު

08 November 2025

178 މިލިއަން، އެންމެ ބޮޑު ކުއްޔެއް އެމްބަސީތަކަށް ސުބުހާނަﷲ ! ގައުމު ދަޅިގަނޑަކަށް ! އޭގެ ތެރެއިން 28 އިދާރާއަކަށް މާލޭ ސަރަހައްދުން އަމިއްލަ 46 ތަނެއް ވަނީ ކުއްޔަށް ނަގައިފަޔޯ މި 46 ތަނުގެ ކުލި ލިބެނީ ކޮން ބަޔަކަށް ؟

The name is already taken The name is available. Register?

ސޫބުހުން

07 November 2025

އަދިވިސްނާލާ އެމްބަސީތަކުގެ ކުއްޔައް މިވަރުއަރުވާލާއިރު އަދި އެތަންތަނުގެ މުވައްޒަފުންނާ ހިންގުމުގެ ޚަރަދަށް ހިންގާލާނެވަރު! ޕިސް ޕިސް ޕިސް... ދަޢުލަތައް ލިބޭ ހުރިހާ ޑޮލަރުތައް ދާތަން މިއޮތީ ފެންނަން!!!! ރައްޔިތުން މިޤަޢުމު ސަލާމަތްކުރާށޭ... "ޑައިރެކްޓް ޑިމޮކޮރަސީ" މިހާރުން މިހާރަށް އިމްޕްލިމެންޓްކުރާށޭ!

The name is already taken The name is available. Register?

ޚަރަދުބަރަދު

07 November 2025

ހުރިހާ އެމްބަސީއެއް ތިލަފުށްޓައް ބަދަލުކޮށްފަ ވާރޗުއަލްކޮށް ހިންގަންފަށާ.

The name is already taken The name is available. Register?

ކަތިރިޔާ

07 November 2025

އޮޑިޓް އޮފީހާ އޭސީސީ އަމިއްލަ މީހުންގެ ގެއަށް ކުލި ދައްކައިގެން އުޅޭހާދުވަހަކު ދަޢުލަތުގެ އިސްރާފާ ކޮރަޕްޝަން ބެލޭނެގޮތެއްނުވިސްނޭ!

The name is already taken The name is available. Register?

މީރާމާޖިދު

08 November 2025

މީރާޔޯ

The name is already taken The name is available. Register?

ވައިޓްރޯސް

07 November 2025

މިގައުމުގައި ވެރިކަން ކުރި މީހުންނާ ކުރަމުންދާ މީހުންގެ ގަމާރުކަމާ ގޮތް ކުޑަކަން މިކަމުން މިއެނގެނީ.

The name is already taken The name is available. Register?

ސަންޑޭ

07 November 2025

ޤައުމުގެ އިޤްތިސޯދު މިހާ ދަށްވެފައި އޮތް ޙާލަތެއްގައި ހުޅުމާލެއިން ހުސް ބިމެއް ހޯދާފައި ސިފައިން ލައްވާ 10 ބުރީގެ އިމާރާތެއް ހެދުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 November 2025

ސިލޯނު ތަޖުރިބާކުރި ހިތްދަތި ޙާލަތަށް ވެއްޓުމުގެ ކުރިން ދައުލަތް ދަރަނިކޮށް ލޯނު ނަގައިގެން ކޮށްފައިވާ އިންވެސްޓްމަންޓް ތަކުން ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރަންޖެހޭ. މިގޮތުން 300 މިލިޔަން ޑޮލަރަށް އަޅާފައިވާ ބުރިޖުން ދަތުރު ކުރާ ފަރާތް ތަކުން Toll fee ނެގުމުގެ އިތުރަށް އެތައް ބިލިޔަން ޑޮލަރުގެ ލޯނުން ތަރައްޤީކޮށް މަހުން މަހަށް ފައިސާ ދައްކާ އަގު ޙަލާސް ކުރަން ކ.މާލޭ މީހުނަށް ދޫކޮށްފައިވާ ފުލެޓް ތަކަށް ނުލިބިހުރި 2 ބިލިޔަން ރުފިޔާ ހޯދާ.

The name is already taken The name is available. Register?

އަބޫ

07 November 2025

ދައުލަތުގެ ބިންނެތީތަ ނޫނީ ވަކިބަޔަކު މުއްސަނދިކޮށްދޭން ބޭނުންވަނީތަ, މާލޭގެ މެދުތެރޭގައި ވީރާނާވެފައި އެއޮށްބޮޑު ޑިފެންސްކޮށި ބަލާބަލަ ހުޅުމާލޭގައި އެބޭފުޅުންނަށް އެތައް ޓަވަރެއް , ވިސްނުންތެރިކަމާއެކު ދައުލަތުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކޮށްބަލަ , މިފަދަ ޚަރަދުތައް ނުކޮށް ނުސީދާކޮށް މީހުން މުއްސަދިކޮށްނުދީ ރައްޔިތުންނަށް މާ ފައިދާހުރި ގޮތަށްބިން ބޭނުންކުރެވި ޚަރަދުތައް ސަލާމަތްކުރެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454