އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް އޭނާ ވަނީ އިންތިހާބުކޮށްފައި --- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2025 - 14:47
ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހިމެނެނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެންބަރުންނެވެ. އެކޮމިޓީގައި ޖުމްލަ 22 މެންބަރުން ހިމެނެ އެވެ. އޭގެ ތެރެއިން މިއަދު ކޮމިޓީގައި 18 މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އޭނާ ވެސް އިންތިހާބުކުރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ކޮމިޓީގައި ވަނީ މަޖިލީހުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ބަޖެޓް ދިރާސާ ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ބަޖެޓު ދިރާސާކޮށް ނިންމަން އެންމެ ފަހު ސުންގަނޑިއެއްގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަސް ވަނީ ކަނޑައަޅައިފަ އެވެ. އަދި އަންނަ ހަފްތާގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތްތައް ފަށާއިރު، ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ހާޒިރުކުރާނެ ދުވަސްތަކާ ގުޅޭ ގޮތުން މިއަދުގެ ކޮމިޓީގައި މަޝްވަރާކޮށްފައިވެ އެވެ.
އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 40.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
07 November 2025
މަޖްލީހުގަ ހުރީ ބަޖެޓް ހަދާފަ ގެނައީމް ވޯޓް ދޭން އިނގޭ މީޙުންނެވެ. އެ ދިރާސާ ކުރުމުގެ ތައުލީމާ ތަޖުރިބާ ހުރި މީހަކު ނެތެވެ.
އޭދަފުށި މޫސަ
07 November 2025
ތި ކޮމިޓީއަށް ހަގީގަތުގަވެސް ލާންވާނީ ބޮޑެތި ވިޔަފާރިތައް ނުހިންގާ، އެއްވެސް އަމިއްލަ މަސްލަހަތެެއް ނެތި، އަދި އެމްއެމްޕީއާރުސީ އަދިވެސް މިކަހަލަ ބޮޑެތި ކޮރަޕްޝަންތަކާ ދުރުގައި ތިބޭ ތިކަހަލަ އިހުލާސްތެރި ބޭފުޅުންނަށް. ޙަމަ ހެވެނީ.
ޑެޑީ
06 November 2025
ސައްލޭ ތިކަމަށް ރަނގަޅުވާނެ.
ޙަލީމު
06 November 2025
މަތިމައްޗަށް ނަންހުސްކޮށް ޑިގުރީ މާސްޓާޒް ޕީއެޗުޑީ ހަދައިގެން އެންމެން ތިބި ރާއްޖޭގަވެސް ދައުލަތުގެ މުޅި ބަޖެޓުގެ މުގައްރިރަކަށް އޭދަފުށީ ސަލީމުބެ.
ހާސްވާނެ ކަމެއް ނެތްތާ.
07 November 2025
މަޖްލިހުގެ ރައީސާ ޕީޖީ ލީޑަރަށް ބަލާލީމަ ގައުމިއްޔަތު ވަރަށް ސާފު. ދިދައާ ވާހަކަ ދައްކަން އެނގުނީމަ އެނިމުނީ.
ޢަރުތަ
06 November 2025
ތިފަދަ މަޤާމަކަށް ވަރަށް އެކަށީގެންވާ ޤާބިލު ބޭފުޅެއް ސަލީމަކީ، ރާއްޖޭގަވެސް ނުހުންނާނެ ތިފެންވަރުގެ ޤާބިލު މީހަކު ސަލީމު ނޫނިއްޔާ، އެޓޯލްސް މިނިސްޓްރީގައި އެކުގައި އުޅުނު ކުދިން އެވާހަކަތައް ވަރަށް ރީތިކޮށް ހުރީ ކިޔާދީފަ، ހަމީދު ބޭބެ ވަރަށް އަރިސްވާނެޔޯ..........