ފުލުހުން އަތުލައިގެންފައިވާ ވޭޕް ސާމާނުތަކެއް-- ފޮޓޯ/ޕޮލިސް
06 ނޮވެމްބަރ 2025 - 19:51
ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ ހަފުތާގައި 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް ހާދިސާއަކާއި އެ ތަކެތި ގެންގުޅުމުގެ 15 މައްސަލައަކާއި އެ ވިއްކުމާއި ގަތުމުގެ ދެ މައްސަލަ އަދި އެކަމާ ގުޅުން ހުރި ތިން މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ ގެނައި ބަދަލާއެކު، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި އެތެރެކުރުން އަދި ވިއްކުން ވަނީ މަނާވެފަ އެވެ. އެއާ ހިލާފުވެގެން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން މީހުން ޖޫރިމަނާކޮށްފަ އެވެ.
މިދިޔަ މަހު އެކަނި ވެސް ފުލުހުން ވަނީ 226،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ކަސްޓަމްސް އިން މި ފަހުން ވަނީ، އެ އިދާރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރަން ފަށައިފަ އެވެ. އެ ލިސްޓުގައި ވެސް އެންމެ ގިނައިން ހިމެނެނީ ދުންފަތާއި ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
07 November 2025
ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިއަސް ދައުލަތަށް ފައިސާ ނުދައްކާނަމަ ނަތީޖާ ރަނގަޅުނުވާނެ، މިފަހަކުން ކޮންމެވެސް މިނިޓަރެއްގެ ދަރިއަކު ރާއްޖެއައި އިރު ވޭޕް އެތެރެ ކޮށްގެން ބޮޑު އަދަދަކުން ޖޫރިމަނާކުރި، އެކަމަކު އެފައިސާ ދެއްކިކަމެއް ނޫނީ އެކަމަކީ ވުޖޫދުގަ ނުހިނގާ ކަމެއް ނޫންކަމެއްވެސް ނޭގެ.
އިބުނު މުހައްމައިދީ
07 November 2025
ތިޔަ ތަކެތި އަތުލަންތިބޭ ފުލުހުންގެ ތެރެއިން ކިތައް މީހުންތޯ ޑިއުޓީގަ އުޅޭއިރުވެސް ވޭޕް، ނެނޯ ސްޓިކް ބޭނުންކުރަނީ. އެމީހުން ލަދެއްވެސް ނުގަނޭ އޮފީހުގަ ސިގިރޭޓް ބޯތަނުގަ ތިބެގެން ނޫނީ ވަގަށްތިބެ އެދަމަދަމާފަ މަގުމައްޗަށް ނިކުމެ އާއްމުން އަތުން އަތުލަން. ފުލުހުން ގެންގުލޭކަން އިނގޭތީ ލިޔާ ކޮމެންޓެއް މިއްޔަކީ.
ކެނެޑީ
07 November 2025
ކޮބާ ސަހީމުގެ ދަރި ޖޫރިމަނާ ދައްކައިފިތަ. ނޫނީ ތިޔަ ޖޫރިމަނާއަކީ 100 އަހަރަށް ބަހާލައިގެން ދައްކާ އެއްޗެއްތަ
ޱރ ޕޮލިސް
07 November 2025
އަނެއްހެން ގޯހެއްނޫންތާ އާމާކެޓެއް ހުޅުވިއްޖެތާ ދޯ ޖުރިމައިނާކުރާނެ އެކަމަކު ސަރުކާރަކަށް އެފައިސާނުވަންނާނެ.
raajje
07 November 2025
މީރާއަށް (ސަރުކާރަށް) ލިބެންޖެހޭ ފައިސާއެއްޖޫރިމަނާއެއް ނުދަށްކައިފިނަމަ ވަގުތުންކޯޓުމަރުހަލާފެށި ތަންފީޒުވެސްކުރެވޭ ނަމަވެސް ކޯޓުތަކުން މަތިމައްޗަށް ހުކުމްކޮށްވެސް ދަރިންގެ ހަރަދުނުދީއުޅޭމީހުން ހަމައެތިބައުޅެނީ އެޅޭފިޔަވަޅެއްނެތް، ސަރުކާރުގެއިދާރާތަކުން ހުރިހާހިދުމަތެއްވެސް މިފަދަމީހުނަށް ފުރިހަމައަށްލިބޭ، އަދިވަޒީފާގަވެސްއުޅެވޭ ސާތިބުދަރަންޏެއްއޮތްކަމަކަށްނުވޭދޯ ދެންތިބެގެން މިކިޔަނީ ކުޑަކުދިން ހިމާޔަތްކުރަނީޔޭ، ދެއުޅިއެއްނުވާ ސިިސްޓަމްތަކެއްދޯ
ޖަމީލާތަ
06 November 2025
ކޮންތާކު! މިހާރުވެސް މާލޭގެ މަގުމަތީގަ، އަދި ސައިކަލް ދުއްވަމުން ވޭޕް ވަރަށް ގިނައިން ބޮއެ! ފުލުހުންގެ ތެރޭގަވެސް ގިނަ! ކުރެވޭނެ ކަމެއްނެތް!
މުބީނާތު
06 November 2025
ވޭޕް އެންމެ ގިނައިން ވިއްކަނީ ފުލުހުން، ދެން ކިހިނެއް އެކަން ހުއްޓުވާނީ