16 ޑިސެމްބަރ 2024 - 22:18
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުމާއި ގެންގުޅުން މަނާ ވެފައިވާތީ، ގާނޫނާ ހިލާފުވާ މީހުން ޖޫރިމަނާކުރިކަން އަންގާނީ ފޯނަށް ފޮނުވާ މެސެޖަކުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ ފަރާތްތަކާ ދެކޮޅަށް ވެސް ހަމަ އެފަދައިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ދާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމެނިފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށެވެ.
އާދިއްތަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި ވާ ގޮތުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިންކު
17 December 2024
ފޮނުވާ ލިންތަކަށް ނުފިތާށޭ ކިޔާފަ ވެސް ލިންކުތޯ ފޮނުވަނީ
ހާލިދުބުންހާދީ
17 December 2024
ޖޫރިމަނާ މެސެޖު އައުގަޑިގަ ފޯނު ހަލާކުވެފައިވާ ހާލަތުގަ ޖޫރިމަނާވިކަން ނެނގި ހުރެވިއްޖެނަމަ ދެން ހަދާނީ ކިހިނެތް. ސިނގިރޭޓު އާންމުތަންތާ ބޯމީހުންވެސް ފެށިދުވަސްކޮޅު ހީވި ހައެއްކަމީހުން ޖޫރިމަނާކުރިހެން ފަހުން ވައުވެގެން މިހާރު އަނެއްކާވެސަ ސިނގިރޭޓުބޯން ވަކިތަނެއް ތަނެއްނޯވޭ މަގުމަތިންވެސް ސިނގިރޭޓު ޖަހާލައިގެން ދަނީ. ނުވެސް ހުއްޓުވާ. މިތާ ހުކުމް އަންނާނީ ނިކަމެތި މީހަކު ރިހާކުރުފުޅިއެއް ވަގަށްނަގާފިޔާ.
މުހައިމިން ސައީދު
17 December 2024
ވޭޕާއި ގުޅިފައިވާ ގައުމީ މައްސަލަތައް 1. ދައުލަތުން ވައްކަން ކުރުން 2. ޑޮލަރު އަގު ބޮޑުވުން 3. ބޭރުފައިސާގެ ސްޓޮކް މަދުވުން 4. ސިޔާސީ މީހުން ގައުމު ހަލަ ބޮލިކުރުން 5. ނިކަމެތިން ދުންފަތުގެ އިސްތިއުމާލުކުރން 6. ދުންފަތަކީ އަޕާ ކްލާސް އެއްޗަކަށް ނުހެދުން އަދި އަގުބޮޑުކޮސް މުއްސަދިންނަށް އެކަނި ބޮވޭގޮތް ހެދުން 7. ނޫސް ތަކުގަ ދޮގު ހަބަރު ފެތުރުން 8. އިންޑިޔާ ސިފައިން މިގައުމުން ނުފޭބުން 9. ދޮލަނގަށް ލައިގެން ވެރިކަންލިބުން
ތޮލާލް
17 December 2024
ވޭޕް ބޭނުން ނުކުރާ ، ނުވިއްކާ މީހެއްގެ ފޯނައް ޖޫރިމަނާ މެސެޖް އައިޔޯ، ދެން ވާނީ ކިހިނެއް؟
އަޅި އަލި
17 December 2024
ދެން ޖެހޭނީ ޒީރޯ ޓޮލަރެންސްގެ ދަށުން މެމްބަރު ކައިރީ ސަލާން ޖަހަން
ކާޅޫ
17 December 2024
އައިކޮޅަށް އަނބުރާ ފޮނުވާލާނީ
އެހެންތޭ
17 December 2024
ވޭޕް ހަމަބޮއި އެބަނަގާ ކުރެވޭ ކަމެއް ވެސް ނެތް ޖޫރީމަނާ އެއްވެސް ނުކުރޭ މީ ވާވަރަކީ ގާނޫނު ތަންފީޒު ނުކުރެވޭ ހަމަ މިގޮތަށް ވާނީ ޑޮލަރު މާރުކުރުމުގެ ގާނޫނަށް ވެސް ބަލަން ތިބެއްޗޭ ފުލުހުންނާއި ހަވާލުކޮށްގެން އެއްވެސް ކަމެއް ހައްލު ނުވާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ..
ކެނެރީގެ މުގާބެ
17 December 2024
ދެން ކަލެޔާ ހަވާލުކުރަންވީ ދޯ. ތަންފީޒު ނުކުރެވޭ ޤާނޫނު ހެދުމަކީ މައްސަލައަކީ . އެ ނޫނަސް ވޭޕް ހުއްތާކަށް އަހަރުން ބޭނުމެއް ނޫން.
އަހްމަދީއަހްމަދު
17 December 2024
ޖުރިމާނާ ނުކުރާކަމެއް ކަ،ލެއަށް އެނގެނީ ކިހިނެއް؟ ވޭޕް ބޭނުންކޮށްގެން ޖުހިމާނާކުރާމީހުންގެ މައުލޫމާތު ކަލެއަށްދިނުމަށް އެގާނޫނުގައި އޮތީތަ؟ ލަދެއްހަޔާތެއްނެތި ދޮގުހަދާ ފިތުނަ އުފެއްދީމާ ކަލޭމެނަށް ސަވާބު ލިބެނީތަ؟
ބަރުގޯނު
17 December 2024
ވޭޕު ބޭނުންނުކުރާމީހުންގެފޯނަށް ތިޔަމެސެޖު ނުލިބޭނެތާ ؟ ނޫނީ ސިޔާސީމީހުންގެފޯނަށްވެސް ތިޔަމެސެޖުނުދާނެތާ ؟
ހުސަ
17 December 2024
ޖޫރިމަނާ ކުރާ ފަރާތްތަކުގެ އަތުން ޖޫރިމަނާ ނެގޭނެ ހަރުދަނާ ގޮތެއް އޮންނަންވާނެ! ބަނޑޭރި ޕޯޓަލްތެރެއިން މީރާ މެދުވެރިކޮށް ނެގުން ރަގަނޅު! އެއްވެސް ޖޫރިމަނާއެއް ނުދައްކާ އޮތް ފަރާތަކުން ސަރުކާރުގެ އެއްވެސް ތަނަކުން ޚިދުމަތް ހޯދަން ދާއިރު ޖޫރިމަނާއެއް ނުދައްކާ އޮތްކަން އެތަނަކުން އެނގޭގޮތަށް އޮތުން މުހިންމު! އައިޑީ ކާރޑުން މީހާ ސާޗްކޮށްލާއިރު ފެންނަގޮތް ހެދުން! ދެން ޚިދުމަތް ދޭނީ ޖޫރިމަނާ ދައްކަންޖެހޭ ތަނަކަށް ގޮސް ޖޫރިމަނާ ދައްކާ ޚަލާސްކުރީމަ!
އެޑްމުންޑޯ
17 December 2024
ގާނޫނު ތަންފީޒް ކުރުން މުހިއްމު ، ނަމަވެސް ހިތާމައަކީ އައިދައިގެ ދެރަނިކަމަތި މީހުން ޖުރުމަނާކޮށް ސިޔާސީ މީހުންނާއި މަތީފަޑީގައި ތިބޭމީހުން ފަހަތުން ފުލުހުންނަށް ނުދެވޭނެތީ
ލައިޓް
17 December 2024
ބާރު ސްޕީޑް ގައި ޢަވާއިދާހިލާފަށް ދުއްވާ އުޅަނދުތަކުގެ ޖޫރިމަނާ ފޯނަށް އައުން މުހިންމު! މިހާރު ތަހުޒީބު ތަންތާގައި އެކަންކުރާތާ 20 އަހަރު ވެއްޖެ!
ސްކޭމް
17 December 2024
ދެން ފަށާނީ ސްކޭމެއް އަނެއްކާވެސް.