ވަރަ އެކްސްޕޯގެ ބީއެމްއެލްގެ ސްޓޯލަށް ރޭ ޒިޔާރަތްކުރި މީހުންނަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ.---ފޮޓޯ: ބީއެމްއެލް
07 ނޮވެމްބަރ 2025 - 08:50
ރާއްޖޭގެ އެންމެ ކަސްޓަމަރުން ގިނަ ބޭންކު، ބީއެމްއެލްގެ އެހީތެރކަމާ އެކު، ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ނުވަތަ "ވަރަ އެކްސްޕޯ 2025" ހުޅުމާލޭގައި އިއްޔެ ފަށައިފި އެވެ.
ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ރޭގެ 10 ޖަހަންދެން ކުރިއަށް ގެންދާ މި އެކްސްޕޯގެ ބޭނުމަކީ، ވަޒީފާ އާއި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުން ކަމަށް ބީއެމްލުން ބުންޏެވެ.
ވަރަ އެކްސްޕޯގެ ބީއެމްއެލްގެ ސްޓޯލަށް ރޭ ޒިޔާރަތްކުރި މީހުންނަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ.---ފޮޓޯ: ބީއެމްއެލް
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ.
އެ ބޭންކުން ވަނީ އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒު ކޮށްގެން "އިންޓަރެކްޓިވް" ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް ބަހައްޓައިފަ އެވެ.
ވަރަ އެކްސްޕޯގެ ބީއެމްއެލްގެ ސްޓޯލަށް ރޭ ޒިޔާރަތްކުރި މީހަކަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ.---ފޮޓޯ: ބީއެމްއެލް
"މި ސްޓޯލުން ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައް ވެސް ހިއްސާ ކުރާނެ އެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
މި އަހަރުގެ އެކްސްޕޯގައި 166 ފަރާތުން ބައިވެރިވެފައިވާއިރު މިދިޔަ އަހަރުގެ އެކްސްޕޯ އަށް 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަަޅޭ
07 November 2025
ބީއެމްއެލު ހާދަހާ ރަނގަޅޭ.