އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އޭއެފްޕީ
08 ނޮވެމްބަރ 2025 - 06:02
ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.
އިސްތަންބޫލުގެ ޕްރޮސެކިއުޓަރުން އިއްޔެ ނެރުނު އަމުރުގައި، ހައްދުފަހައަޅާފައިވާ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހިމަނާފައި ވާއިރު އޭގެ ތެރޭފައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ހިމެނެ އެވެ.
ތުރުކީން ތުހުމަތުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ނިޒާމީ ގޮތެއްގައި "ޖެނޮސައިޑް" އެއް ކުރިއަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައި ވެ އެވެ.
"އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް އޮކްޓޯބަރު 17، 2023 ގައި ދިން ހަމަލާގައި 500 މީހެއްގެ ފުރާނަ ދުއްވާލި. ފެބްރުއަރީ 29، 2024 ގައި އިޒްރޭލު ސިފައިން ގަސްދުގައި މެޑިކަލް އިކްއިޕްމެންޓްތައް ނައްތައިލި. ޣައްޒާ ބާއްވާފައި އޮތީ ހިސާރެއްގެ ދަށުގުވައި. އަނިޔާ ލިބުނު މީހުން އިންސާނީ އެހީން މަހުރޫމްކުރި،" ތުރުކީން ނެރުނު އަމުރުގައި ބުންޏެވެ.
އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރެގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ "ޓާކީ ޕެލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާޗް މަހު ދިން ހަމަލާ ހިމެނެ އެވެ.
ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް އިޒްރޭލުން ބުނި އިރު އެ އަމުރަށް ހަމާސް އިން ވަނީ ތައުރީފު ކޮށްފަ އެވެ.
ތުރުކީގެ އަމުރު އައިސްފައި މިވަނީ ނަތަންޔާހޫއާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލާންޓް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނުތާ އަހަރެއް ފަހުންނެވެ.
އިޒްރޭލުން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
09 November 2025
ނަތަންޔާހޫ ހައްޔަރުކޮށް އުލުބޭއްދުމަށް އަހުރެން އަމުރު ކުރަން.
ލޮއްލަ
08 November 2025
ކޮންމެވެސް ކުއްޖަކު ބަލާދީބަލަ ތުރުކީގައި އިންތިހާބެއް ކައިރިވެއްޖެތޯ.! މިރާއްޖޭގައިވެސް ތިޔަކަހަލަ ކަންކަން ކޮށްއުޅޭތީ ޝައްކުވަނީ.
އަފްރާސިޔާބު
08 November 2025
ބޮޑަށް ވައްތަރީ ތިގޮތާ. އެއީ މިހާރުވެސް އިސްރާއީލަށް ފޮނުވާ ތެޔޮ ފޮނުވަނީ ތުރުކީން. އެއްގަމު މަގުން ހޮޅިގުޅުމަށްޓަކައި ސީރިއާގެ ވެރިކަން ވައްޓާލީ.
ރާވެރިބެ
08 November 2025
ތުރުކީއަކީ އިޒްރޭލާ ބަރާބަރަށް ވިޔަފާރި އާއި އެހެނިހެން ގުޅުން އަބަދު ހިންގާ ގައުމެއް. މީގެ އިތުރުން ނޭޓޯގެ މުހިއްމު މެމްބަރެއް. މިކަހަލަ އަމުރެއް ނެރުނަސް ތުރުކީ އަކުން އިޒރޭލާ ދެކޮޅަށް އެއްވެސް ހަރުކަށި ފިޔަވަޅެއްނާޅާނެ. އަދި ތިއިން އެއްވެސް މީހެއް ހައްޔަރު ކުރަން ކުޑަވެސް ކަމެއް ނުކުރާނެ. މީހުސް ގޭސް.
އެހެންވީމަ ދޯ ...
08 November 2025
އަދި މާ އަވަހެއްނު. މިސަރުކާރު ކުޅޭ ކަހަލަ ގޭމް ތިކުޅެނީ.
ކިހާވަރަކުން ދާނެބާ
08 November 2025
ދެން ނަތަންޔާހޫ ބޮން އަޅާނީ ތުރުކީއަށް. އޭނަޔަށް އެކަން ނުކުރެވެންޏާ ބޮޑު ދޮންބެ ޓްރަމްޕް އަށް ޝަކުވާ ކޮށް ބޮޑާ ހޭކީމަ ބީ-52 ގެ ބޯޓަކުން އެއްޗެއް ވައްޓާލާނެ. އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިކުރެވުނު ދުވަހަކުން ނޫނީ އިޒްރޭލަކަށް އަދި އެތަނުގެ ޝައިތާނީ ލީޑަރުންނާމެދު އެއްވެސް ފިޔަވަޅެއް އެހެން ޤައުމަކަށް ނޭޅޭނެ
ޓޫލް އެއް
08 November 2025
އެމެރިކާ އަދި ހުޅަނގުގެ އިސްލާމްދީނާ އިދިކޮޅަށް ހިންގާ ޖަރީމާތަށް ރާވާ ހިންގަން ގެންގުޅޭ ބައިގަނޑެއް. ދައުލަތަކަށް ހަދާ އެބާރުދީފަ.
1235
08 November 2025
ޖަމަލު ފޮޑި
ދަނޑުން
08 November 2025
ސާބަހޭ ތުރުކީ....ފިލައިގެން އުޅޭމީހަކު ހައްޔަރުކުރަން ފަސޭހައެއް ނުވާނެ...
ފޫޅު
08 November 2025
ތީފޭކު އަމުރެއް ޟައިތާން ނަތަން ތިބުނީ ތެދެއް ތިޖެއްސީ ވަރުގަދަ ޕީއާރެއް
މހއމ
08 November 2025
ދެން ހެޑްލައިން ޖަހާލާ އެންމެ ފުރަތަމަ ނަތަންޔާހޫ ހައްޔަރު ކުރަން އަމުރެއް ނެރުނު ގައުމަކީ ތުރުކީ އޭ ކިޔާފަ! ޕާސްޕޯޓް ބޭން ކުރީމަވެސް ސުރުޚީ އަޅާލީ އެހެން ވިއްޔާ.
ކޮއްކޮބެ
08 November 2025
ތީ ކުޅޭކުޅޭ އަމުރެއް. ނަތަންޔާހޫ ހައްޔަރުކޮއްލަން ކެރޭނެހާ ހިއްވަރެއް ތުރުކީއަކު ނުހުންނާނެ.
އަލިކޮ
08 November 2025
ތިޔައީ ތެދެއް. ހަމަ ލޮލުގަ އަޅުވާ އަނދުނެއް ސިޔާސީ ފައިދާއަށް. ވަގު ވަގަށް އަޑީގައި ތިބެގެން ޒަޔަނިސްޓް ކޮލޮނީ އާއެކު މިވެރިންކުރާ ވިޔަފާރި މިކަމަށް ހެކިދޭ. ހަމާސް ނޫނިއްޔާ ހުސް މުނާފިގުން ތިޔަ މެދުއިރުމަތީގަ އުޅެނީ.
މާކޮސް
08 November 2025
ކަމުން މުނާފިގުން ނަމުން މުސްލިމުކަން ލިބިފައި ތިބި ވެރިން ތަކެއް އުޅޭ ރާއްޖެ އެއް ތިޔަކީ ވެސް
ވެންގަބޯ
08 November 2025
ތި ނޫން އެހެންކަމަކާ އުޅުން މާރަނގަޅުވާނެ ޔަހޫދީން ނަކީ އެއްވެސް ހަމައެއް ލަމައެއް ނެއް ބައެކެވެ އެމެރިކާ އަކީ ޔަހޫދީންގެ މަންމައަކީ އެމެރިކާ ވީމާ އެމެރިކާ ބަލިނުކުރެވޭނެ ވަރުގެ ގެއްލުމެއް ނުދެވޭނެ ބަޔަކަށް ކޮންކަމެއް ތޯ ކުރެވޭނީ އިރާދަ ކުރެއްވިއްޔާ ފަލަސްތީނު މިނިވަން ކުރާނީ ދިވެހިން އިންޝާ ﷲ އާމީން