"ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ ހައިޑްރޯފޮއިލް ބޯޓެއް.
09 ނޮވެމްބަރ 2025 - 11:36
އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ބުނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެ ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރު ޚިދުމަތް ފަށާނެ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.
އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގަ އެވެ.
ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ އެހީގައި ދުއްވާ އެ ބޯޓުތައް އޮޕަރޭޓްކުރާ އިރު އޮންނާނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގަ އެވެ. ގަޑިއަކު 46 ކިލޯމީޓަރު ބާރަށް ދުއްވޭ އެ ބޯޓުތަކަކީ އާދައިގެ ސްޕީޑް ބޯޓުތަކަށް ވުރެ ބާރަށް ދުވާ އަދި ގުޑުން ވެސް ކުޑަ ބޯޓުތަކެކެވެ.
ކެންޑެލާ އިން ބުނި ގޮތުގައި، އެ ބޯޓުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 80 ޕަސެންޓް ކުޑަކޮށްދެ އެވެ. ބެޓަރީގެ އެހީގައި ދުއްވާ އެ ބޯޓުތަކަށް ތެޔޮ އަޅަން ނުޖެހެ އެވެ.
"ޕީ-ޓުވެލް" އަކީ 11.99 މީޓަރު ދިގު، 378 ކިލޯވޯޓުގެ ބެޓަރީއަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭގެ ކޮންމެ ބޯޓެއްގައި 30 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އޭސީކޮށްފައި ހުންނަ އެ ބޯޓުތަކުގައި ވައިފައިގެ ހިދުމަތާއި އެންޓަޓެއިންމަންޓް ސްކްރީނާއި ޑިވައިސްތައް ޗާޖުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ހުރެ އެވެ.
އިލެކްޓްރިވް އިން ބުނި ގޮތުގައި، ސްޓޮކްހޯމްގައި މިހާރު ވެސް އާންމު ދަތުރުފަތުރުގައި "ޕީ-ޓުވެލް" ބޭނުން ކުރެ އެވެ. އަދި އެމެރިކާގެ ލޭކް ޓަހޯގައި ވެސް ވަރަށް އަވަހަށް މީގެ ބޯޓެއް ދުއްވަން ފަށާނެ އެވެ. އަދި އިންޑިއާ އާއި ތައިލެންޑުން ވެސް މިހާރު ވަނީ މީގެ ބޯޓުތަކަށް އޯޑަރު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުފަހާ ސިގުނަލް
11 November 2025
ތިޔައިގެ އެކަތި ގެނެސް އަޖުމަޔަށް ދުއްވާލުން ކިހިނެއް ވާނެތަ ކުއްލިޔަކަށް 10 ގެނައުމުގެ ކުރިން؟ ވީޑިޔޯއިން އެ ފެންނަކަހަލަ އޮމާން ތަންތަނެއް ނޫނެއްނު ދިވެހިރާއްޖޭގެ ކަނޑުތަކަކީ؟ މިހެން "ކުއްލިޔަކަށް" މިވަރުގެ "އިންވެސްޓެއް" ކޮށްލާތީ، އެކި ކަހަލަ ސިގުނަލްތައް ލިބޭތީ އަހާލަންޖެހޭނެތާ.
ވާނުވާ،،،
10 November 2025
ފޮއިލް ބޯޑު ދުއްވާ ކުދިންނަށް އިގޭނެ މި ވާނެ ކަމެއްކަން. ހަމަ ދެން ރޯނު އެދުރުން ހުސް
ދިގަލި
10 November 2025
އީގޯ ޝަޓްލްގެ ހިއްސާދާރުންނަކީ ޕީއެންސީ ކުދިންކޮޅެއްތަ؟
ކަޒްބޫ
10 November 2025
މަނީ ލޯންޑަރިންގެ ވަސް ނުދުވައިފިއްޔާ ކިތަންމެހާވެސް ރަނގަޅު!
ށސ11
10 November 2025
ކޯރުތަކާ، ލޭކުތަކުގަ ދުއްވަން ރަނގަޅު، އެކަމަކު މާކަނޑުގައި ދުއްވީމަ ވާނީ ކިހިނެއް
ވަކަބެ
10 November 2025
ދޫނި ރާއްޖޭގެ އުޅެނީ މުޅިންވެސް ރޯނު އެދުރުން، ތައުލީމީ ޤާބިލު ކަމެއް އަދި ހޭލުން ތެރިކަމެއް ނެތްތާކު މޮޅެތި ވާހަކަ ދެއްކޭތޯ އުޅުމަކީ ގޯހެއް އަދި އެހެންކްމުން ގައުމު ގައުމަކަށް ނެވެގެން މިއުޅެނީ! ބާރަށް ހަޅޭލާފަ އަތްޖަހާފަ ބަހައްޓާ. . .
ސުންދުސީ
09 November 2025
ދެން ދުއްވާ ފަ މުރަކަ ފަރެއްގަ ޖެހި ފުޑުފުޑު ވޭ ލޮލް
ދީނި
10 November 2025
ބަދުބަސް ނުބުނެ. ކަމެއްކުރަން އުޅޭބަޔަކަށް ހިއްވަރުދޭ ބަޔަކަށް ވަމާ!
ކަޑަބޮއް ސައީދު
10 November 2025
ބުރޯ ނޭގުމަށް ވުރެން ވަކި ދެރަ ކަމެއް ނުވޭ ދިވެހިން ކުރީޒަމާނުގައި ބުނަނީ ތިޔަކަހަލަ ބުރާންތިންނާއި ހެދި. މިއީ ސްވިޑެންގައި މީހާރު ދުއްވާ އެތަށްދުވަހެއްވެފައިވާ ޓެކްނޮލޮޖީއެއް. އެތަނުގައި ފެރީގެ ހިދުމަތް ދެނީ. އަހަރެން ސްވިޑެންއަށް ދިޔަ އިރު މީގައި ދަތުރުވެސް ކުރިން. މިއީ ހައިޑްރޯފޮއިލް އޭގެ ސަބަބުން ފެނުގެ ޑްރޭގް ދަށްކޮށް ބޭނުންވާ އެނާޖީ ދަށްކޮށްލާ. ދިވެހިންނަށް މި ފެންނަނީ ހަމަ އެކަނި މޮނޯހަލް. އޭގެ ސަބަބުން ތެޔޮ ހަރަދު އިންތިހާއަށް ބޮޑުވޭ.
ސަފަރުދޮންކަތްދަ
09 November 2025
ކޮބާ ޖާބެގެ ހެލިކޮޕްޓަރު؟ އަދިވެސް ކާރުޚާނާއިން ނުކުއްދެވޭވަރުނުވަނީ އުތަ؟
ަިަރްސް ވުޑް
09 November 2025
ގޮށް ރާޅުގަ ނުވާނެ ތިކަމެއް
2025
09 November 2025
ޙަމަތަނަކުން އެއްޗެއްފެންނައިރަށް ގެންނަންޖެހޭތަ ތީ މިކަހަލަ ކަނޑުުތަކުގަ ދުއްވާއެއްޗެއްނޫން، ބައްޓަމެއްވެސްނެތް ހީވަނީ ފޮށިގަޑެއްހެން.....ބޮއިހަލަކި