10 ނޮވެމްބަރ 2025 - 07:20
އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކުލް އެކްޓިން ދާއިރާއަށް އަލުން ނުކުންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހެރީއާ ކައިވެނި ބައްލަވައިގަތުމާ އެކު، 2018 ވަނަ އަހަރުން ފެށިގެން މޭގަން ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މޭގަން މިހާރު ވަނީ ހޮލީވުޑަށް އެނބުރި ދާން ނިންމައި ފުރަތަމަ ފިލްމަށް ސޮއިކޮށްފަ އެވެ. އެއީ "ކްލޯޒް ޕާސަނަލް ފްރެންޑްސް" ކިޔާ ރޮމެންޓިކް ކޮމެޑީ ފިލްމެއް ކަމަށާއި އެ ފިލްމުގައި މޭގަންއާ އެކު، ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ލިލީ ކޮލިންސް، ބްރީ ލާސަން، ހެންރީ ގޯލްޑިން އަދި ޖެކް ސްކުއަޑް ފެންނާނެ އެވެ.
ނަމަވެސް، އެ ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ނޭނގެ އެވެ.
އެ ފިލްމު ކުޅެން މޭގަން ނިންމީ ޝާހީ އާއިލާ އޮތް ގުޅުން ކަނޑާލައި ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުން ދެމަފިރިންގެ މާލީ ހާލަތު މިހާރު ވަރަށް ބޮޑަށް ދަށްވެފައި ވާތީ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޝާހީ އާއިލާއާ ގުޅުން ކަނޑާލައި، ހެރީ އާއި މޭގަން ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދެމަފިރިން ވަނީ އެކި ޓޯކް ޝޯތަކާއި ޑޮކިއުމެންޓްރީތަކުގައި ބައިވެރިވެފަ އެވެ. އަދި އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސެއް ވެސް ވަނީ ހަދައިފަ އެވެ.
މޭގަން ބޮޑަށް މަޝްހޫރުވީ 2012 އިން 2017 ވަނަ އަހަރާ ދެމެދު ގެނެސްދިން އެމެރިކާގެ ސީރީޒް "ސޫޓްސް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
11 November 2025
ތިހެން ނުވީއްސެއްނު ޝާހީ ހާންދާނުގަ ރައްޔިތުންގެ ޓެކްސްފައިސާގަ ބަސް އަހައިގެންހުރިނަމަ..... ބޮއިހަލަކި
ކޭޓް
10 November 2025
އަތް ނުފޯރާ ވަރަށް ވުރެން ދިރިއުޅުމުގެ ފެންވަރު މަތިވީމާ ވާނެ ތިހެން. އިނގިރޭސި ވިލާތުގަ ޝާހީ ދިރިއުޅުމުގަ އުޅުނީ ރައްޔިތުންގެ ޓެކްސް ފައިސާގަ. ރީއްޗަށް ބަސް އަހައިގެން އުޅެން ނޭނގި ބޮޑާ ހޭކާ ހީކުރީ ޝާހީ އާއިލާ އިން ވަކިވެ އެމެރިކާ އަށް ގޮސް ސިމްޕަތީ ކާރޑް ޖެހީމަ މީހުންގެ ސަޕޯރޓް އިތުރު ވާނެ އޭ. އެކަމު މީހުން ކުރިމަތީ އަގު ވެއްޓި ހޮލީވުޑް ސެލެބްރިޓީޒް ގެ މަދު ބަޔަކު ގުޅުން ބާއްވަނީ
އަޅި އަލީ
10 November 2025
ކިހާ ނޭނގޭ ދޯ!