ދިރާގުން ކުރިން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންތަކާއެކު ދިރާގުގެ އިސްވެރިން: އެ ޕްރޮގްރާމްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ދިރާގު
09 ނޮވެމްބަރ 2025 - 15:54
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރި ކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނުތައް ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަނާއި މާކެޓިން އާއި ސޭލްސް އާއި ޕްރޮކިއުމެންޓާއި ކޯޕަރޭޓް ސާވިސަސްގެ އިތުރުން ފައިނޭންސާއި ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެ ޕްރޮގުރާމްގައި އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާ ނުކުރާ ހުރިހާ ޒުވާނުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮގްރާމް މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ލ. އަތޮޅު އަދި ގއ. އަދި ގދ. އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީ ކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.
Apprenticeship Programme - Careers
Embark on a successful career with Dhiraagu's Apprenticeship Programme. Gain valuable experience and explore new opportunities. Join us today.
އެ ޕްރޮގްރާމަށް މި ލިންކުން އެޕްލައި ކުރެވޭނެ
އެ ޕްރޮގުރާމްގައި ބައިވެރިވުމަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ އެވެ.
ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމްގައިި މިހާތަނަށް ޖުމްލަ 288 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދިރާގާއި ރާއްޖޭގެ އެކި ޖަމިއްޔާތަކުގައި ވެސް ވަޒީފާތައް އަދާކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy