އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
10 ނޮވެމްބަރ 2025 - 18:28
ޓްރޭޑްމާކާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާުޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ހުށަހެޅި ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ފާސްކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ޓްރޭޑްމާކާބެހޭ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީީ ކާމިޔާބީއެެއް ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުން ރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ބިލު ގާނޫނަކަށް ވުމުން ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވުމަށް މަގުފަހިވާނެ އެވެ.
The People’s Majlis has passed the Trademark Bill, a historic milestone for the Maldives! ⁰For the first time, both local and foreign trademarks can be registered and protected, strengthening intellectual property rights and boosting investor confidence.
— Mohamed Saeed (@em_saeed) November 10, 2025
The new Trademark Law…
"ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބީއެއް! މި ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވި، ފިކުރީ މުދަލުގެ ހައްގުތައް ދިވެހިރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވި އެވެ،
އޭނާ ވިދާޅުވި ގޮތުގައި ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކުގެ މުދަލަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ޔަގީންކޮށް، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ އެވެ.
"ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަފީޓްކުރުން މި ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވޭ،" ސައީދު ވިދާޅުވި އެވެ. މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަންފީޒުކުރައްވައި، އެ ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެއެވެ.
މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު އޮތް މާހައުލެއް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަންމަތީ އާންޓި
11 November 2025
ފާޑުފާޑުގެ ބިލުހެދިޔަސް ވާކަމެއް ނެތް. ބަންގާޅިނގެ ދުއްޕާނާހެދި ދިވެހިންގެ ވިޔަފާރިތައް ފުނޑެނީ. ހުއްދަނެތި ރޭގަނޑު 3 ޖަހަންދެންވެސް ހުޅުވައިގެން ވިޔަފާރިކުރަނީ. ގީއެސްޓީއަށް މަކަރު ހަދައިގެން އެ ނުދައްކަ އަގުވައްޓާލައިގެން ދިވެހިންނަށް ޖެއްސުންކުރަނީ. ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްލައިގެން ހިންގާ ކަންމަތީ ބަންގާޅުންގެ ކަޑަތަކާހެދި ދިވެހިން ހަނާވަނީ ހުއްޓުވާނެ މުއައްސަސާއެއް ނެތީމަ!!
ސަސި
10 November 2025
ސައީދު އަދި ނުކުރޭ ތިޔަ ނޫންކަމެއް. ހަމަ ބޮޑެތި ކާމިޔާބީ
ބައިތުލްމާލު
10 November 2025
ދެންލަވަކިޔާ ތަމްސީލު ޑުރާމާ އަދި ފިލްމްކުޅެއުޅޭ ފަރާތްތަކަށް ވާނީ ކިހިނެއްބާ؟
ކޮރަލް
10 November 2025
މިހާރު ދިވެހި ވިޔަފާރި ވެރީންނެއް ނެތެވެ. ވިޔަފާރި ކުރަން ދިވެހީން އަތުގަ ފައިސާ އެއްވެސް ނެތެވެ. ވިޔަފާރި ކުރަނީ ބިދޭސީންނެވެ. ސިޔާސީ މީހުންނެވެ. ސިވިލް ސާވަންޓުންނެވެ. ސިފައިންނާ ފުލުހުންނެވެ. އެމީހުން ވިޔަފާރި ކުރާ ތާކު ނުހުރެ އެވެ. ވިޔަފާރި އޮންނަނީ ބިދޭސީންނާ ހަވާލު ކޮށްފަ އެވެ. އަސްލު ވިޔަފާރި ވެރީން ވަނީ ބާ ކީ ކޮށްފަ އެވެ.