ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
12 ނޮވެމްބަރ 2025 - 13:45
ދައުލަތުގެ ހަރަދުތައް ކުޑަކުރާނެ ކަމަށް ސަރުކާރުގެ އެކި ވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ހިސާބު އަދަދުތަކުން އެކަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ބަހުސްގައި އިދިކޮޅު މެމްބަރު މީކާއީލް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން "ޓާގެޓެޑް ސަބްސިޑީ" އުސޫލަށް [ސީދާ އެހީތެރިކަން ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ލިބޭ އުސޫލު] ބަދަލުކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވީ ނަމަވެސް އެ ގޮތަށް ކަންތައް ކުރައްވާނެ ކަން ބަޖެޓުން ނުފެންނަ ކަމަށެވެ.
"އައިއެމްއެފާއި ވޯލްޑް ބޭންކާ ދެން ވެސް އޮތް ތަނަކަށް ގޮސް ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރަން، އިއްޒަތްތެރި ރައީސް ތަކުރާރުކޮށް ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ، ކުރިއަށް އޮތް އަހަރު މިވެނި ކަމެއް ކުރާނަމޭ. ހަރަދުކު ޑަކުރާނަމޭ، ސިޔާސީ މުވައްޒަފުން ނެގުން އެކީ އެކައްޗަކަށް ހުއްޓުނީއޭ،" މީކާއީލް ވިދާޅުވި އެވެ.
އެކަމަކު، ސިޔާސީ މަގާމުތައް އަދިވެސް "ބަހަމުންދާ" ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް އޮތުމުން ދައުލަތުގެ ކުންފުނިތަކަށް އިތުރަށް އެތައް ހާސް މުވައްޒަފުންނެއް ނަގާނެކަން އެނގޭ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ހަރަދު ބޮޑު، އިސްރާފު ބޮޑު ބަޖެޓެއް ކަން އަޅުގަނޑުމެންނަށް ފާހަގަވޭ،" މީކާއީލް ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުން ލަސްވަމުންދާކަން އޮޑިޓާ ޖެނެރަލް ވެސް ފާހަގަކުރައްވާފައިވާ ކަމަށާއި ނަމަވެސް ވެރިކަންކުރާ ޕީއެންސީ އަށް އޮޑިޓާ ޖެނެރަލްގެ އެ ވާހަކަ މުހިއްމު ނުވި ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
"އޮޑިޓާ ޖެނެރަލްގެ އޮފީހަކީ ވެސް މިވަގުތު ސިޔާސީ ވެފައި އޮތް މުއައްސަސާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވަނީ މި ސަބަަބަށް ޓަކައި. އެ ސިޔާސީ ނުފޫޒާ އެކު ވެސް އެ ވިދާޅުވާ ވިދާޅުވުން މި ސަރުކާރަަކަށް އިމްޕްލިމެންޓް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަކަށް ނުފެނޭ. ހަރަދު ކުޑަކުރާނެ ގޮތެއް، ޕޭރޯލް ކުޑަކުރާނެ ގޮތެއް މި ބަޖެޓަކުން އަޅުގަނޑުމެންނަކަށް ނުފެނޭ،" މީކާއީލް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމާ ބެހޭ ގޮތުން ބަޖެޓް ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.
ޕީއެންސީގެ އިސް މެމްބަރު ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުން ދޭ އެފަދަ އެެން އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށެވެ.
"މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،" ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ އިރު އިރު އެ އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"[ޒަކާތް] ދޭން މި ޖެހެނީ ފަގީރުންނަށް، ނިކަމެތިންނަށް، އެހެންވީމާ މި ރާއްޖޭގައި އެ ބަދަލު އެބަޖެހޭ ގެންނަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ދައުލަތުން ހިލޭ ކޮށްދޭ ކަންތައްތައްތަކާއި ދޭ ސަބްސިޑީތައް ގިނަ ކަން ފާހަގަކޮށް، އެކަންކަމަށް ކުރާ ހަަރަދު ކުޑަކުރަން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ދައުލަތުން ދޭ އިނާޔަތްތަަކީ ސީދާ އެކަމަށް ބޭނުން ޖެހޭ މީހުްނަށް ދޭ، "ޓާގެޓެޑް" އެއްޗަކަށް ހަދަން ޖެހޭ ކަމަށް އެކި ސަރުކާރު ތަކުން ވާހަކަ ދެއްކި ނަމަވެސް އެކަމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
13 November 2025
ލަދުގެ ކަންފުޅެއްވެސް އެބަހުރިތަ ކަލޭނޭ.
އަދާލަތު
12 November 2025
މަނިކުފާނުގެ ބުއްދި ތިހުރީ އަދާލަތު ޕާޓީންގެ ފަރާތުން އެމްޑީޕީއަށް ހެދި މައްލަވާގަ ޖެހިފައެވެ އޭގެ ސަބަބުން ހިސާބު އަދަދު ފެންނާނީ އިދިކޮޅަށް.. މި ބަޖެޓަކީ މިހާތަނަށް ހުށަހެޅި އެންމެ ފުރިހަމަ އެއް ބަޖެޓުކަމަށް ބުނެވިދާނެއެވެ.
އަހާކަލޭނޭ
12 November 2025
ދަރިއާ ކަލޭތީ 19 ވަނަ މަޖިލީހުގަ ދައުލަތުން ހުށަހެޅި ވައްކަމުގެ ރަސީދަށް ތާއީދުކޮށް އެކަމަށް ވޯޓުލައިގެން ބަޖެޓުފާސްކޮށް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ މަޖިލީހުން ބޭރުކޮށްލަން ހަޅޭލެވި އެކަކު، މިހާރު ދެން ކީކޭ ތި ކިޔަނީީ..
ބަކުންބޭ
12 November 2025
މީކާއިލުމެނަށް އެއްގޮތެއްވެސް ރަނގަޅެއް ނޫން، ކުރީގަ ބުނީ ކަމެއް ކުރާތަނެއް ނުފެނެޔޯ؟ ކަންކުރަން ފެށުމުން ބުނަނީ ލާރި ވޭސްޓްކުރަނީ އޯ.
މަޖިލީހުގެ ރައީސް
12 November 2025
މީކާއިލަށް ކެރޭނެތަ ބަޖެޓުން ކުރާ ހަރަދު ކުޑަ ކުރުމަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ފުޅު ކުޑަކުރަން ބިލެއް ލާން، މަނިކުފާނުގެ މުސާރައިން 1/2 ނަގާފަ ދެންހުރި ބައި ދައުލަތުގެ ޚަޒާނާއަށް ލާން..
އެމްޑީޕީ މީކާއިލް
12 November 2025
ހިނގާ ބަޖެޓުން ހަރަދުކޮށްގެން ހެދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިއްސާ އަންބާނީ ފެމެލީއަށް ވިއްކައިގެން އާމްދަނީ އިތުރުކުރަން
އަމީނީމަގު
12 November 2025
ކަލޯ ބުރިޖު މޯގެޖުކޮށް ހުރިހާ ސްކޫލެއް މޯގެޖުކޮށް ލޯނު ނެގިއިރު ބަޖެޓުން ފެނުނި ވަރަށް ފުރިހަމަ މަންޒަރެއް ދޯ... ހިނގާ އަމީނީމަގު ވިއްކާލަން ބަޖެޓަށް ލާރި ހޯދުމަށް
އަހްމަދު އަސީލް
12 November 2025
ގައުމަށް ތަރައްގީ އަންނާތީ އެކަން ހަޖަމް ނުވެގެން އިދިކޮޅުން އުޅޭތަން މި ފެންނަނީ.
ނޫރާ ހަލީމް
12 November 2025
ބަލަގަ މިދިޔަ 5 އަހަރު ހޭވި ހަޑި މި ސަރުކާރުން ސާފްކޮށް ގައުމު މިހާރު މިދަނީ ހަމަ މަގަށް އެޅި ރަނގަޅު މިސްރާބަށް. ގައުމު މިދަނީ ރަނގަޅު ސްޕީޑުގައި ކުރިޔަށް.
އަކްސަމް މުހައްމަދު
12 November 2025
މިދިޔަ 5 އަހަރު މުޅި ގައުމު ދަވާލި އިރު އަތް ޖަހަން ހުރެފަ ދައްކާ ހަޑި ވާހަކަ ނިކަން ދެކިބަލަ