ރައީސް ޑރ.މުހައްމަދު މުއިއްޒު ކ.ގުޅިއަށް މިއަދު ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ނުކުތް ރައްޔިތުންނާ ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2025 - 18:16
ތަަރައްގީގެ މަޝްރޫއުތަކުގެ އެކި މަރުހަލާތައް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މިހާރު ފެންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކ.ގުޅީގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ގުޅީގައި ބިންހިއްކުމުގެ މަޝްރޫއު ނިމުނު ގޮތަށް، އެ ރަށުގެ އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށާއި ހަމަ އެގޮތަށް އެހެން ރަށްރަށުގެ މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށެވެ. ގުޅިއާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ސަރުކާރުން ކޮށްދޭން އޮތް ކަމެއް ވިއްޔާ ކުރަމުން ނިންމަމުންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ރަށްގައި ވެސް ފެނިވަޑައިގަންނަވާނެ މިހާރު. ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން، އާ މަޝްރޫއުތައް ފެށޭތަން. އެހެންވީމާ ގުޅީގެ ރައްޔިތުންނަށް ތިޔަ އެކްސްޕީރިއެންސް ކުރަމުންދާ ނޫނިއްޔާ ފެނިވަޑައިގަންނަވާ މަންޒަރަކީ އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަންތައް، ފެނިވަޑައިގަންނަވަމުންދާ ކަންތައް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވެ، ސަރުކާރުން އެ ގޮތުގައި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ވެސް އެ މަނިިކުފާނު ދެއްވި އެވެ.
ކ.ގުޅީގައި އަލަށް ހިއްކި ބިން. ފޮޓޯ:އެމްޓީސީސީ
ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަަސައްކަތް ފެށީ މިދިޔަ އޭޕްރިލްމަހު އެވެ.
އެ މަޝްރޫއު ގައި ގުޅިއަށް 10.15 ހެކްޓަރުގެ ބިމެއް އިތުރުކުރި އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހި އެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 89 މިލިއަން ރުފިޔާ އަށެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއޮތީ
13 November 2025
ބިން ހިއްކާފަ ހިމާޔަތްކޮށްފަ ބިންގާ އަޅާފަ ރިބަން ކަނޑާފަ މި ބުނަނީ ތަރައްޤީ ކުރެވިއްޖެއޭ. މީހުންގެ ވިސްނުން ތަރައްޤީ ނުވަންޏާ ކޮން ތަރައްޤީއެއްގެ ވާހަކަ ދައްކާކަށް؟ މީހުން އޮފީހަށް ގޮއްސަ ތިން ގަޑިއިރު ހަތަރު ގަޑިއިރު ތިބެނީ ސައިމޭޒު ކައިރީ ބައިސާ ކަނޑަން. މިއީތޯ ތި ގެންނަ ތަރައްޤީއަކީ؟؟؟ ޒިއްމާ ނަގާ އެކަކުވެސް ސަރުކާރުގައި އުޅޭތޯ؟؟؟
މިއޮތީ
13 November 2025
ބިން ހިއްކާފަ ހިމާޔަތްކޮށްފަ ބިންގާ އަޅާފަ ރިބަން ކަނޑާފަ މި ބުނަނީ ތަރައްޤީ ކުރެވިއްޖެއޭ. މީހުންގެ ވިސްނުން ތަރައްޤީ ނުވަންޏާ ކޮން ތަރައްޤީއެއްގެ ވާހަކަ ދައްކާކަށް؟ މީހުން އޮފީހަށް ގޮއްސަ ތިން ގަޑިއިރު ހަތަރު ގަޑިއިރު ތިބެނީ ސައިމޭޒު ކައިރީ ބައިސާ ކަނޑަން. މިއީތޯ ތި ގެންނަ ތަރައްޤީއަކީ؟؟؟ ޒިއްމާ ނަގާ އެކަކުވެސް ސަރުކާރުގައި އުޅޭތޯ؟؟؟
ފަތިހާ
13 November 2025
ބިންކޮނެފަ ބިމަށް އެޅި ކޮންކްރިޓް ކޮޅު ނޫން އެއްޗެއް ނެތް. އެއްކަމެއްވެސް ނުހިނގާ.
ބަކުރުު
13 November 2025
ގުޅި، ރުނބައަކަށް ބަދަލުކޮށްފި
ވެރިކަން
12 November 2025
ފުރަތަމަ ބުރުގެ އިންތިހާބުގެ ނަތީޖާއިން ބަލި ވީމަ ޖެއްސުންމަށް މުޅިރާއްޖޭގެ އެތައް މިތަނުގައި އެތައް ސަތޭކަ މިލިއަންގެ ރުފިޔާގެ ޕްރޮޖެކްޓުތައް ފެށީ ދައުލަތުގެ ޚަޒާނާގެ ފޫކަހާލާފަ، ފައިސާގެ ބިލްތަކާއި ކުރެޑިޓު އޮތީ ރައީސް ޑރ މުއިއްޒުގެ ބޮލަށް ކަނޑާލާފަ ބަޗައިގެން ދިޔައީ، ބިލްތަކަށް ފައިސާ ދެއްކުމާއި އެކު ޕްރޮޖެކްޓުތައް ފަތުއަޑުކިޔާފައި ކުރިއަށް ނުދާ އެއްވެސް ރަށެއް ނުހުންނާނެ.
ވައްކަން
13 November 2025
އެބިލްތައް ހުރިކަން އެނގިހުރެގެން ނޫންތަ މިހާރު ހުރި ވެރިމީހާ ވެރިކަމަށް އައީ؟ އަދި ބުންޏެއްނު ބަހަނާއަކަށް ކުރީ ސަރުކާރޭ ނުކިޔާނަމޭ؟ ނުކިޔާތަ؟
އޮރި
13 November 2025
މިއީ ހިނގަހިނގާއޮތް ދައުލަތެއް. ސަރުކާރުތައް ބަދަލުވަމުން ދާނެ. ކޮންމެ ސަރުކާރެއް އަންނައިރު ކުރީސަރުކާރުގެ އަރަންޏާއި ދަރަނި ހުންނާނެ. އެއްވެސް ސަރުކާރަކަށް އަރަންޏާއި ދަރަނި ހިފައިގެން ނުދެވޭނެ. ވެރިކަމަށް އަންނަ ސަރުކާރަށްވެސް އެކަން އެނގޭނެ. ވެރިކަމަކީ އައްޔަނުކުރާ މަގާމެއްވެސް ނޫން. އެއީ އަމިއްލައަށް ކުރިމަތިލައިގެން އެގާބިލުކަން ހުރިކަން ރައްޔިތުންނަށް ކިޔައިދީގެން ރައްޔިތުންގެ ވޯޓުގެ މެޖޯރިޓީ ލިބިގެން ހޮވޭ މަގާމެއް.
ތަރައްގީވޭ
12 November 2025
އަހަރުން ރަށުގަވެސް ފަތު އަޑު ކިޔާފައި މަސައްކަތް ކުރިއަށްދޭ، ކައުންސިލް އިމާރާތް އަޅަނި، ޕޮލިސް ސްޓޭޝަން ހަދަނި، ފެނާއި ނަރުދަމާ ނިމުނީ. އަދި އާ މިސްކިތެއް އަޅަން ބިން ސާފު ކުރަނީ... މީ މުޅިންވެސް ރައްޔިތުންނާއި ގުޅިފަހުރި ތަރައްގީގެ މަޝްރޫއުތައް.. ސުކުރިއްޔާ ރައީސް.. ރައްޔިތުން އެދޭ ތަރައްގީ.
ތަރައްޤީ-ޕޭ
13 November 2025
ނުވެެއްނިމޭ ދޯ؟
ޟމމމމ
12 November 2025
އިތުރުފުޅެއް! މިވެެރިކަން އައިއިރު އަހަރުމެން ރަށުގެ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަނަމަމެސް، މި ވެރިކަން އައުމަށް ފަހު މަސައްކަތް ހުއްޓިފަވާތާ 2 އަހަރު ވަނީ. ކުރީ ވެރިކަމުގައި ފެނާ ނަރުދަމާގެ 80 އިންސައްތަ ނިންމާފަ އޮތަސް ވެރިކަން ބަދަލުވި ފަހުން އެއްވެސް ވަރަކަށް ކުރިއަކަށް ނުދޭ. އިހައްދުވަހު ރައީސް ވަޑައިގެން ބިންގާ އެޅި އެއްވެސް މަޝްރޫޢެއް ކުރިއަކަށް އަދި ނުކަނޑާ. މުސާރަ ހިނގާ މުވައްޒަފުން ތަކެއް ތިބީ. ތެކެއްޗެއް ނެތް.
ރަދީފްއޮފިޝަލް /
12 November 2025
''ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި'' . ނިންމަން ވެސް ރަސްމިއްޔާތެއް ބާއްވަން ޖެހޭ!! ހެހެހެހެހެހެ
ބަގުރޫޓު
12 November 2025
ދައުލަތުގެ ޚަޒާނާ ލޫޓުވައި، ރިޒާވު ދަމާލާފައި ފައިބައިގެން ދިޔަ ބަޔަކު ޕާޓީކޮށް ހަތަރެސްފައި ޖަހަން ތިބީ ރައީސް ޑރ މުއިއްޒުގެ ވެރިކަން ސަވައިވުނުވެ ލައްކާއަށްވީހެންވެ ގައުމު ބަގުރޫޓު ވާނެ ކަމަށެވެ. ނަމަވެސް ރައީސްގެ ހިކުމަތްތެރި ކަމުން ގައުމު ރިކަވަރކޮށް ހަމަ އިސްކޮޅަށް ތެދުވެ، ފަތުއަޑުކިޔާފައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާ މަންޒަރު ފެނުމަކީ އުފާވެރި މަންޒަރެއް، އަދި އަދާވާތްތެރިންގެ ހިތަށް ކެއްނުވާ މަންޒަރުތަކެއް ކަން ކަށަވަރެވެ.
ޢަރުތަ
12 November 2025
"ދައުލަތުގެ ޚަޒާނާ ލޫޓުވައި، ރިޒާވު ދަމާލާފައި ފައިބައިގެން ދިޔަ ބަޔަކު....." މީހަމަ ރައީސް ޔާމީނަށް ވަގަށް ގޮވުން ކަހަލަ ވާހަކްއެއް، އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން، ދެން ކޮންމެ އެއްޗެކޭވެސް ލިޔެވޭނެތީވެ ލިޔެލާފަ އޮތީ، އެހެން ނޫންނަމަ އެބަޔަކު ގެންގޮސް ހުރަގެޔަށް ނުލާ މިސަރުކާރުން އޮންނާނެބާ! ތިޒާތުގެ ކަންކަން އެއްބަޔަކު އަނެއްބައެއްގެ ބޮލުގަ އަޅުވަނީ، ރައްޔިތުންނަށް އޮޅުވާލާ ވާވައްދަން، އަނެކުންނާ ދޭތެރޭ ރައްޔިތުން ނަފްރަތު ކުރުވަން.
ތަރައްގީގެ ބާނީ
12 November 2025
މީގެ ކުރިން ކަން ކަން ކުރަން އުޅެނީ ފަހު އަހަރު މިހާރު ރާއްޖެތެރޭގެ ހުރިހާ ރަށެއްގައި ވެސް ޕްރޮޖެކްޓުތައް ކުރިއަށް އެބަދެ ފަތުއަޑު ކިޔާފަ، މި ޕްރޮޖެކްޓުތައް ނިމޭނެ ކުރިއަށް އޮތް ދޮޅުއަހަރު ތެރޭގައި.. މި ހާރު ކަން ކަން ކުރަނީ ދެމެހެއްޓެނިވި ގޮތަކަށް، ވަށާޖެހޭ ގޮތަށް.. ޝުކުރިއްޔާ ރައީސް
މޯލްޑިވްސް 2.0-
13 November 2025
ދެއަހަރު ނިމުނީ. 2 އަހަރު ބޭކާރުވެގެން އެ ދިޔައީ