ޕީއެންސީގެ ބޮޑު ޖަލްސާގައި ހީނާ ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
15 ނޮވެމްބަރ 2025 - 00:49
ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިދިކޮޅު ފަރާތްތަކަށް ރޭ ރައްދު ދެއްވައިފި އެވެ.
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.
"..އަދި ކޮބައިތޯ އަޅުގަނޑށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ؟ ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފަ އަށް ވެސް ހަޖޫޖަހައި އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރު ވެސް ނެތީމަ،" ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހީނާ ވިދާޅުވި އެވެ.
ހީނާ އަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށެވެ.
އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯއްދަވަމުން ގެންދަވާ ފަރުވާއާ އެކު، މީގެ ކުރިން ހީނާ ވަނީ ކެންސަރުގެ ބިރުވެރިކަމާއި ހިތްދަތިކަން ވެސް ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ.
އެތައް ހާސް ބަޔަކާ އެކު ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް އަމާޒުކޮށް، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދަނީ އަންހެނަކަށް ވީތީ ކަމަށެވެ. އޭގެ ތެރޭގައި ހީނާ ފާހަގަކުރެއްވީ އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކެކެވެ.
އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހީނާ ވިދާޅުވި ގޮތުގައި އެންސްޕާ ހިންގާނެ ތަނެއް ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާންކުރީ އެ އޮންނަ އުސޫލުގެ ދަށުންނެވެ.
"އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބިޑަށް ބޭނުން ކޮންމެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔަ ކަމެއް. އެ ބިޑު ކާމިޔާބުކުރި ފަރާތުން އެދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓްކުރީ. އެ މުއާމަލާތުގައި ދައުލަތަކަށް އެންމެ ލޯލާރިއެއް ވެސް ނުގެއްލޭ." އެކަން ހިނގާދިޔަ ގޮތް ސާފުކޮށްދެއްވަމުން ހީނާ ވިދާޅުވި އެވެ.
ޕީއެންސީން މިރޭ ބާއްވާ ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު އަންހެނަކަށް ވީތީ އޭނާގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ ހީނާ ސުވާލު އުފެއްދެވި އެވެ.
އެ ޖަލްސާގައި ހީނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ބައްދަލުވުމެއްގައި އޭނާއާ ގުޅުވައި ދެެއްކި ވާހަކަތަކަކަށް ވެސް ރައްދު ދެއްވައިފަ އެވެ. ހީނާ ވިދާޅުވި ގޮތުގައި އެއީ އާއިލާ އާއި ދަރިން ދޫކޮށް، މަގުތަކަށް ނިކުމެ، ޔާމީން މިނިވަން ކުރުމަށް ކުރެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރާ ގޮތެވެ.
ހީނާ ވިދާޅުވީ ނަފްސާނީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ދޮގު ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި އެކަމަކު އަޒުމު ގުޑުވާނުލެވޭނެ ކަމަށާއި މަސައްކަތުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީނާ
15 November 2025
ތެދު ވާހަކައެއް ނޫން ތިދެއްކީ! ހީނާގެ ސިފައާއި ބަލިހާލަތަށް ބަޔަކު ހަޖޫނުޖަހާ، އަދި އަންހެނަކަށްވީތީވެސް ފުރައްސާރަ ނުކުރޭ. ރައްޔިތުން ދައްކަނީ ރައްޔިތުންގެ ބޭސްސިޓީތަކަށް ބޭސްނުލިބި، ފަރުވާއަށް ބޭރަށްދާން ދައުލަތުގެ އެހީތެރިކަން ނުލިބޭއިރު ހީނާގެ ބަލިހާލަތަށް ފަރުވާކުރަން ދައުލަތުގެ ޚަރަދުގައި ބޭރަށްގޮސް ބޭނުންވި ތަނުން ފަސޭހަކަމާއި އެކު ފަރުވާ ކުރެވުނު ވާހަކަ. އެމީހުންގެ އާދޭހާއި ވޭނުގެ އަޑު ހީނާމެނަށް ނީވެނީ ތިވަރުގެ އެއްވުމެއްގަ ނުދެއްކޭތީ.
ޢަރުތަ
15 November 2025
ސިއްހީ ހާލަތަށް ފުރައްސާރަ ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރަން، ދެން ތިބުނި ވާހަކައާ ދެކޮޅު، އެއީ "އަންހެނަކަށް ވީތީ އޭނާގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ" ހީނާ ސުވާލު އުފެއްދެވި އެވެ. ކޮންމެހެން އަންހެނަކަށް ވީތީއެއް ނޫން، ސިޔާސީ ވީމަ ވާނެގޮތް، ވަކި މީހެއް ނޫން، ތީގެން ހަމަ ކޮންމެ މީހެއްގެ ބޮލުގަވެސް ދޮގު އިލްޒާމު އަޅުވަމުން ވަގު ބަދުނާމު ކުރަމުން ދުވަނީ އެކަކު އަނެކަކަށް، ހީނާވެސް ހިމެނޭ ގޮތަށް މިބުނީ،
ބޮނދުބޭ
15 November 2025
މީހުން އެއްޗެހި ކިޔަނީ ވައްކަންތަކެއް ކުރެވިފަ ހުރީމަ ކަމަށް ކުޑަކޮއްވެސް ވެދާނެބާ.? "އިންސާނިއްޔަތުކަމެއް ނެތުމުން" މިހެން އެކަނި ބުނެވޭނެބާ..
ބޮނދު
15 November 2025
ސިޔާސީ މަގާމުތަކައް ކުރިމަތިލާންވާނީ ވަރައް ކެރޭމީހުން. އަދިކިޔެއްތަ ތިޔަ ހުރީ ސިޔާސީ ދެވަޒީފާ ގައި.
ބުނަމޭ
15 November 2025
ބުނަންތަ މީފިސާރި ވަރުހުރި ކަނބަލެއް މިފަސްއަހަރު ނިމޭއިރު މަހުޖަނަކަށްވާނެ ކަމީ ޝައްކެއްއޮތްކަމެއްނޫން
ދިސްއިޒްއިޓް
15 November 2025
ހަޖޫޖަހާނެ ސިޔާސީ ދާއިރާގައި އުޅޭއިރު އެކަން ނޭގޭ މީހުން ސިޔާސީ ދާއިރާ ދޫކޮށް ގޭގައި ކައްކަން ބަދިގޭގަިއ ހުނި ގާނަން ހުރީމާ ނިމުނީއޭ ދިސްއިޒްއިޓް...
ބޮޑުރިޔާ
15 November 2025
ހީނާ ބޮނޑިބަތޭ ކިޔައިގއން އެހެންމީހުންނަށް މަލާމާތްކުރާ އިރު އެހެންމީހުން ހީނާއައްތްއުރީފުކޮއް ތާއަބަދު އަތްޖަހަންތިބޭނެހެން ހީވާނަމަ އެއީ ތިމާގެ ހުރި ކޮށި ވިސްނުމެއް ކޮބާތޯ ބެންކޮކްގެ އާސަންދައާ ޔޫރަޕްގެ މޮޅު ބެސް
އަސަރީ
15 November 2025
ފިރިހެނަކަސް އަދި އަންހެނަކަސް އިޚުލާސްތެރިކަމާއިއެކު އެކަން ކުރާނަމަ ރައްޔިތުން ބަލައިގަންނާނެއެވެ. ސިޔާސީ މީހުންނަކީ ގައުމުގެ މާލިއްޔަތާއި، މަގާމާއި، ފުލެޓް އަދި އެހެނިހެން ކަންކަމުގައި ވެސް ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުހައްގުން ބޮޑުކޮށް މަންފާ ހޯދަމުން ދާ ބައެކެވެ. ސިޔާސީ މީހުންނަކީ އެންމެ ގިނައިން ދޮކާއި، މަކަރު ހަދަމުން ދާ މީހުންކަން ވެސް ފާހާގަ ކުރެވެއެވެ. މިކަމުގައި އަންހެނަކަސް ފިރިހެނަކަސް ތަފާތެއް ނެތެވެ.
ސަލިިީމް
15 November 2025
ހީނާއަށް އަދިކިރިޔާ ތިޔަކަން އެނގުނީ! މަށަށް ޔާމީނުގެ ވެރިކަމުގަ އެކަން އެނގިއްޖެ، އެހެންވެ އޭނާއަކަށް މަތާއީދު ނުކުރަން
ކޮޓެކުސް
15 November 2025
ރައީސް ޔާމީންއަކީ ރާއްޖެމިހާތަނައް ނުދެކޭވަރު ވަރުގަދަ ކެރޭ ގަޓުހުރި މޮޅު ލީޑަރެއް ދެންކީތްވެ ކަލޭމެންނައް ހަޖަމުނުވެވިގެން ތިޔައުޅެނީ
ވަކަމޭން
16 November 2025
އެހެންވެދޯ ދެމީހަކު އިސްކޮށް ހުރެ އެމްއެމްޕީއާރުސީ ގެ ތެރޭން ބިލިޔަނުން ވަގަށްނެގީ؟