ޒަޔާން، ނަބާހާ، ނަބީހާ، މި ތިން ކުޅުންތެރިން ވަނީ ޒެމްބިއާ މުބާރާތުގައި ރަނގަޅު ނަތިޖާތަކެއް ނެރެފަ --- ފޮޓޯ: ރިވައިވަލް ސްޕޯޓްސް
16 ނޮވެމްބަރ 2025 - 19:20
ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޒެމްބިއާގެ ވެރިރަށް ލޫސަކާގައި މިއަދު ނިންމާލި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންއާ ދެކޮޅަށް ނުކުތީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ.
ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ތަމްސީލު ކުރި ނަބާހާ އާއި ޒަޔާންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-18 އަދި 22-20 ންނެވެ.
ޒަޔާން އާއި ނަބާހާ: މިއީ ބީޑަބްލިއުއެފްގެ މުބާރާތަކުން އެ ދެ ޕެއާ ރަން މެޑަލް ހޯދި ދެވަނަ ފަހަރު --- ފޮޓޯ: ރިވައިވަލް ސްޕޯޓްސް
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް އެވެ. އަދި ބީޑަބްލިއުއެފްގެ ސީރީޒް މުބާރަތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ފަސްވަނަ ރަން މެޑަލް އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެތެރެއަށް ސަރުކާރުން ވަދެފައިވާ ކަމަށް ބުނެ ބީޑަބްލިއުއެފުން ވަނީ ރާއްޖޭގެ ގައުމީ ޓީމު، އެ ފެޑެރޭޝަންގެ މުބާރާތްތަކުގައި ބައިވެރިވުން މަނާކޮށްފަ އެވެ. ނަމަވެސް ވަކިވަކި އެތުލީޓުން އަމިއްލަ ގޮތުން ބައިވެރިވުމުގައި ވަނީ އިސްތިސްނާކޮށްފަ އެވެ.
ނަބާހާ އާއި ނަބީހާ --- ފޮޓޯ: ރިވައިވަލް ސްޕޯޓްސް
އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި އާމިނަތު ނަބާހާ ވަނީ ވާދަކޮށްފަ އެވެ.
ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނީ ދެވަނަ އަށް ސީޑްކޮށްފައިވާ ދެކުނު އެފްރިކާގެ ޕެއާ ކަމަށްވާ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒް އެވެ.
އެމީ އާއި ޝޯޓްޒްގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން، 21-16 އަދި 21-14 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަކި
17 November 2025
ނަންވާނީ ލައިބާ
އަސަރު68
17 November 2025
ރާއްޖޭގެ ނަން ރީކޮށްދޭން ތިޔަކުދިން ކުރާ ބުރަ މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް.
ލައްޓީ
17 November 2025
މުބާރަތަކޭ ސާބަސް މިވާ ގައުމެއް