އިދިކޮޅު ޓީމުތަކުގައި ބޮޑެތި (އިސްކޮޅުން ދިގު އަދި ފިޒިކަލީ ވަރުގަދަ) ކުޅުންތެރިން ތިބިއިރު އޭގެ އެޑްވާންޓޭޖް ނެގިޔަ ނުދީ ރާއްޖެއަށް ކުޅެވޭކަން ކުރީގެ ހަތަރު މެޗުން ދައްކައިދީފައިވާކަމަށް ގައުމީ ކޯޗު ބުނި
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯގަން): އޭނާ ބުނީ ފަސޭހައިން ބައިކޮޅަށް ވަންނަ ގޯލްތައް މަދުކުރަން އިސްކަންދީފައި ވާނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ނޮވެމްބަރ 2025 - 17:07
ގައުމީ ފުޓްބޯޅަ ޓީމުގެ ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދިއްޖެކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އޯގަސްޓް މަހު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޯހަންގެ ކޯޗުކަމުގެދަށުން ރާއްޖޭން ކުޅޭ ފަސްވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ދިގު މުއްދަތަކަށް ކުރިން އަދާކުރި މޯހަން ބުނީ ރާއްޖޭގެ ޓީމަށް ކުރިމަތިވާ އެންމެ ބޮޑު ގެންޖެހުމަކީ ދިފާއީ މައްސަލަ ކަމަށެވެ.
"އާންމުކޮށް އަޅުގަނޑުމެންގެ ދިވެހި ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އާދައިގެ ގޯލް ނުވަތަ ސިމްޕަލް ގޯލް، ފަސޭހަ ގޯލް ވަދެގެން ދިއުން. އެހެންވީމާ އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރިން،" ފިލިޕީންސް މެޗަށް ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން މޯހަން ބުންޏެވެ.
މޯހަން ބުނި ގޮތުގައި ދިފާއީ ގޭމް ޕްލޭނުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ކުރިއެރުންތަކެއް ވެސް ހޯދިފައިވާކަން ހިތްހަމަޖެހުމާ އެކު މޯހަން ފާހަގަ ކުރި އެވެ.
"އެއްކަމަކީ މިދިޔަ ހަތަރު މެޗުގައި ސެޓްޕެލޭއަކުން (އަޅުގަނޑުމެންގެ ކޮޅަށް) ގޯލެއް ނުޖަހާ. ބޮލަކުން ގޯލެއް ނުޖަހާ ހުރަހެއް (ނަގައިގެން) ވެސް. އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މޯހަން ބުންޏެވެ.
"އިދިކޮޅު ޓީމުތަކުގައި ބޮޑެތި (އިސްކޮޅުން ދިގު އަދި ފިޒިކަލީ ވަރުގަދަ) ކުޅުންތެރިން ތިބިއިރު އޭގެ އެޑްވާންޓޭޖް ނެގިޔަ ނުދީ އަޅުގަނޑުމެންނަށް ކުޅެވޭކަން. އެ ޑިސިޕްލިން ވަރަށް ރަނގަޅު. އޭރިއާތެރޭގައި މާކިއާ މިކަންކަން ވަރަށް ރަނގަޅު."
ނަމަވެސް އަދިވެސް ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދަންޖެހޭ ކަންކަން ހުރިކަން އޭނާ ފާހަގަ ކުރި އެވެ.
"މިހާރުވެސް ވަދެގެން މިދަނީ ވަރަށް ސިމްޕަލް ގޯލްތަކެއް. އެއީ މިހާރު އަޅުގަނޑުމެން ހުއްޓުވަންޖެހޭ މަސައްކަތަކީ. އަނެއްކާ ގޯލް ވަންނަ ވަގުތު. ހާފު ފަށައިގެން 10 މިނެޓްތެރޭގައި ބައިކޮޅަށް ގޯލް ވަނުން. އެއީ ހަމަ ގައިމުވެސް ވަރަށް މާޔޫސްވާކަމެއް. އެހެންވެ އެކަންކަންކަމަށް އަޅުގަނޑުމެން މިފަހަރު ވަރަށް ބޮޑަށް ފޯކަސްކޮށްފައި އޮންނާނީ،" މޯހަން ބުންޏެވެ.
އޭނާ ބުނީ ސީޒަން ފަށައިގެން މިހާރު ކުރިއަށްދާތީ ކުޅުންތެރިންގެ ފިޓްނަސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.
ފިލިޕީންސްގައި ނެޗްރަލައިޒޭޝަން އުސޫލުން ރަށްވެހިކަން ދީގެން އެ ގައުމުގެ ގައުމީ ޓީމަށް ކުޅުވާ ކުޅުންތެރިން ގިނަ އެވެ. އެހެންވެ އެ ގުރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ފިލިޕީންސްކަމަށް އޭނާ ބުންޏެވެ.
ހާއްސަކޮށް އެ ޓީމުގައި އިންޑަވިޖުއަލް މޮޅު ކުޅުންތެރިން ގިނަކަން މޯހަން ފާހަގަ ކުރި އެވެ.
ފިލިޕީންސާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން މާދަމާ ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަތީޖާ ފެންނާނެ.
19 November 2025
ދެން ބާކީ ހުރި މެޗްތަކުގަ ތި ޑިފެންސް އާ އެކު އެޓޭކް ކުރަން ދަސްކުރަމާ. ޕްރެޝަރުގަ ބޭނުން ގޮތަކަށް ބޯޅަ ނުހިފެހެއްޓޭނަމަ ޓީމަށް ނުނަގަބަލަ. މި މެޗްގަ ފަހުވަގުތު ކޮޅު ބޯޅަ ހިފަހައްޓާލެވުނީމަ ކޮންމެވެސް ވަރެއްގެ އެޓޭކެއް ކުރެވުނު.
ދޫނިރާއްޖެ 2.0
17 November 2025
ބަލާބަލަ މޯހަންބެ މިއޮއްކިޔާ އެއްޗެއް... ވޭތުވެދިޔަ ހަތަރުވަރަކަށް މެޗުގަ ލޮލުން ގޯލެއް ނުވަދެޔޯ... އަތުން ގޯލެއް ނުވަދެޔޯ... ނޭފަތުން ގޯލެއް ނުވަދެޔޯ... އެކަމަކު ހުރިހާ މެޗަކުންވީ ބައްޔޯ.... ކާކުތަ ގޯލު ޖަހާތަންތަން ބަލަން އުޅެނީ... މޮޅުވޭތޯ ނޫންތަ ބަލަންވީ...
ދޫނިރާއްޖެ 2.0
17 November 2025
މެޗު ފެށުމުގެ ކުރިން މިވަރުގެ ބައެއް ނެތިގެން ވާހަކަ ދައްކަންފަށާނެ... ހަމަ މެޗުނިމޭއިރައް ބުނާނެ ފިނިބޮޑީއޭ... ނޭވާލާން އުނދަގުލޭ... ފަރުބަދަ ފެންނަނީއޭ... ބޮޑު ތަޖުރިބާ ގަނޑެއް ލިބިއްޖޭ...މީ އެއްވަނަ ކުޅިވަރޭ ކިޔައިގެން، ތިހެން 100 އަހަރު ވަންދެން ބޮޑުބޯޅަ އުކައުކަ ތިއްބާ... މީގެ 10 އަހަރުކުރިން މިނިވަންވީ ލައްކައެއްހާ މީހުން އުޅޭ ގައުމުތައް އެތިބަ ވޯލްޑްްކަޕަށް ކޮލިފައިވީ...
ޖެރާ
17 November 2025
އަނެއްކާ އަނެކަކު މޮޅުވާހަކައެއް ދައްކަނީ.. ހަމަ ޓީމް ކޮޅަށް 5 6 ގޯލް ވަންނަ އިރަށް ބުނާނެ.. ގޯލް ދަނޑި މާ އުހީއޭ..
ދުރުމި
17 November 2025
ދިފާއީ ހައްލަކީ ޓެން ވަން ފޯމެޓް( ދިހަ ޑިފެންޑަރުންނާއި އެއް ކީޕަރު) މިހާރު ދިވެހި ޓީމަށް ކޮލިފައި ނުވާނެކަން ޔަގީން ވެފަ އޮތީ. ދެން ހުރި މެޗްތަކުގައު މިޑްފީލްޑް ލައިން ބޭނުން ކޮށްގެން ޕާސް ޖަހައިގެން ކުޅެން ދަސް ކުރަންވީނު. . އަބަދު ޑިފެންސުން ބޮޑު ބޯޅައެއް ކުރިޔަށް ޖަހައިގެން ކުޅެން އުޅެގެން ތިކަމެއް ނުވާނެ. މިދިޔަ މެޗްތަކުގައި ވެސް ހަމައަށް ތިން ޕާސް ޖެހިފައި ހުރީވެސް މަދު ފަހަރަކު. އެހާ ފަސޭހައިން ބޯޅަ ގެއްލޭ. ރިކަވާ ނުކުރެވޭ .