ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
30 މާޗް 2017 - 23:40
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެ މީހުންގެ ޖާނާއި ފުރާނަ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބަޔަކު ވަނީ ފުލުހުންގެ ބާރާއި އިއްޒަތާއި ކަރާމާތް ނަގާލަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައި ކަމަށެވެ.
"އެހެން ނަމަވެސް އޭރު ވެސް ދިވެހި ފުލުހުން ގެންދިޔައީ ނަމޫނާ ދައްކައި ދިވެހި ރައްޔިތުންނަށް ސާބިތުކަމާއެކު ހިދުމަތް ކުރައްވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ފުލުހުންގެ ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް
އަޒްލީން ވިދާޅުވީ ރައީސް ޔާމީން ނޮވެމްބަރު 17، 2013 ގައި ވެރިކަމަށް ވަޑައިގަތުމާ ހަމައިން ފުލުހުންގެ ހިދުމަތް ވަނީ ވަރަށް ބޮޑަށް ބަދަލު ކުރެވިފައި ކަމަށެވެ.
"އެ ހިދުމަތަށް ގެނެވިފައި ވަނީ ވަރަށް ވެސް ޕްރޮފެޝަނަލް، ވަރަށް ވެސް ބޭނުންތެރި ބަދަލުތަކެއް. އަދި ހަމައެއާއެކު ފުލުހުންނަށް ވެސް ޝަރަފުވެރިކަމާ އެކު އަމާންކަމާ އެކު، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުކަން ލިބިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ތަރައްގީ އާއި ކުރިއެރުމަށް ޒަމާނީ ވަސީލަތްތައް ފަހި ކޮށްދެވިފައިވާ ކަމަށެވެ.
"އެހެންކަމުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ނަމުގައި ރައީސް ޔާމީނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ފުލުހުން.---ފޮޓޯ: ރައީސް އޮފީސް
އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުތަކާއި އެ މަނިކުފާނު ހުޅުއްވައި ދެއްވި ދޮރުތަކާ އެކު، ފުލުހުންގެ މުއައްސަސާއަކީ އިހުތިރާމު ލިބިފައިވާ ގަދަރުވެރި މުއައްސަސާއަކަށް ހެދުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތަކަކީ ދިވެހި ކޮންމެ ރައްޔިތަކު ފަހުރުވެރި ވާނެ ކަމެއް ކަމަށެވެ.
"އެ މަސައްކަތުގެ ނަތީޖާ އެންމެ ގާތުން ދެކޭ މީހެއްގެ ހައިސިއްޔަތުން އެ ބޭފުޅުންނަށް އަދި އެންމެހައި ފުލުހުންނަށް އިހުތިރާމާއި ލޯތްބާ އެކު ޝުކުރު ދަންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ވެސް ބޮޑު އުފަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް މީގެ 84 އަހަރު ކުރިން ފަށާފައި ވިޔަސް، ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނު
02 April 2017
މުޅި ދުނިޔެއަަށްވެސް ފުލުހުން ތައާރަފު ކުރި ހަގީގީ ބާނީއަކީ ކުޑަވެސް ޝައްކެއްނެތް ގޮތެެއްގައި އަޅުގަޑުމެންގެ މި ރީތި ރާއްޖޭގެ ރައީސް ކަމުގައި މިއަދު ހުންނެވި އޮނަރަބަލް ޔާމީނު ކަމުގައި އަޅުގަޑު މިދަންނަވާލަނީ ފަޚުރުވެރި ކަމާއެކު. (އަތްތިލަބަޑީގެ އަޑު.... )
ޙަސަންދީ
01 April 2017
ޕްރޮޕެޝަލްވަނީ ބުނެލެވޭ ބަހަކުން ނުވަތަ އަޅާލެވޭ އަކުރަކުން ވާކަމެއްނޫން ......
ބެއްޔާ
31 March 2017
އަސްލު ފުލުހުންގެ ޒިންމާ އާއި ވާޖިބްއަކީ ކޮބައިތޯ..؟؟؟؟ އެބޭފުޅުން ނޫން އެމީހުންގެ ހުވާގައި ކިޔަނީ ފަހެ މިހާރު ވެރިނނާއި ވެރިންގެ ހިމާޔަތޭބާ؟؟
އަކްމެޑް
31 March 2017
މާ ރަނގަޅުވާނެ ފުލުހުންގެ ޚިދުމަތް އުފެއްދެވީ ރައީސް ޔާމީނޭ ބުނަން. ޝުކުރިއްޔާ ރައީސް ޔާމީން. ރަނގަޅު
އަމަދުރޭ
31 March 2017
ޕްރޮފެޝަނަލް ކުރުމަކީ އަނިޔާވެރި ބަޔަކަށް ހެދުންތަ. ނޫނީ ސިޔާސީ ނުފޫޒު ފޯރުވުންތަ؟
އަންޕްރޮފެޝަނަލް
31 March 2017
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ދެއްކީ ހުސް ސިޔާސީ ވާހަކަ. މުއައްސަސާގެ ތަރައްޤީ އާއި ކުރިއެރުމާއި ގުޅޭ އެއްވެސް ވާހަކައެއް ނެތް. މަ ހީކުރިން ބޮޑުކުރި މުސާރައިގެ ވާހަކަ ދައްކާލާނެކަމަށް. އެވަރުވެސް ނުވި މުޅިންވެސް ތިމާގެ މޮޅުކަމޭ ކިޔާގެން ސަނާކިޔުން އެކަނި. ޔާމިނަށް ވަރަށް ސަލާން. ފުލުހުން ޖައްސާއަށް ވެއްދީވެސް ސެކިއުރިޓީ ސްކޭންކޮށްގެން، މިދެން ބޮޑުވަރު.
އަހުމަދުބެ
31 March 2017
މިނިސްޓަރު އަޒްޅިން އަށް މިނިސްޓަރުކަން ދިނީ ޔާމީން އެވެ. ދެން ހަދަން މިޖެހެނީ ޔާމީން ބުނާ ގޮތެވެ. އެއީ ÷ާޓީ އިން ބުނާ ގޮތެވެ.
ޔާގޫތު
31 March 2017
ހޫން ދެން އެންމެނަށްވެސް އެނގޭ ދެއިރުދެދަޅައަށް ސަނާނުކިޔައި މަޤާމުގަ ނުހުރެވޭނެކަން!
ހަސަނު
31 March 2017
ފުލުހުން ލައްވާ ހެސް ކިޔާފަ އަމިއްލަ މަންފާއަށް ސިޔާސީ ކަންކަން ކުރުވާފަ ފުލުހުން ގާތު މި ކިޔަނީ ކަލޭމެން ލައްވާ މި ކުރުވަނީ ޕުރިފެސަނަލް ކަންކަމޭ... ދެން ފުލުހުން އެކަން ގަބޫލޫ ކުރަންވީ؟؟؟
ބޯގޯސް
31 March 2017
ކޯންޗެއް އެނގިގެންތަ މަގާމެއް ދޭއިރަށް މޮޅުވާހަކަ މިދައްކަނީ. މީގެ ކުރިން ފުލުހުންނާ ގައުމު ހިންގި ވެރީންނާ އެއީ ހުސް ކަނޑުކޮހުން ކަމަށްތަ ތިބުނަނީ ؟