20 ނޮވެމްބަރ 2025 - 07:07
ބޮލީވުޑްގެ އެކްޓްރެސް ތާރާ ސުތާރިއާ އޭނާގެ 30 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކުރުމުގެ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
ތާރާއަށް 30 އަހަރުވީ އިއްޔެ އެވެ. އެކަމަކު، އުފަންދުވަހުގެ ކުރިން އޭނާ ވަނީ ޗުއްޓީއަށް ރާއްޖެ އައިސް، އެ މުނާސަބަތު ފާހަގަކޮށްފަ އެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ މާލެ އަތޮޅުގައި އޮންނަ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގަ އެވެ.
ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް ފޮޓޯތައް މިދިޔަ އާދިއްތަ ދުވަހު ތާރާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ތާރާގެ އުފަންދުވަސް ފާހަގަކުރަން އޭނާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ އެކްޓަރު ވީރް ޕަހަރިޔާ ރޭ ވަނީ ޕާޓީއެއް ވެސް ބާއްވައިފަ އެވެ. ނަމަވެސް، އެ ޕާޓީ ބޭއްވީ ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށް ފަހު، އިންޑިއާގެ މުމްބާއީގައި އެވެ. އެ ޕާޓީގައި ކޭކު ފަޅާ ވީޑިއޯ އާއި ފޮޓޯތައް އެމީހުންގެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ.
އެ ޕާޓީގައި ތާރާގެ ގާތް ރައްޓެހިގެން އިތުރުން ބޮލީވުޑްގެ ސްޓާރުންނާ މިހާރު ވަރަށް ގާތް ސެލެބްރިޓީއެއް ކަމަށްވާ އޮރީ ވެސް ހުއްޓެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ތާރާ އާއިި ވީރް ލޯބީގެ ގޮތުން ގުޅުނީ މި އަހަރު ކުރީކޮޅެވެ. އެމީހުންގެ މެދުގައި އެ ގުޅުން އޮތްކަން ޔަގީންވީ މި އަހަރުގެ މެދު ތެރޭގައި ސޯޝަލް މީޑިއާގައި ކުރި އެކި ޕޯސްޓުތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުންދުސީ
20 November 2025
މިހާރު ގެ ތަރިންނަށް 30 ވާ އިރު ވެސް ކުޅެވިފަ ހުންނަނީ 4 ވަރަކަށް ފިލްމް! ކުރިން ވިއްޔާ 30 ވާ އަރު 150 އަށް ވުރެން ގިނަ ފިލްމު ކޫޅެވި މަންމަ ބައި ނޫނީ ހަރު ބައި ގަ ދެން އުޅެނީ! މިހާރު 50 އަހަރުގަ އެފަދަ ބައި ކުޅެނީ! މީނަ 30 ވީ އިރު ނެތް އެހާ ގިނަ ފިލްމު ކުޅެފަ މަޝްހޫރު ވެފަ ވެސް
ޕަކަޗޭ
20 November 2025
އަހަރެން އަޑުއަހަން ތާރަބޭގެ ވަހަކަ، މި ތާރާ މީ ތާރަބޭގެ ފެމިލީ މީހެއްތަ؟.
ޖެރާ
20 November 2025
ބުނެވެސް ނުލާ އައިސްތިއުޅެނީ.. ފެނިއްޖިއްޔާ ކުނި ކުކުޅުބިހެއް ޖަހާނަން..
ސޫރަޖު
20 November 2025
ހެޕި ބާތުޑޭ ޓޫ ޔޫ