ޓޫރިސްޓަކު ހިނގާފައި ދަނީ: ފަސް ރަށެއްގައި ހަލާލު ޓޫރިޒަމް ތަަރައްގީކުރާނެ ބަޔަކު ހޯދަން އަލުން ވަނީ ހުޅުވާލާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 ނޮވެމްބަރ 2025 - 14:27
ޓޫރިޒަމް ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އަލުން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެކަމަަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ. ގެ ދެ ރަށެއް ކަމަށްވާ ބީނާފުއްޓާއި ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު 1 އަދި ށ. ފުށިފަރާއި ލ. ފޮނަގާދޫގަ އެވެ.
މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތުން އަންނަ ޑިސެމްބަރު 9 އަކާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ މައުލޫމާތުތައް، އެ ސެޝަން ބޭއްވުމުގެ އެއް ދުވަސް ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އަންގަން ޖެހެ އެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިންނެވެ.
- ހއ. ބީނާފުށި - 2.21 ހެކްޓަރުގެ އެ ރަށުގައި މަދުވެގެން 100 އެނދު (392،040 ޑޮލަރު)
- ހއ. ކަނޑާލިފިނޮޅު - 5 ހެކްޓަރުގެ އެ ރަށުގައި މަދުވެގެން 100 އެނދު (392،040 ޑޮލަރު)
- ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރުގެ އެ ރަށުގައި މަދުވެގެން 150 އެނދު (1.26 މިލިއަން ޑޮލަރު)
- ށ. ފުށިފަރު - 4.34 ހެކްޓަރުގެ އެ ރަށުގައި މަދުވެގެން 100 އެނދު (234،360 ޑޮލަރު)
- ލ. ފޮނަގާދޫ - 8.18 ހެކްޓަރު އެ ރަށުގައި މަދުވެގެން 100 އެނދު (588،960 ޑޮލަރު)
ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ފަސް ރަށެއްގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ވަނީ މީގެ ތެރެއިން ހަތަރު ރަށެއްގައި ހަލާލު ޓޫރިޒަމް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެކަމަށް އަނެއްކާވެސް އިއުލާނުކޮށްފައި މި ވަނީ އެކަމަށް ތަރުހީބު ނުލިބިގެންނެވެ.
ކުރިން ވަނީ ތ. މާގުޅިގައި ވެސް ހަލާލު ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލައިފަ އެވެ.
އިއުލާނުގައި ބުނީ ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށާއި އެ ފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެތި ކަމަށެވެ.
އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގަ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް ހުންނަން ޖެހޭއިރު ބައެއް ހިދުމަތްތަކަށް ބޭނުންވާ ހަލާލް ސެޓިފިކޭޝަން ވެސް ހޯދަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
23 November 2025
އަހުރެންނަށް ރަގަޅީ، ނަހަލާލު ޓުވަރިޒަމު.
އައިސް
22 November 2025
މި ނޫން ގޮތަކަށްވެސް މިކަން ކުރެވެން އެބަ ޖެހޭ! ހަލާލް ޓުއަރިޒް އޭ ކިޔާފައި އިސްތިހާރު ކުރަން ފެށީމައި މިގައުމުގެ މުޅި އިގްތިސޯދު އެއަށް ބިނާވެފައިވާ ޓުއަރިޒްމް އިންޑަސްޓްރީގައި ރަސްމީކޮށް ހަރާމް ލޭބަލް އެޅުވެނީ! މިކަހަލަ ކަންތައްތަކުގައި ކަމާއި ގުޅޭ މުއައްސަސާތަކުން ގައުމީ ލެވެލްއެއްގައި މަސައްކަތް ކޮށްގެން އެންމެން އެކައްޗެއް ކިއުން ވަރަށް މުހިންމު ކަމަށް ދެކެން.
ޑރ ވާންޗޯ
22 November 2025
ލޭބަލްޖެހިޔަސް ނުޖެހިޔަސް ބަނގުރަލާ އޫރުމަސް ވިއްކާ ރިސޯޓެއް ހަމަހަރާމް ވާނެ.
ޓަކި
23 November 2025
"ހަލާލް ޓުއަރިޒަމް" މިހެން ނަންދިނުމުގެ ބަދަލުގައި "އިސްލާމިކް ޓުއަރިޒަމް" ކިޔުންވެސް މާ އައުލާކަން ބޮޑުވެގެންވޭ.
ސކކކްނ
22 November 2025
ތަރުހީބެއް ނުލިބުނީމާވެސް، ސިޔާސީ ސަކަރާތްޖަހަން އަނެއްކާ އިއުލާނުކުރީތަ؟ ދެރަވަރު.
ޢަރުތަ
21 November 2025
ޙަލާލު ޓުއަރިޒަމްގަވެސް ބީޗަށް، މޫދަށް އެރެންވީމަ ބިކިނީ ލައިގެން އެރެވޭނެބާ، ނޫނީ ލޯކަލް ޓުއަރިޒަމްގަ އޮންނަ ގޮތަށް ވަކިން ބިކިނީ ބީޗެއް އޮންނާނީބާ، އެކަމަކު އާއްމުން ދިރި ނޫޅޭތަނަކަށް ވާއިރު ކޮންމެހެން ވަކިން ބިކިނީ ބީޗެއް އޮތުމުގެ މާނައެއް ނެތްތާދޯ. އެކަމަކުވެސް އެއަށް ކިޔާނީ ހަމަ ޙަލާލު ޓުއަރިޒަމްބާ!؟
ޞަލަމް
21 November 2025
ހަލާލު ޓޫރިޒަމް ނަމުގަ . ތިވެސް މާކެޓިންގ ގެ ވައްތަރެއް
އަފްރާސިޔާބު
21 November 2025
ހަލާލު ޓޫރިޒަމް. ހަރާން ޓޫރިޒަމް. ކިހާރީތި ދެ ނަމެއް.
ތަރިކަ
21 November 2025
އެހެންވީމަ މިހާރު މި އޮންނަނީ ހަރާމް ޓޫރިޒަމެއްތާ؟
ޢަރުތަ
21 November 2025
އާނ، ޙަލާލު ޓޫރިޒަމް ރާއްޖޭގަ ހިންގަން ފެށީމަ ދެން ފެންނަން އޮންނާނީ، ޙަރާމް ޓޫރިޒަމް އާ ޙަލާލު ޓޫރިޒަމް، ސަތޭކަ % އިސްލާމީ ޤައުމެކޭ.....
ސުވާލު މާކު
22 November 2025
ސުވާލަކީ ހަރާމް ޓޫރިޒަމުން ޤައުމަށް ވަންނަ ފައިސާއަކީ ހަލާލް ފައިސާތޯ؟
ގުދުގުދާބެއްޔާ
21 November 2025
އިމްރާންވެސް ބެންކޮކްގައި ހަލާލު ރެސްޓޯރެންޓެއް ހިންގާކަމަށްވަނީ! ސުވާލަކީ ހަލާލް ރެސްޓޯރެންޓް ބެންކޮކްގައި ހިންގިދާނެބާވައޭ!މިހާރު ސަފާރީތަކުގައި ރާވިއްކަން ހުއްދަދިނީމަ ވާގޮތް އެބަފެނޭދޯ! ޓެކްސީ ޑުރައުވަރަކު ބުނީ ސަފާރީއަށް މީހަކު ބަލާ ގޮސް ހުއްޓާ އެމީހާ ދެމީހުން އަތުލަފި ކޮއްގެން ގެނެސް ކާރަށް އެރުވި ވާހަކަ!
ނުވާނެއޭދޯ
21 November 2025
މާލެ އާއި ދުރުގައި ހަދާ ރިސޯރޓް ތައް ދޭންވީ މާލޭގެ އެންމެ މުއްސަނދި 5 ކުންފުނި ބަލާ އެކުންފުނި ތަކަކީ ބަރާބަރަށް ޓެކްސް ދައްކަމުންދާ ކުންފުނި ތަކަށް ވެފައި ރިސޯރޓް ވިޔާފާރިކުރާނަމަ އެފަދަ ކުންފުނި ތަކަށް ދޭންވީ ތިޔާ ރަށްތައް ހިލޭ ދިނުމަށް ފަހު ޗައިނާގެ އެންމެ ބޮޑެތި ބޭންކް ތަކުން އެމެން ބޭނުންވަރަށް ލޯންހޯދާ ދޭން ސަރުކާރުން ސޮވެރިންގް ގްރެންޓީދޭންވީ ޖެހިލުމެއް ނެތި ދެން ރިސޯރޓް ހެދޭނެ އިސާހިތަކު ބޮޑު ލާރީގައި ހުނި ޖަހައިގެން އުޅޭ މީހުންނަށް
އިކޮނޮމިސްޓް
21 November 2025
ރައީސްއާއި ސަރުކާރުގެ ވަޒީރުންނާ ސަރުކާރު ކުންފުނިތަކުގެ ވަފުދުތައް ގޮވައިގެން ގޮސް ދުނިޔޭގެ ހުރިހާ ގައުމެއްގަ އިންވެސްޓްމަންޓް ފޯރަމް ބާއްވައިގެންވެސް އިންވެސްޓް ކުރާނެ ބަޔަކު ނުވެގެންތަ ހަލާލު ޓޫރިޒަމް ތަަރައްގީކުރާނެ ބަޔަކު ހޯދަން އަލުން ހުޅުވާލަން މިޖެހުނީ. އިންވެސްޓްމަންޓް ފޯރަމްތަކަށް ކުރި ހަރަދުން ރިސޯޓެއް ހުޅުވޭހާ ފައިސާ ހަރަދުކޮށްފި ދޯ
އަފްރާސިޔާބު
21 November 2025
އަދި އެކުވެރިގައުމު އެބަހުއްޓޭ އިންވެސްމަންޓް ފޯރަމް ހަދަން ދާންޖެހޭ. 100 ވިޔަފާރި ވެރިންނާއި ކެބިނެޓާއި އެތަންތަނުގައި މަސައްކަތްކުރާ ކުދިން ގޮވައިގެން 200 މީހުންގެ ފްލައިޓެއް ޗާޓަރުކޮށްގެން އަޒަރުބައިޖާނަށް، ޖޯޖިއާއަށް، ރޫމޭނިޔާއަށް ގްރީސް އަށް ޖައްސާލަބަލަ ހަލާލު ޓޫރިޒަމް ޕްރޮމޯޓް ކުރަން. އަންނަމުން މޯލްޓާއަށްވެސް ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓް ކިޔާދޭން ޖައްސާލާ.
ކޮމޮޑަސް
22 November 2025
އިންވެސްޓްމަންޓް ފޯރަމްތަކުގެ ބައިވެރިވަނީ 1/3 ދިވެހި ވަފުދުގެ ބޭފުޅުން. ފިނޭންސާއި، ފޮރިން އާއި، އިކޮނޮމިކް މިނިސްޓްރީގައި އުޅޭ ދަތުރުކުރާ ހިތްވާ ކުދިންކޮޅާއި، ރާއްޖޭ ގެންދާ މަދު ވިޔަފާރިވެރިން ކޮޅެއް.
ރާވެރިބެ
21 November 2025
ކިހިނެތް ތިކަން ކުރަަނީ؟ މިހަަރުވެސްް މީހުން އުޅޭ ރަށްރަށުގެ ގެސްޓްހައުސް ތަކުގަ ރިބޭ ޓުއަރިސްޓުންނަށް ރާ ވިއްކަން އެރަށް ރަށް ކައިރީ ފަޅުގަ ސަފާރީ އުޅަދު ބާއްވައިގެން ރާ ލިބޭ ގޮތް ހަދައިގެން އުޅޭ އިރު ‘ހަލާލު ރިސޯޓުގެ’ ގެސް ޓުން ރާބޯން ހަމަ އެގޮތަށް ފަޅުތެރޭ ސަފާރީ އެއް ބާއްވާނީބާ؟ ތެލާ ފެނާ އެއް ނުކުރެވޭނެ!
ޢަރުތަ
21 November 2025
ލިއެކިއުން ހުންނާނީ އެގޮތަށް، ދެން ދުނިޔޭގެ ބޮޑެތި ގައުމުތަކުގަ އިސްތިހާރު ކުރާނީ ރާއްޖެގެ "ޙަލާލު ޓުއަރިޒަމާ ޙަރާމް ޓޫރިޒަމް"، ސަޅިދޯ.