ލައިފްސްޓައިލް

ކޮޕް30: ވިހަ ގޭސް މަދުކުރުމުގެ އެއްބަސްވުމަކަށް ނާދެވި ފެއިލްވެއްޖެ

"ކޮޕް 30"ގެ ބައްދަލުވުމެއްގައި ކޮޕްގެ ރައީސް އަންޑްރޭ ކޮރެއާ ޑޯ ލަގޯގެ ވަށައިގެން ބައެއް ބޭފުޅުން މަޑުކުރައްވައިގެން.

ޖައްވަށް ވިހަ ގޭސް ބޭރުކުރުމާ ގުޅޭ ބޮޑު ބަހުސަކަށް ފަހު، އެ ނައްތާލުމަށް އަޅާނެ ސީދާ އެއްވެސް ފިޔަވަޅެއް ނުހިމެނޭ އެއްބަސްވުމަކާ އެކު، ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް"ގެ މި އަހަރު ސަމިޓު މިއަދު ނިންމާލައިފި އެވެ.

އދ. ގެ "ކޮޕް30" ސަމިޓު ފެށީ މި މަހު 10 ގައި ބްރެޒިލްގެ ރިމޯޓް ސިޓީއެއް ކަމަށްވާ ބެލެމްގަ އެވެ. ޕެރިސް އެގްރީމެންޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިފަހަރުގެ ސަމިޓު އިޝްތިހާރުކުރީ "އިމްޕްލިމެންޓޭޝަން ކޮޕް"ގެ ގޮތުގަ އެވެ.

ބޭރުގެ ނޫސްތަކުގައި ބުނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްޗަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ކަމަށް ވިޔަސް، މި އަހަރުގެ ސަމިޓް ނިންމާލުމަށް ހެދި އެއްބަސްވުމުގައި އެކަމަށް ސީދާ އިޝާރާތް ކޮށްފައި ނުވާ ކަމަށެވެ.

ޖައްވަށް ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް ގިނަ ގައުމުތަކަކުން ތާއީދުކުރި ނަމަވެސް، އެކަން ކުރާނެ ސާފު މަގުޗާޓެއް މިފަހަރުގެ އެއްބަސްވުމުގައި ހިމެނޭ ގޮތެއް ނުވި ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ކޮޕް 30"ގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: މިފަހަރު ސަމިޓު ނިންމާލީ މާޔޫސްކަމާ އެކު.

މުހިންމު އެއްބަސްވުންތަކާއި ނަތީޖާތައް

• މޫސުމީ ފައިނޭންސް: ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސުމީ ފައިނޭންސް އިތުރުކުރުމަށް ވީ ވައުދަކީ ކުރިއެރުން ލިބުނު

• އެޑަޕްޓޭޝަން ފަންޑް ތިންގުނަ އިތުރުކުރުން: ނާޒުކު ގައުމުތަކަށް އެހީވުމަށް 2035 ވަނަ އަހަރަށް އެޑަޕްޓޭޝަން ފިޔަވަޅުތަކަށް ދޭ ފައިސާ ތިންގުނަ ކުރުމަށް މުއްސަނދި ގައުމުތަކުން އެއްބަސްވި.

• 1.3 ޓްރިލިއަން ޑޮލަރުގެ މަގުޗާޓެއް: ބާކޫ-ޓޫ-ބެލެމް ރޯޑްމެޕް މެދުވެރިކޮށް 2035 ވަނަ އަހަރަށް އަހަރަކު 1.3 ޓްރިލިއަން ޑޮލަރުގެ މޫސުމީ ފައިނޭންސް ހޯދުމަށް ކުރާ މަސައްކަތަށް ތާއީދުކުރި.

• ޖަސްޓް ޓްރާންސިޝަން މެކޭނިޒަމް: ފެހި އިގުތިސާދަކަށް އިންސާފުވެރި އަދި ހަމަހަމަ ބަދަލެއް ގެނައުމަށް ޖަސްޓް ޓްރާންސިޝަން މެކޭނިޒަމް (ޖޭޓީއެމް) އެއް ފާސްކުރި. އެއީ މަދަނީ ޖަމިއްޔާތަކުން ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރި ކަމެއް.

• ޖަންގަލިތައް ރައްކާތެރިކުރުން: ބްރެޒިލްގެ އަމިއްލަ "ޓްރޮޕިކަލް ފޮރެސްޓްސް ފޯއެވާ ފެސިލިޓީ" ލޯންޗުކުރި. އެކި ގައުމުތަކުން ބިލިއަން ޑޮލަރު ދޭން ވައުދުވެފައިވާ އެ ފަންޑުން ޖަންގަލިތައް ހިމާޔަތްކުރުމަށް ފަންޑުކުރާނެ.

• ފުރަތަމަ ފަހަރަށް ސިއްހަތާއި ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އެކްޝަން ޕްލޭނެއް ހެދުން.

"ކޮޕް 30"ގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: މިފަހަރު ސަމިޓު ނިންމާލީ މާޔޫސްކަމާ އެކު.

ހިޔާލު ތަފާތުވެ، ނަތީޖާއެއް ނުނެރެވުނު ކަންކަން

• ވިހަ ގޭހުގެ މައްސަލާގައި ކުރިއެރުމެއް ނުލިބުން: ތެޔޮ އުފައްދާ ގައުމުތަކުން ވަރަށް ބޮޑަށް ލޮބީކުރުމުގެ ނަތީޖާއެއްގެ ގޮތުން "ފޮސިލް ފިއުލް" ބޭނުންކުރުން ހުއްޓާލުމުގެ މަގުޗާޓެއްގެ ވާހަކަ އެންމެ ފަހުން ހެދި އެއްބަސްވުމުން އުނިކުރި.

• ލިޔުންތައް ބަލިކަށިވުން: ގިނަ ބަޔަކު މާޔޫސްވި އެއް ކަމަކީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް ކުރާ މަސައްކަތަށް މިފަހަރުގެ ސަމިޓުގައި ހެދި އެއްބަސްވުމުގައި މާ ބޮޑު ސަމާލުކަމެއް ދީފައި ނެތުމުން.

• ގަސްކެނޑުން ހުއްޓުވުމުގެ މަގުޗާޓު ފެއިލްވުން: ގަސްކެނޑުން ހުއްޓުވުމުގެ މަގުޗާޓެއްގެ މަޝްވަރާ މިފަހަރުގެ ކޮޕްގައި ކުރިއަށް ދަނިކޮށް ވަނީ ހުއްޓުވައިފައި.

• އެމެރިކާގެ މަންދޫބުން ނެތުން: މިފަހަރުގެ ސަމިޓަށް އެމެރިކާގެ ވަފުދެއް ނުދިއުންވީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތް ބައެއް ގައުމުތަކުން ދެކޮޅު ހެދުމަށް ލިބުނު ހިތްވަރަކަށް.

އަންނަ އަހަރުގެ ކޮޕް ސަމިޓު ބާއްވަން އޮސްޓްރޭލިއާ އާއި ތުރުކީން ބިޑް ކުރި ނަމަވެސް، ފަހު ވަގުތު އޮސްޓްރޭލިއާ އިން ވަނީ އެ ބިޑް އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، އެ ސަމިޓު އަންނަ އަހަރު ބާއްވާނީ ތުރުކީގަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިނީސް

23 November 2025

ބޭކާރު ސަމިޓެއް ތީ

The name is already taken The name is available. Register?

ފެނުއަޑީގެ ސެންސަރު

02 December 2025

ހުޅަނގުގެ މަސްލަހަތު އޮންނަ ކޮންމެ ކަމެއްގައި އެމީހުން އެކަމެއް ވީޓޯކުރާނެ، އެކަމު ތިމާވެއްޓޭ އިންސާނީ ހައްގޭ ޓެރަރިޒަމްއޭ ޑިމޮކްރަސީއޭ ކިޔައިގެން އަބަދާއަބަދު އެހެންމީހުން ކުއްވެރިކޮށް ވާހަކަ ދައްކާނެ، ހުޅަނގުގެނ ވެރިންނާ ގައުމުތަކަކީ ނިކަން މުނާފިގު ދެފުއްކެހެރި ބަޔެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454