އައިޖީއެމްއެޗް: އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ކޭސްތައް ވަނީ އިތުރުވެފައި --- ފޮޓޯ/މިހާރު
25 ނޮވެމްބަރ 2025 - 15:57
އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ކޭސްތައް މި މަހު އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ މަހާ އަޅާ ބަލާއިރު، މި މަހުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، އިންފުލުއެންޒާ ފަދަ ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުމަށާއި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މިދިޔަ މަހު އިންފްލުއެންޒާގެ 59 ކޭސް އަދި ޑެންގޫގެ 342 ކޭސް ރިޕޯޓް ކޮށްފައިވާއިރު، އަރިދަފުސް ރޯގާގެ 25،000 އަށް ވުރެ ގިނަ ކޭސް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފުލުއެންޒާ ވަރަށް ބާރަށް ފެތުރެމުންދާ ކަމަށާއި ބައެއް ކުދިންގެ ގައިގައި ރިއްސައި ނުހިނގޭ ވަރު ވެސް ވަމުންދާ ކަމަށެވެ.
އެހެންވެ، ވެކްސިން ޖެހުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މަދިރީގެ ޒަރީއާއިން ޖެހޭ ޑެންގޫ ބަލީގެ ކޭސްތައް ވެސް ކ. އަތޮޅުގެ ރަށްރަށުގައި މިވަގުތު ވަރަށް ގިނަ ކަމަށެވެ. އެގޮތުން ކ. ހިންމަފުށްޓާއި ކ. މާފުށީގައި އެ ބަލި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަނަފް
26 November 2025
ތޭންކްސް ދެން ނޯޓިސް ވެލީމަ މިކަންތައް އެޓްލީސްޓް
ދައިގަންނަގުރާ
25 November 2025
ހިލޭ ޖެހޭ ވެކްސިނެއް ޖަހަން ފައިސާ ދީފަ ޑަކުޓަރަށް ދައްކަން ޖެހޭ. ވޯކް-އިން އުސޫލުން ވެކްސިން ފަސޭހަ ކަމޭއެކު ޖެހޭ ކެމްޕޭނެއް މާ މުހިއްމު. އަދި ކޮންމެ އަހަރަކުވެސް ފްލޫ ސީޒަނާއި ދިމާކޮށް މިކަން ކުރަން ފެނޭ. ޙައްޖާއި ޢުމްރާއިން އަންނަ މީހުން އައިސޮލޭޓު ކުރާ ނިޒާމެއްވެސް އޮންނަން ޖެހޭ. ޢުމްރާ މާ ފަސޭހަ ވީމަ މިހާރު ރޯގާއަކުން މި މާލެ ނާރާ. މީގެ ސަބަބުން އިކޮނޮމީއަށް ނިހާޔަތަށް ގެއްލުން ކުރޭ. އެކަން އަގުކުރާނެ ދިރާސާއެއްވެސް ނެތް.
އުދުހޭ
25 November 2025
އައިޖީއެމް ހޮސްޕިޓަލް ވިތް ޕޫލް
ބުލާބުލާ
26 November 2025
ޕޫލެއްތަ؟ ދޮރުމަތީގަ އެއޮތީ އޮއެ ދެމޭ ކޯރެއް.
ހުސެންބެ6788
25 November 2025
ޢައްޑޫ ހޮސްޕިޓަލުން އެލާޖީ ޓެސްޓް ނެހެދިގެން މިހާރު މިދަނީ އިންޑިޔާއައް...ރައީސް މުއިޒުއައް އެގިލައްވާތޯ؟
އޮނަރަބްލް އަފީފު ދީދީ
25 November 2025
އަކަކިލޯ މީޓަރ ހަމަނުވާ ކުޑަކުޑަ ރަށް ގަނޑެއްގައި 2 ލައްކައަށް ވުރެން ގިނަމީހުން ދިރިއުޅޭ އިރު ތިރަށުގެ އެއްގަމު ތޮށިން ބޭރުވެގެން ނޫނީ މީހުން މަދު ތަނެއް ތިރަށަކުން ނުލިބޭނެ. އެހެންވީމާ އެޗްޕީއޭ އިން ބުނާ ގޮތުން މިހާރު ތިރަށަކީ އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ރަށެއް ކަމަށް ޤަބޫލު ކުރެވޭ. އެތައް ސަތޭކަ ކުޑަކުދިން އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ޝިކާރައަކަށް ވެފައިވާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި 25000 މީހުން ރޯގާ އަށް ރިޕޯޓް ކޮށްފި.
ވަރެއް އެބަވޭދޯ
26 November 2025
ހަސަދައިން ފޯވެފަ . ކިތަންމެ ވަރެއް އެރުވިޔަސް ހަމަ ތި އައްޑޫ މީހުން ވެސް އުޅެން ބޭނުން ވަނީ މިތާގަ . ފެން އޮތްތާކަށް މަސްދުވާނެ ކަންވެެސް ނޭގެނީ އޭ. މާލެ އޭ ކިޔައިގެން އަގަ ފުޅާ ނުކޮށް ތި އައްޑޫ އިން ވައްކަމާ މަގު ފޭރުން އަދި ޑުރަގު ގެ ވަބާ ހުއްޓުވަން އުޅެބަލަ. ހުސް މޮޅު ވާހަކަ ދެއްކުމަކުން ވާނެ ކަމެއް ނެތޭ