އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން މޫނު ބުރުގާގައި ސެނެޓަށް ވަންނަނީ: މި މައްސަލައިގައި އޭނާ ވަނީ ހަތް ދުވަހަށް ސަސްޕެންޑްކޮށްފައި.
25 ނޮވެމްބަރ 2025 - 12:26
އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާގައި މަޖިލީހުގެ ޖަލްސާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކުރި މައްސަލައިގައި ސަސްޕެންޑްކޮށްފި އެވެ.
އޮސްޓްރޭލިއާގެ ސެނެޓުން ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން ވަނީ ހަތް ޖަލްސާއަށް ސަސްޕެންޑްކޮށްފަ އެވެ.
ސެނެޓް ލީޑަރު ޕެނީ ވޮންގް ވަނީ ހޭންސަންގެ އަމަލަކީ ފުރައްސާރައިގެ އަދި ނަފްރަތުގެ އަމަލެއް ކަމަށާއި އަދި މުއައްސަސާއެއްގެ ގޮތުން މުޅި ސެނެޓަށް އިހުތިރާމް ކުޑަކުރުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ވޮންގް ހުށަހެޅުއްވި ގޮތަށް، ހޭންސަން ސަސްޕެންޑްކުރުމަށް މިއަދު ފާސްކުރީ އެވެ.
ހޭންސްން މޫނުބުރުގާގައި މަޖިލިސް ޖަލްސާއަށް ވަދެ އޭނާގެ ގޮނޑީގައި އިށީނީ މޫނުބުރުގާ މަނާކުރުމަށް އޭނާ ހުށަހެޅި ބިލަށް މެންބަރުންގެ ތާއީދު ނުލިބުމުން ޖަލްސާ ދޫކޮށް ނުކުމެގެން ދިއުމަށް ފަހުގަ އެވެ.
ހޭންސަން 2017 ވަނަ އަހަރު ވެސް މޫނުބުރާގައި މަޖިލީހަށް ވަދެ، އެއީ ސަލާމަތީ ގޮތުން ނުރައްކަލެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވެ އެވެ. އޭނާ އަކީ އިސްލާމް ދީނަކީ އޮސްޓްރޭލިއާއަށް އެކަށީގެންވާ ދީނެއް ނޫން ކަމަށް ބުނެ މޫނު ބުރުގާ މަނާކުރުމާ ދެކޮޅަށް މަސައްކަތްކުރާތާ އެއްތައް އަހަރެއް ވެފައިވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާަ
25 November 2025
އިސްލާމީ އުސޫލުތަކަކީ އެންމެ ފުރިހަމަ އުސޫލްތައްކަން ހެންސަނަކަށް އޮޅުވައެއް ނުލެވޭނެ ކިތަންމެ ވަރެއް ކުރިޔަސް. އެ ދީން ގޮވައިލަނީ އަނިޔާވެރި ނުވުމަށް، އިންސާފަށް، ހަމަހަމަ ކަމަށް، އޯގާތެރިކަމަށް، އަބުރުވެރިކަމަށް، މަކަރު ނުހެދުމަށް. ދެން ކިހިނެއް މި ފިކުރު ބަލިކުރެވޭނީ. ހެންސަނަކަށްވެސް އެހެން ސަނަކަށްވެސް މި ފިކުރެއް ބައްޔެއް ނުކުރެވޭނެ. މޫނު ބުރުގާ އަޅާ ކޮންމެ މީހަކީ މުޖުރިމެއް ނޫން. މޫނު ބުރުގާ އަޅައިގެނއް އެކަންޏެއް ނޫން ކުށްކުރަނީކީ މީހުން.
ލަސް
27 November 2025
އިސްލާމް ދީނާއި އަރަބި ސަގަފަތަކީ ދޭއްޗެއް. ނަމަވެސް އޭނާ އެކުރީ ނަޕްރަތުގެ އަމަލެއް.
ތިނި
25 November 2025
މިކަލޭގެ ކަންތައް މާ މައްޗަށް މިދަނީ
1345
25 November 2025
ހެޔޮ ވިސްނުން ދެއްވާށި.