މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
26 ނޮވެމްބަރ 2025 - 11:24
ބޭހަށް ހާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށާއި މި ތަނުގައި އަމިއްލައަށް ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ބޭސް އެތެރެކުރަމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އެއީ އެތައް ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާތީ ހަމައެކަނި ބޭހަށް ސަމާލުކަން ދިނުމަށް ދަތިވާނެކަން ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ބޭހަށް ހާއްސަކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސަރުކާރުގެ ކުންފުނިތައް ހިންގާ ކަމަށެވެ. އޭގެ ބޭނުމަކީ އެ މައްސަލައަށް ހާއްސަ ސަމާލުކަން ދިނުން ކަމަށާއި އެގޮތަށް، ރާއްޖޭގައި ވެސް ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދުމުން ކުންފުނީގެ ހަމައެކަނި ވިސްނުމަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި މައްސަލައަށް ހައްލު ހޯދައިދިނުމެވެ.
"ކޮބައިތޯ ރާއްޖޭގެ ޑިމާންޑަކީ، ކޮބައިތޯ އެންމެ ރަނގަޅު ބޭސް އެވެއިލަބަލް ފެކްޓްރީތަކަކީ، ކޮބައިތޯ އެންމެ ރަނގަޅު ލިންކުތަކަކީ، ހަމައެކަނި އެއެއް ވެސް ނޫން. މި ހާލަތުގައި ހަމައެކަނި ބާއްވައިގެން ނިމޭކަށް ނެތް. އަޅުގަނޑުމެން ކައިރި އަވަށްޓެރި ހުރިހާ ގައުމެއްގައި މިހާރު ބޭސް އެބަ އުފައްދާ. އެހެންވީމަ މި ކުނަފުނީގެ އެއް ކަމަކަށް ވާނީ މީގެ ރިސާޗު ކޮށް، މިއާ ގުޅޭ ވަރުގަދަ ލެބޯޓްރީތައް ހަދާ، އިންވެސްޓަރުން ހޯދައި، ދިވެހިރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯ އާއި ކުރެވޭނީ ކޮން ކަމެއްތޯ ބަލައި މުޅި ދާއިރާ ފުޅާކުރަމުން ގެންދިއުން،" ނާޒިމް ވިދާޅުވި އެވެ.
އާސަންދަ ރިފޯމްކުރުމަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު ބޭސްތަކަކަށް ކަނޑައެޅި އަގުތައް ކުޑަވުމުން، ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް މެދުވެރިވެގެން އާސަންދަ އިން ދޫކުރުން ހުއްޓާލި އެވެ. އެއާއެކު، ރާއްޖެއިން ބޭސް ލިބުމުގައި އެތައް ގޮންޖެހުމެއް ދިމާވި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި މިދިޔަ ސެޕްޓެމްރު 7 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ އެ މައްސަލަ ހައްލުކުރުމަށެވެ.
ނޫން، ނޫން. އެހެންނެއް ނޫން. އެއަށްވުރެ މާ ފުޅާ ސްކޯޕެއްގައި، އެއަށްވުރެ ފުޅާ މެންޑޭޓެއް ދީގެން މީގެ ލެބޯޓްރީ އަންނާނެ، ރިސާޗު އަންނާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހި ރާއްޖޭގައި މިއީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އޮތް ކަމެއް މިއީ: ނާޒިމް
ނާޒިމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގައި ޑޮކްޓަރުން ތަމްރީނުކުރާތާ އެތައް އަހަރެއް ވިއަސް ރާއްޖޭގައި އެ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރު ކަމަށެވެ. ނަރުހުން ތަމްރީނުކުރާތާ 40 އަހަރުވެއްޖެ ކަމަށާއި އަދި މިއީ މި ވަގުތު މި ސަރަހައްދުގައި އެންމެ ރަނގަޅަށް ނަރުހުން ތަމްރީނުކުރާ ގައުމުކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އެގޮތަށް، ބޭހުގެ މައްސަލަ ވެސް ހަމައެކަނި އެއްޗެއް ސަޕްލައިކޮށްފައި މާކެޓަށް ނެރުމުގެ ބަދަލުގައި މުޅިން ވަށައިޖެހޭ ހައްލަކަށް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ހެލްތު ސެކްޓާގެ ސާވިސް މި ދަނީ އެ މިންގަނޑުން ފުޅާވަމުންނޭ. މިކަމަށްޓަކައި ބޭހުގެ ކުންފުންޏެއް ހެދުމަކީ ހަމައެކަނި ބޭސް ގެނައުމަށް އޮތް ދަތިތައް ހައްލުކުރުން ކަމަށް، އެ ނެރޯ ވިސްނުމުން ވިސްނައި ވަޑައިނުގަންނަވާށޭ. އެއަށްވުރެ މާ ފުޅާ ކޮންސެޕްޓެކޭ މިއީ. މީގެ ނަތީޖާއަކަށް ވެގެން ދާނީ ކައިރި އަވަށްޓެރި ގައުމުތަކުގެ ފާމަސޫޓިކަލް ކުންފުނިތަކާ ރިލޭޝަންތައް އެޝްޓަބްލިޝްވެ، ވަރަށް ފޯކަސްޑު މަސައްކަތްތަކެއް ކުރާ ބަޔަކު ތިބުން،" ނާޒިމް ވިދާޅުވި އެވެ.
"ކުންފުނި ނުވިސްނަވާށޭ ހަމައެކަނި ބޭސް އެއް ގައުމުން އަނެއް ގައުމަށް ސަޕްލައިކޮށްފައި އެ ބޭރުން ގެނެސްފައި ރާއްޖެއަށް ފޮނުވާ. ނޫން، ނޫން. އެހެންނެއް ނޫން. އެއަށްވުރެ މާ ފުޅާ ސްކޯޕެއްގައި، އެއަށްވުރެ ފުޅާ މެންޑޭޓެއް ދީގެން މީގެ ލެބޯޓްރީ އަންނާނެ، ރިސާޗު އަންނާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހި ރާއްޖޭގައި މިއީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އޮތް ކަމެއް މިއީ."
ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ މަހު "މިހާރު"އަށް ވިދާޅުވީ މި ވަގުތު ހިނގަމުންދަނީ ބޭހާ ގުޅޭ މަސައްކަތްތައް ބަދަލުވުމުގެ މަރުހަލާ ކަމަށެވެ. އެ ކުންފުނި ހިނގައިގަންނަން 3-6 މަސް ދުވަސް ވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސްް
27 November 2025
ރަނގަޅު، ބޭސް އުފެއްދިދާނެ. އެކަމަކު އެއީ ދެކޮޅުޖެހޭ ކަމެއްބާ؟ މިއުޅެނީ އަމިއްލަ ކަނޑުން ބާނާ މަސްކޮޅު ދެމެހެއްޓެނިވި އިންޑަސްޓްރީއަކަށް ނެހެދިގެން.
ޑރ ވާންޗޯ
27 November 2025
ރާއްޖޭގަ ބަންގާޅީންނަށް ދެއްވާފައޮތްކަހަލަ ފުރުސަތެއް ދިވެހިންނަށް ދެއްވައިފިނަމަ ބޭސް ކީއްކުރަން ހެޔޮއަގުވަ ހަބޭސްވެސް ކޮށްދޭނަން. ވިޔަފާރި ހުއްދަ، ޖީއެސްޓީ، ބީއެފްޓީ، ގާނޫނެއް ގަވާއިދެއް ވިސާއެއް ބޭނުމެއްނުވޭ!!!!!.
ރަށްއިތުމީހާ
26 November 2025
ކަލޭމެން ބޮލަށް ބޭސް ކުރަށްވީ. ހިތުން މޮޅުތި ވާހަކަ ދަށްކައިގެން ދައުރުއެއް ނިންމާތިލަނި. ބޭހެއް ނުލިބެޔޭ ކިޔާތި ކުރާ މަލާމާތެއް ތަ ތި
ަކަރީމްބާއީ
26 November 2025
ޤައުމު ތަކުގައި ތަކެތި އުފައްދައި އުޅެނީ އެތަކެތި އުފެއްދުމަށް ބޭނުންވާ ހުރިހައި ބާވަތްތަކެއް އެތެރެއިން ލިބިގެނެއް ނޫން. ބޭރުން ގެންނަންޖެހޭ އެއްޗެއްވިއްޔާ އެތެރެކޮށްގެން. ރާއްޖޭގައި ބޭސް ނުއުފެއްދެންވީ ސަބަބެއް ނެތް.
އެމްސް
26 November 2025
އިންޑަސްޓްރީ އުފެއްދުން އިހަށް ބާއްވާފަ، ބަލިވީމަ މަސްތަކެއް ވަންދެން އިންތިޒާރުނުކޮށް، ޑޮކްޓަރަަށް ދެއްކޭނެގޮތް ހަދާ، އާސަންދައިން ރާއްޖެއިން ބޭރަށްދާ ބޮޑުހޭދަވެސް ކުޑަކުރަމާތޯއެވެ!
އުދަބާނި
26 November 2025
ސިއްޙީދާއިރާ ކުރިއަރުވަން މަސައްކުރައްވާއިރު، ސިއްޙީ ޚިދުމަތްދޭ އެތަށް ކްލިނިކަކަށް ސަރުކާރުން އާސަންދައިން ދޭންޖެހޭ ފައިސާނުދީ އެތަށް މަހެއް ވެފައިވާކަމަށްވޭ. އެކި ބޭސްތަށް ނުލިބިގެން މުޅީ މާލޭގައި ދުއްވަންޖެހޭ އެތަށްފަހަރެއް އެބައާދޭ...މިއީ ދުވަހަކުވެސް މީގެ ކުރީގެ ސަރުކާރުތަކުން ފެނުނު މަންޒަރެއްނޫން. ވަޒީރު އެބަޖެހޭ ތަންކޮޅެއް ޒިންމާދާރުވާން.
ބޭކާރު
26 November 2025
ޓްރާންސްޕޯޓް މިނިސްޓަރާވެސް ސުވާލުކޮށްބަލަ ކީއްވެތޯ ލައިސަންގަޑެއް އާކުރަން މަސްދުވަސް ނަގަނީ؟ މެއިލްއެއްކުރީމަ ޖަވާބެއްނުލިބި އެތައްދުވަހެއްވެ ލަސްވެގެން ގުޅީމަ މެއިލްއެއްކުރިތޯ އަހަނީ
އިޒް ހީ އޯކޭ؟
26 November 2025
ދިވެހިހައްޔިތުން ލަދުން ބޯހަލާކުވާނެ މިސަރުކާރު މިނިސްޓަރުން މަޖުލިހަށް ގެންގޮސް ސުވާލުކުރީމަ ދޭ ބޯގަބޫލުނުވާ ވާހަކަތަކުން
ބުއްޅަބޭ
26 November 2025
ރާއްޖޭގައި ނުއުފެއްދޭނެ އެއްޗެއް ނުކުރެވޭނަ ކަމެއް ނެތްކަން އަހަރުމެންވެސް ގަބޫލުކުރަން. ރާއްޖޭގައި ހަރެއްބަހައްޓައިގެން ރޮކެޓަކުން ހަދަށްވެސް ދެވިދާނެ. އެކަމަކު އަދި މިހާރު އޮތްގޮތުން އެކަންކަން ކުރަން ބޭނުންވާ ތަކެއްޗެއް ތަޖުރިބާހުރި މީހެއް، ޖުމުލަކޮށް ރިސޯސްއެއްނެތް.އެވަރަށް ވަރަށް ލާރިއެއްނެތް.
ޢާފަލޭ
26 November 2025
ހުން ދެން ތިކަމަށް ވެސް ބިޑު ނުކޮށް ފެކުޓުރީ އެއް ހަދާފަ ބައި ކުދިންނަށް ޕުރޮޖެކުޓް ދީފަ ބަހައްޓާ. މަށަށް ފެނއނަނީ ނާސާ ގެ ބުރާންޗެއް ވެސް ހަދަން މިތާ